ދީނީ ކަންކަމަށް އަގުހެޔޮވާ ގޮތަށް އިސްލާމީ މަރުކަޒުގެ ހޯލުގެ އަގު ކަނޑައަޅައިފި

އިސްލާމީ މަރުކަޒު. އެތަނުގެ ހޯލް ދީނީ ކަންކަމަށް އަގުހެޔޮކޮށް ދޫކުރާ ގޮތަށް ސަރުކާރުން ވަނީ އުސޫލު ކަނޑައަޅާފައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިސްލާމީ މަރުކަޒު. އެތަނުގެ ހޯލް ދީނީ ކަންކަމަށް އަގުހެޔޮކޮށް ދޫކުރާ ގޮތަށް ސަރުކާރުން ވަނީ އުސޫލު ކަނޑައަޅާފައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދީނީ ކަންތައްތަކާ ގުޅޭ ހަރަކާތްތައް ހިންގާ ނަމަ ބޮޑުތަނުން އަގުހެޔޮވާ ގޮތަށް، އިސްލާމީ މަރުކަޒުގެ ހޯލް ކުއްޔަށް ދޫކުރާ އުސޫލެއް އިސްލާމިކް މިނިސްޓްރީން މިއަދު ގެޒެޓު ކޮށްފި އެވެ.

"އިސްލާމީ މަރުކަޒުގެ ހޯލު ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި މިއަދު ގެޒެޓު ކުރި އުސޫލުގައިވާ ގޮތުން ދީނީ ކަންކަމަށް ހޯލް ދޫކުރާ އިރު ދުވާލަކަށް ނަގާނީ 1،500.ރ އެވެ. އެކަމަކު އެހެން ކަންކަމަށް ހޯލް ކުއްޔަށް ހިފާ ނަމަ ދުވާލަކަށް 5،000.ރ ނަގަން އެ އުސޫލުގައި ކަނޑައަޅާފައި ވެ އެވެ.

އިސްލާމިކް މިނިސްޓްްރީގެ އެ އުސޫލުގައިވާ ގޮތުން އިސްލާމީ މަރުކަޒުގެ ހޯލު ކުއްޔަށް ދޫކުރާ އިރު އެތަނުގައި ހުންނަ ގޮނޑިމޭޒާއި ޕޯޑިއަމާއި މޭޒުމަތީ އަޅާ ފޮތިގަނޑުތަކަށް ވެސް ވަކިވަކި ރޭޓް ތަކަކުން އަގު ނަގާނެ އެވެ. އެ އަގުތައް ވެސް ހުރީ ދީނީ ކަންތައްތަކަށް ދޫކުރާ ނަމަ އަގު ހެޔޮވާ ގޮތަށެވެ.

ބައެއް ތަކެތީގެ އަގުތައް

އާ އުސޫލުގައިވާ ގޮތުން އިސްލާމީ މަރުކަޒުގެ ހޯލު ކުއްޔަށް ދޫކުރާ އިރު ވީއައިޕީ ގޮނޑިއެއް ދީނީ ކަމަކަށް ކުއްޔަށް ދޭނީ 10ރ. އަށެވެ. އެހެން ކަމަކަށް ނަމަ 20ރ. އަށެވެ. އާދައިގެ ގޮނޑި ދީނީ ކަމަކަށް 5ރ. އަދި އެހެން ކަމަކަށް ނަމަ 10ރ. އަށެވެ. ވީއައިޕީ މޭޒު ދީނީ ކަމަކަށް ނަމަ 100ރ. އަށް އަދި އެހެން ކަންކަމަށް 200ރ. އަށެވެ.

މޭޒުމަތީގައި އަޅާ ފޮތިގަނޑު ދީނީ ކަންކަމަށް 5ރ. އަށް ދޫކުރާ އިރު އެހެން ކަމަކަށް ނަމަ ދޫކުރާނީ 15ރ. އަށެވެ.

އިސްލާމީ މަރުކަޒުގެ ހޯލު ކުއްޔަށް ދޫކުރާ އިރު އެތަނުގައި ހުރި ޕޯޑިއަމް ދޫކުރާނީ ބައި ދުވަހަށް 50ރ. އަދި މުޅި ދުވަހަށް ނަމަ 200ރ. އަށެވެ. ކޮރިޑޯ، ބައި ދުވަހަށް 100ރ. އަށް އަދި އެއް ދުވަހަށް ނަމަ 400ރ. އަށެވެ.

ހޯލުގައި ކުރިއަށް ގެންދާ ހަރަކާތެއްގެ ކޭޓަރިންނަށް ތަށި ދޮންނަން ފެން ފޯރުކޮށްދޭނީ ބައި ދުވަހަށް ނަމަ 200ރ. އަށް އަދި މުޅި ދުވަހަށް ނަމަ 500ރ. އަށެވެ. ރުއްގަސް ދޫކުރާނީ ބައި ދުވަހަށް ނަމަ 25ރ. އަށް އަދި އެއް ދުވަހަށް ނަމަ 50ރ. އަށެވެ.

ހޯލުގައި ކުރިއަށް ގެންދާ ހަރަކާތްތައް ވީޑިއޯ ކުރުމުގެ ހިދުމަތް މިނިސްޓްރީން ދޭނީ ބައި ދުވަހަށް 8،000ރ. އަށް އަދި އެހެން ކަމަކަށް ނަމަ ދުވާލަކަށް 15،000ރ. އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox