އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގަމުންދާ، ފޯޅަވަހި ހިމެނޭހެން ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ މަޑުޖައްސާލަދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ ޓްރައިބިއުނަލްގައި އެދުނު ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ހުކުރު ދުވަހަށް އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނިކޮށް، އިދިކޮޅުން ވަނީ އިޓްލޮސްއަށް ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީގެ ޑްރާފްޓެއް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަބްދުالله ޔާމީންގެ ނަންފުޅުގައި, އެމަނިކުފާނުގެ އެންގެވުމަށް މި ސިޓީ ފޮނުވިއިރު އެހެން ސިޔާސީ ލީޑަރުން ވެސް އެ ސިޓީގައި ސޮއިކުރުމަށް ދައުވަތު ދިނެވެ. ނަމަވެސް, "އަދަދު" އަށް ޔަގީން ކުރެވިފައިވާ ގޮތުގައި އެ ސިޓީގައި ސޮއިކުރީ ހަމައެކަނި ޕީޕީއެމް އަދި ޕީއެންސީ އެވެ.
ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ސިޓީފުޅެއް ވަނީ ފޮނުއްވާފަ އެވެ. އެ ސިޓީއާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތުމާ އެކު އިދިކޮޅުން ވަނީ އެފަދަ ބާރެއް ރައީސަށް ލިބިވަޑައިގެންފައި ނުވާ ކަމަށް އިޓްލޮސްއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފަ އެވެ.
އެގޮތުން, ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެފަދަ މައްސަލައެއްގައި ގޮތް ނިންމުމުގެ ބާރު ރައީސަށް ލިބިފައި ނުވާ ކަމަށް އިދިކޮޅުގެ ސިޓީގައި ބުނެފައިވެ އެވެ. ރައީސްގެ އެ ސިޓީފުޅަކީ ލިބިފައިވާ ގާނޫނު އަސާސީން ލިބިފައިވާ ބާރުގެ ބޭރުން ފޮނުވާފައިވާ ސިޓީފުޅެއް ކަމަށާއި އެހެންކަމުން އެއީ ސައްހަ ސިޓީއެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.

ޕީޕީއެމްގެ އެ ބަޔާނަށް ރައްދު ދީ ސަރުކާރުން ބުނެފައިވަނީ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަަޅާފައިވާ މައްސަލަ އިންސާފުވެރިކަމާ އެކު ނިމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެ ކަމުގައި އިދިކޮޅު ޕީޕީއެމްޕީއެންސީން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
މުހިއްމު ބައެއް ހަބަރު
އެޑިޓަރުގެ ހޮވުން
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޗާގޯސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ޕީޕީއެމް/ޕީއެންސީން ފޮނުވި ސިޓީގެ ރައްދުގައި ސަރުކާރުން ބުނީ،
ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދެވެ. މި ސަރަހައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަގުވާމީ ކަނޑާބެހޭ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށް ވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަމެވެ،"
ދުވަހުގެ ފޮޓޯ

ޕްރެޒިޑެންޓްސް ކަޕްގައި ރޭ ސަސް އާއި މާޒިޔާ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
--












