އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް އެ ރަށު ބައެއް މީހުންގެ ސާމްޕަލް ނަގާފައިވާކަން އެނގިއްޖެ އެވެ.
މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރަށުގެ ބައެއް ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާއިރު، ނައީމާގެ ހަށިގަނޑު ފެނުނު އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި، ހުކުރު ދުވަހު ނައީމާ ދިރިއުޅޭ ގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުންނާއި، އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ ޑީއެންއޭ ސާމްޕަލް އާއި އިނގިލީގެ ނިޝާން ވަނީ ނަގައިފަ އެވެ. އަދި ނައީމާގެ އާއިލާގެ ބައެއް މީހުންގެ ވެސް ސާމްޕަލް އާއި އިނގިލީގެ ނިޝާން ނަގާފައިވާ ކަން އެނގިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ހިނގަމުންދާ ތަހުގީގަކަށް ވެފައި، ރަސްމީކޮށް ފުލުހުން އަދި މާ ގިނަ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ނައީމާގެ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަތް އިރު އޭނާ އޮތީ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި ކަމަށް ވެއެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.
އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.
ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.
މުހިންމު ބައެއް ހަބަރު
އެޑިޓަރުގެ ހޮވުން
މި އިންޓަވިއުގެ ކުރިން އެ ކަމަނާގެ އުމުރުފުޅު އެނގިފައި ނެތަސް، ބުރެއް ޖަހާލަން ނުކުންނަ ދުވަހެއް ނަމަ ލޮލުގައި އަޅައިގަނެ އެވެ. ދޮށީ އުމުރުގެ ބޭފުޅަކަށް ވެފައި، މާލޭގެ ވަށައި މިއޮތް ހައެއްކަ ކިލޯމީޓަރުގެ ބޮޑުތަކުރުފާނުގެ މަގުން އެ ޖައްސަވާ ކަސްރަތުގެ ބުރުގެ ބާރުމިނާއި ހުރި ޖޯޝާއި ޖޯރު ފެނިފައި އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ލިބެ އެވެ. އެހާމެ ފިޓެވެ.
ދުވަހުގެ ކޯޓޭޝަން
ކުރީގެ މިނިސްޓަރުގެ ހަޔާތާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ގޮތުން ވިދާޅުވީ؛
އަޅުގަނޑުމެން ކޮންމެ މީހަކީވެސް ރިޓަޔާ ވާނެ މީހެއް. އަބަދު ވަޒީފާގައެއް ނޫޅެވޭނެ އެކަކަށް ވެސް. އެހެންވީމަ އެންމެ މުހިންްމު ކަމަކީ ކޮންމެ މީހަކުވެސް މުސްކުޅިވާނެކަން ދަނެގެން އެކަމަށް ތައްޔާރުވުން. އެމީހެއްގެ ދުޅަހެޔޮކަން ހިފެހެއްޓުން ވެސް އެއީ އެގޮތުން މުހިންމު ކަމެއް،"
ދުވަހުގެ ފޮޓޯ

އެފްއޭއެމްގެ ވެޓަރަންސް ލީގުގައި އިއްޔެ ފުލުހުންނާއި ހުޅުމާލޭ ވެޓްރަންސް ކުޅުނު މެޗްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު











