މެއި6 ގެ ތުހުމަތުވާ އަލިމަނިކަށް މާފު ދިން ގޮތް ސާފުކޮށްނުދޭކަމަށް ބުނެ މަޖިލީހުގެ ރިޔާސަތަށް ޝަކުވާ

އަލިމަނިކު؛ އޭނާ މިނިވަންކުރި ގޮތް ސާފުކުރުމަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވި ނަމަވެސް ރައީސް އޮފީހުން ޖަވާބެއް ނުދޭކަމަށް ސިޓީގައި ވަނީ ވިދާޅުވެފަ

އަލިމަނިކު؛ އޭނާ މިނިވަންކުރި ގޮތް ސާފުކުރުމަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވި ނަމަވެސް ރައީސް އޮފީހުން ޖަވާބެއް ނުދޭކަމަށް ސިޓީގައި ވަނީ ވިދާޅުވެފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ޓެރަރިސްޓު ހަމަލާގައި ބައިވެރިވިކަމަށް ދައުލަތުން ތުހުމަތުކުރާ އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިޒަމުގެ ކުށެއް ކުރިކަން ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މައާފުކޮށްދިން ގޮތުގެ މައުލޫމާތު ރައީސް އޮފީހުން ހާމަނުކުރާ މައްސަލަ ރައްޔިތުންގެ މަަޖިލީހުގެ ރިޔާސަތަށް ހުުށަހަޅައިފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހުގެ ރިޔާސަތަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އަލިމަނިކު މިނިވަންކުރި ގޮތުގެ މައުލޫމާތަށް އެދި 17 އޮކްޓޯބަރު 2021 ގައި އަދި މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި އެދިފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުގެ އަދިވެސް މައުލޫމާތު ލިބިފައިނުވާތީ އެ އޮފީހުގެ ބަހެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ހަސަން ލަތީފްގެ ސިޓީގައި ވަނީ އެދިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އަލިމަނިކު މިނިވަންކޮށްފައި ވަނީ އަހްލާގީ ރިޕޯޓާއި ޑައިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓަށް ބެލުމެއް ނެތި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ބުނާ ގޮތުން ހުކުމް ތަންފީޒުކުރާ ގައިދީއެއްގެ އަދަބު ލުއިކޮށްދިނުން ނުވަތަ އަދަބު މައާފްކޮށްދޭން ޖެހޭނީ އަހްލާގީ ރިޕޯޓާއި ޑައިރެކްޓާ އޮފް ޕްރިޒަންސް ގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ.

އަލިމަނިކު ޖަލުން ދޫކޮށްލާފައި ވަނީ 20 އޯގަސްޓު 2019ގަ އެވެ. އޭނާގެ އަހްލާގީ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ 1 ސެޕްޓެމްބަރު 2021 ގައި ކަމަށާއި، ޑައިރެކްޓާ އޮފް ޕްރިޒަންގެ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އަހްލާގީ ރިޕޯޓަށް ބެލުމެއް ނެތިކަން ފާހަގަކުރެވިފައިވާކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

ނަޝީދަށް ދިން ހަމަލާގެ ތުހުމަތާ ގުޅިގެން އަލި މަނިކު ހައްޔަރުކުރީ މެއި 18، 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާއަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ވެސް ފިލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox