ހުލާސާކޮށް އިއްޔެ: ފިނިހޫނުމިން 40 ޑިގުރީ ސެލްސިއަސް އިން މައްޗަށް، ސަމާލުވުމަށް އިލްތިމާސެއް

މާލެ ސިޓީގެ ފޮޓޯއެއް. މި ދުވަސްވަރު އާދަޔާހިލާފަށް ހޫނު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނޭ -- ފޮޓޯ: އަދަދު

މާލެ ސިޓީގެ ފޮޓޯއެއް. މި ދުވަސްވަރު އާދަޔާހިލާފަށް ހޫނު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނޭ -- ފޮޓޯ: އަދަދު

މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެ ކަމަށް ލަފާކޮށް ރައްކާތެރިވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން އިލްތިމާސް ކުރިއިރު، މި ދުވަސްވަރު ކަރަންޓް ބޭނުންކުރުމުގައި ވެސް ސަމާލުވުމަށް ސެޓެލްކޯއިން އިލްތިމާސް އިއްޔެ ކުރި އެވެ.

މެޓު އޮފީހުން ބުނީ މި ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށާއި މިއަދު ވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ހިސާބުތަކަށް 40 ޑިގުރީ ސެލްސިއަސްއަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާނެ ކަމަށެވެ. އެހެންނަމަވެސް ފިނިހޫނުމިން އެންމެ މައްޗަށް ވެސް ދާނެ ކަމަށް އެ ސެންޓަރުން ލަފާ ކުރަނީ 32 ޑިގުރީ ސެލްސިއަސް އަށެވެ.

ފިނިހޫނުމިން ހުންނަ މިންވަރަށް ވުރެ އިހުސާސް ކުރެވޭ ފިނިހޫނުމިން މައްޗަށް ދަނީ ވައިގެ ތެތްކަން ދަށްވުމުގެ ސަބަބުން ކަމަށް އެ ސެންޓަރުން ބުނެ އެވެ. އިހުސާސް ކުރެވޭ ފިނިހޫނުމިން އެހައި މައްޗަށް މިދަވަސްވަރު ދަނީ، މިއީ ދެ މޫސުން ބެދޭ ދުވަސްވަރުކަމުން އެއްކޮށް ވައި ހިނދިފައި އޮތުމާ އެކު ވައިގެ ތެތްކަން ވެސް ދަށްވީމަ އެވެ.

އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އެންމެ ހޫނުގަދަވާނެ ކަމަށް ލަފާކޮށްފައި ވަނީ ރާއްޖޭގެ އުތުރުގެ ރަށްރަށަށްށާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށެވެ.

އެގޮތުން ހދ. ހަނިމާދޫގައްޔާއި ލ. ކައްދޫގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާ ކުރަނީ 32 ޑިގުރީ ސެލްސިއަސްގަ އެވެ. އެހެން ނަމަވެސް އިހުސާސް ކުރެވޭ ފިނިހޫނުމިން އެ ދެ ސަރަހައްދުގައި ވެސް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 40.04 ޑިގުރީ ސެލްސިއަސްގަ އެވެ.

ރާއްޖޭގެ އެންމެ ފިނިހޫނުމިން ދަށްކޮށް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ މެދުރާއްޖެ ތެރޭގަ އެވެ. މެދުރާއްޖެތެރޭގައި 31.6 ގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވާއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާ ކުރަނީ 39.3 ޑިގުރީ ސެލްސިއަސްގަ އެވެ.

ހޫނުގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ހޫނުގަދަ ގަޑިތަކުގައި ކުޑަކުދިން ބޭރަށް ނުނެރުމާއި ކޮންމެހެން ބޭރަށް ދާންޖެހޭ ނަމަ، އަވި ކުޑައެއް ބޭނުން ކުރުމާއި ގިނައިން ދިޔާ އެއްޗެތި ބުއިން ފަދަ ކަންކަން ކުރުމަށް އެ ސެންޓަރުން ލަފާދެ އެވެ.

އޭޕްރިލް މަހަކީ ރާއްޖޭގައި ހޫނުމިން އަބަދުވެސް އެންމެ ބޮޑަށް މައްޗަށް ދާ ދުވަސްވަރެވެ. މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްޓެލްކޯއިން އޭސީ ފަދަ ތަކެތި ބޭނުން ކުރާއިރު، ފިނިމިން 25 ޑިގުރީ ސެލްސިއަސް އަށްވުރެ ދަށް ނުވާ ގޮތަށް ބޭނުން ކުރުމަށާއި ކަރަންޓު ސާމާނު ގަންނައިރު، އިންވާޓާ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

އިހު ދިވެހިން އެ މީހުންގެ ގެދޮރުގައި ކުކުޅުހާ ގެންގުޅުމަކީ އެ މީހުންގެ ދިރިއުޅުން އިތުރަށް ފުރިހަމަވި ކަމެކެވެ. މިގޮތުން ކޮންމެ ގެއަކު މަދުވެގެން ތިން ހަތަރު ކުކުޅު ގެންގުޅެ އެވެ. މި ކޮންމެ ކުކުޅަކަށް ކާންދީ ބަލަހައްޓަނީ ފަރުވާތެރިކަމާއެކު ނުހަނު ލޯބިންނެވެ. ދޫނި ސޫފާސޫފީގެ ތެރެއިން ކުކުޅަކީ އުދުހި އުޅޭ އެއްޗެއް ނޫނެވެ. ފަހަރެއްގައި ގަހަކަށް ނިދަން އަރަން ނުވަތަ ބިރެއް ފެނިގެން އުދައްސައިގަތް ކަމުގައި ވިޔަސް މާދުރަކަށް ނުދެވޭނެ އެވެ.

ދުވަހުގެ ކޯޓޭޝަން

ނަމާދު ކުރަން ދަރިވަރުން އަހުލުވެރި ކުރުވަން އިހަވަންދޫގައި ފެށި ޕްރޮގްރާމާ ގުޅޭ ގޮތުން އެރަށު ކައުންސިލު ރައީސް، އަހުމަދު ސޮބާހު ވިދާޅުވީ،

އާންމުކޮށް ފާހަގަ ވަނީ ފަތިސް ނަމާދުގެ ޖަމާއަތަށް ކުދިން ހާޒިރުވާލެއް މަދުކަން، އެހެންވެ އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް މިއީ،"

ދުވަހުގެ ފޮޓޯ

މޯލްޑިވްސް އޯޕަން 2023 ބިލިއާޑު މުބާރާތުގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މޯލްޑިވްސް އޯޕަން 2023 ބިލިއާޑު މުބާރާތުގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މޯލްޑިވްސް އޯޕަން 2023 ބިލިއާޑު މުބާރާތުގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox