ވަޒީފާ އަދާކުރާ ހޮސްޕިޓަލަށް އެކަނި ހިދުމަތް ކުރާނަމަ ސްޕެޝަލިސްޓުންނަށް ހާއްސަ އެލަވަންސެއް ދެނީ

Apr 30, 2023, 4:27 PM
އައިޖީއެމްއެޗުގެ ލެބެއްގައި މުވައްޒަފަކު ހަރަކާތްތެރިވަނީ. ދައުލަތުގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ކްލިނިކުތަކުގައި ބެލުމަކީ އާންމުންގެ ޝަކުވާއެއް --- ފޮޓޯ; ފައިލް

އައިޖީއެމްއެޗުގެ ލެބެއްގައި މުވައްޒަފަކު ހަރަކާތްތެރިވަނީ. ދައުލަތުގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ކްލިނިކުތަކުގައި ބެލުމަކީ އާންމުންގެ ޝަކުވާއެއް --- ފޮޓޯ; ފައިލް

ވަޒީފާ އާދަކުރަމުންދާ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާނަމަ ހާއްސަ އެލަވަންސެެއް އެ މުވައްޒަފަކަށް ދިނުމަށް ނިންމައި އެކަން ސަރުކާރުން ހާމަކޮށްފި އެވެ.

"އެކްސްކްލޫސިވް ސާވިސް ބެނެފިޓް" ގެ ނަމުގައި ދޭ މި އެލަވަންސަށް ކޮލިފައިވަނީ ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން ރޭންކު 10 އިން ފެށިގެން މަގާމުތަކާއި ސަބް-ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނެވެ. އޭގެ ތެރޭގައި ޑެންޓިސްޓުންގެ އެ ރޭންކުތައް ވެސް ހިމެނެ އެވެ.

ސީނިއާ ސަބް-ސްޕެޝަލިސްޓު ކޮންސަލްޓަންޓުންގެ މުސާރަ ވަނީ 71,649ރ. އިން 87,392ރ. އަށް ބޮޑުކޮށްފަ އެވެ. އަދި, ކޮންސަލްޓަންޓު ސަބް-ސްޕެޝަލިސްޓުންގެ މުސާރަ 28 އިންސައްތަ ބޮޑުކުރުމުން 77,577ރ. އަށް އިތުރުވެފަ އެވެ.

Advertisement

ސީނިއާ ކޮންސަލްޓަންޓު ސްޕެޝަލިސްޓުންގެ މުސާރަ ވަނީ 55,675ރ. އިން 66,702 އަށް ބޮޑުކޮށްފަ އެވެ. އެ މަގާމުގައި ތިއްބެވީ އައިޖީއެމްއެޗުގެ 14 ޑޮކްޓަރުންނެވެ.

މި ރޭންކުތަކުގައި ތިބި މުވައްޒަފުން ވަޒީފާ އަދާކުރާ ހޮސްޕިޓަލަށް އެކަނި ހިދުމަތް ދިނުމަށް އެއްބަސްވެ, އިތުރު އެއްވެސް ތަނެއްގައި ޕްރެކްޓިސް ނުކުރުމަށް އެއްބަސްވެ, ވަޒީފާ އަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލުމަށް އެއްބަސްވެ, އެގްރީމެންޓުގައި ސޮއިކުރުމުން މި އެލަވަންސަށް ކޮލިފައިވާނެ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ދައުލަތުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗުގައި މަސައްކަތްކުރާ ސްޕެޝަލިސްޓު ޑޮކްޓަރުން އެތަނުގެ ޑިއުޓީ ގަޑީގައި ބަލާ ބަލިމީހުންގެ އަދަދު ދަށް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން އޮވެ އެވެ. އަދި, ހޮސްޕިޓަލް ޑިއުޓީއަށް ފަހު އަމިއްލަ ކްލިނިކުތަކާއި މެޑިކަލް ސެންޓަރުތަކުގައި އަގުބޮޑުކޮށް އެ ޑޮކްޓަރުން ބަލާތީ އާންމުންގެ ފާޑުކިޔުމާއި ޝަކުވާވެސް އަމާޒުވެ އެވެ.

ހެލްތު ދާއިރާގެ މުސާރަ ބޮޑުވިއިރު މުސާރައިގެ އާ އޮނިގަނޑަށް ޖުމްލަ 3710 މުވައްޒަފުން ހިޖުރަ ކުރި އެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ 1004 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ 298 މުވައްޒަފެކެވެ.

އޭގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ 452 މުވައްޒަފަކު ވެސް މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox