ފުއްގިރި މައްސަލަ އަވަސްކުރާތީ ޔާމީން ކޯފާވެ، އިފްތިތާހީ ބަޔާން ހުށަހަޅުއްވަން އިންކާރު ކުރައްވައިފި

ރައީސް ޔާމީން: ވިދާޅުވީ ދައުލަތުން ބޭނުންވަނީ އެމަނިކުފާނަށް ހައްގުތައް ނުދީ ޝަރީއަތް ނިންމަން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް ޔާމީން: ވިދާޅުވީ ދައުލަތުން ބޭނުންވަނީ އެމަނިކުފާނަށް ހައްގުތައް ނުދީ ޝަރީއަތް ނިންމަން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާ ކޯޓުގައި ކުރިއަށް ގެންދާލެއް އަވަސްކަމުން އެކަމާ ކޯފާވެވަޑައިގެން ޝަރީއަތުގެ މަޖިލީހަށް އިފުތިތާހީ ބަޔާން އިއްވުމަށް އެމަނިކުފާނު މިއަދު ދެކޮޅު ހައްދަވައިފި އެވެ.

ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި މިއަދު ރޭވިފައި އޮތީ ދައުވާ ލިބޭ ފަރާތުން މައްސަލައިގެ އިފުތިތާހީ ބަޔާން އިއްވުމެވެ. އިފުތިތާހީ ބަޔާން ހުށަހަޅަން ފުރަތަމަ ނިންމާފައި އޮތީ މީގެ ކުރިން ބޭއްވި އަޑުއެހުމުގަ އެވެ. އެ ދުވަހަށް އިފުތިތާހީ ބަޔާނަށް ޔާމީންގެ ވަކީލުން ތައްޔާރު ނުވެވޭތީ، މިއަދު ހުށަހަޅާ ގޮތަށް ފަހުން ނިންމި އެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ޔާމީންގެ ވަކީލުންނާއި އެމަނިކުފާނުގެ ފަރާތުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އައި ކަމަކީ، އިފްތިތާހީ ބަޔާނަށް ތައްޔާރުވާން ހެކި މުތާލިއާކުރަން އެކަށީގެންވާ ވަރަށް ވަކީލުންނާ ބައްދަލުނުކުރެވުމެވެ. އެކަމުގެ ކަންބޮޑުވުން ކޯޓުގައި ހިއްސާ ކުރެއްވުމަށްފަހު މިއަދުގެ އަޑުއެހުމުގައި ވެސް ޔާމީންގެ ފަރާތުން އިފުތިތާހީ ބަޔާނެއް ނުއިއްވަ އެވެ.

ޔާމީނަށް ވާހަކަ ދައްކަވަން މިއަދު ދެއްވި ފުރުސަތުގައި އެމަނިކުފާނު ވިދާޅުވީ ޝަރީއަތް އޮތީ ބަންދު ދުވަސް ދުވަހުގައި ވެސް ކުރިއަށް ގެންދަން ޖެހޭހާ އަވަސްމިނުގައިތޯ ޕްރޮސެކިއުޝަނުން ސާފުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިހެން ދާ ކަމަށް ވަންޏާ ކީއްވެގެންތޯ ޝަރީއަތުގެ މަޖިލިސް ހުކުރުދުވަހު ވެސް ނުބާއްވަނީ؟،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް، ޝަރީއަތް ފެށުމަށް ފަހު މެދުނުކެނޑި ކުރިއަށް ގެންދަން ޝަރީއަތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަކީ ވެސް އަދި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ވެސް، ޝަރީއަތްކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ކަނޑައެޅިފައިވާ ގޮތަކީ މިއީ،" ގާޒީ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައެކޭ އެއް ގޮތަށް، އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ޔާމީނަށް ކޮށްފައިވާ ހުކުމުގެ މައްސަލަ ވެސް އަވަސްކޮށްދޭން ދައުލަތުން މަސައްކަތް ކުރަން ޖެހޭނެ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މިއީ އިއްޒަތްތެރި ގާޒީއާ މުހާތަބުކޮށް ދަންނަވާ ވާހަކައެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިފްތިތާހީ ބަޔާން އިއްވުމަށް ތަކުރާރުކޮށް ޔާމީންގެ ފަރާތުން ދެކޮޅު ހެއްދެވުމުން، ގާޒީ އަލީ ނަދީމު ދެން ނިންމެވީ އެ މައްސަލައިގެ އިފްތިތާހީ ބަޔާން ދެން އޮންނަ އަޑުއެހުމެއްގަައި ބޭއްވުމަށެވެ. އަދި، ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ ތިން ވަަނަ ދުވަހު ކަމަށް ވެސް ނިންމެވި އެވެ.

އެ މައްސަލާގައި ދެން ދައުވާކޮށްފައިވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ.

ސަންގެ ދެ ކުންފުނީގެ ފަރާތުން މިހާރު ވަނީ އިފްތިތާހީ ބަޔާން ހުށަހަޅައިފަ އެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox