ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ރާއްޖޭން ބޭނުންވި ގޮތަށް ނިމި، ރާއްޖޭގެ ސަރަހައްދެއް ނުގެއްލި، ދެކުނުގެ އިން ކަށަވަރުވެއްޖެ އެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮންނައިރު، ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
އިއްޔެގެ މައްސަލަ ނިމުމާއެކު ފުށުއަރާ ކަނޑުގެ އިމުގެ ސަރަހައްދުން 47،232 އަކަކިލޯމީޓަރުގެ ރާއްޖެއަށް ލިބިގެން ދިޔައިރު، މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. މިއީ އެ މައްސަލައިގައި ރާއްޖެއިން ހުށަހެޅި އެއްގޮތެވެ.
ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
މުހިންމު ބައެއް ހަބަރު
އެޑިޓަރުގެ ހޮވުން
ޝާޒް، 26، ވަނީ މިހާތަނަށް ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ބިލިއާޑް ކުޅުންތެރިއަކު ނުހޯދާ ވަރުގެ ކުރިއެރުމެއް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖެ ތަމްސީލްކުރި 16 ކުޅުންތެރިން ވާދަކުރި މޯލްޑިވްސް އޯޕަންގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރުން ޖާގަ ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިއަކީ ޝާޒް އެވެ. އޭނާ ވެފައި ވަނީ ދުނިޔޭގެ ރޭންކިންގައި ގުނާލެވޭ މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އަށެވެ.
ދުވަހުގެ ކޯޓޭޝަން
ހިޔާ ފުލެޓުގެ ކުލި ކުޑަކުރަން ނިންމުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހިޔާ ފުލެޓުގެ ކުލި ކުޑަކުރީ އެތަނުގައި ދިރިއުޅެވޭ ވަރުކުރުމަށްޓަކައި ފުލެޓުވެރިން ބޮޑު ހަރަދެއް ކޮށްފައިވުމާއި، ބައެއް މީހުން އެ ހަރަދު ކުރީ ދަރަންޏަށް ނުވަތަ ލޯނު ނަގައިގެން ކަމަށް ވާތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
ބައެއް ފަރާތްތަކުން އެބަ ހުރި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފިނިޝިންއަށް ހަރަދުކޮށްފައި. އެންމެ މަދުވެގެން ވެސް ލައްކައަކަށް ވުރެ ގިނައިން ފައިސާ ހަރަދުކޮށްގެން ކޮންމެ ފްލެޓަކަށް ވަދެވިފައި ހުރީ. އެހެންވެ، ފްލެޓުގެ ކުލި ދައްކަމުން، ފިނިޝިންގެ މަސައްކަތަށް ނެގި ލޯނު ހަލާސްކުރަން ޖެހުމުން ގިނަ ބަޔަކަށް އެކަމުގެ ދަތިކަން އޮތީ ކުރިމަތިވެފައި. އެ ޝަކުވާ ފުލެޓުވެރިންގެ ފަރާތުން ލިބުނު،"
ދުވަހުގެ ފޮޓޯ

ޗާގޯސް-ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ، ރާއްޖެ ބޭނުންވި ގޮތަށް ނިނުމާއެކު ނޫސްވެރިންނާ ބައްދަލުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް











