ހުލާސާކޮށް އިއްޔެ: ދަނޑުވެރިކަމަށް ފަޅުރަށް ދޫކުރުން މަޑުޖައްސާލުން

Apr 13, 2023, 1:07 AM
އއ. ތޮއްޑޫ ދަނޑުތަކަށް ފެން ދެނީ. ދަނޑުވެރިކަން ކުރުމަށްޓަކައި ފަޅުރަށްތައް ދޫކުރުން ވަގުތީ ގޮތުން ވަނީ މަޑުޖައްސާލާފައި. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

އއ. ތޮއްޑޫ ދަނޑުތަކަށް ފެން ދެނީ. ދަނޑުވެރިކަން ކުރުމަށްޓަކައި ފަޅުރަށްތައް ދޫކުރުން ވަގުތީ ގޮތުން ވަނީ މަޑުޖައްސާލާފައި. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ދަނޑުވެރިކަން ކުރުމަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ވަގުތީ ގޮތުން މަޑުޖައްސާލިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ފަޅު ރަށްތައް ކުއްޔަށް ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލާފައި ވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާތީ އެވެ. ނަމަވެސް، އެ ގަވައިދަށް ގެންނަން ނިންމާފައިވާ އިސްލާހެއް އަދި ސާފެއް ނުވެ އެވެ.

ފަޅު ރަށްތައް ކުއްޔަށް ދޫކުރުމުގެ އިތުރުން އެކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުން ވެސް ވަނީ ވަގުތީގޮތުން މަޑުޖައްސާލާފަ އެވެ.

ފަޅު ރަށްރަށާ ބެހޭ ގަވައިދަށް އިސްލާހެއް ގެންނައިރު، ފަޅު ރަށްރަށާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އޭރު އިސްލާހު ގެނައީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ލިބޭ ގޮތަށެވެ.

ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އޭރު ގެނައި އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށެއް، ނުވަތަ ސިޓީއެއްގެ އިހްތިސާސުގައި ހިމެނޭ ފަޅުރަށެއް ވަރުވާއަށް ލިޔެދޭނަމަ ނުވަތަ ވަކިކުރާނަމަ އެކަން ދެން ކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ. މިކަން ކުރަން ޖެހޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ ދަށުންނެވެ.

އޭގެއިތުރުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް އެ ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުން ވަނީ މި އިސްލާހުގެ ދަށުން މަނާކުރެވިފަ އެވެ.

މި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސުގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ލިޔެދޭ ރަށެއް، އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ދޭ ރަށެއް، އަދި އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ރަށްރަށާއި، އެނޫންވެސް އެކި ބޭނުންތަކަށް ކަނޑައެޅޭ ރަށްރަށް ކަނޑައެޅުމުގެ ޒިންމާ އަދާކުރައްވާނީ ރައީސުލްޖުމްހުރިއްޔާ އެވެ.

މުހިންމު ބައެއް ހަބަރު

  • ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ދިޔަވަރު ވަކިން ބަލާލެވޭ ވެބްސައިޓެއް މިއަދު ތައާރަފްކޮށްފި އެވެ.
  • އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ ޕްރޮޖެކްޓާއި ތިލަފުއްޓާއި މާލެ ގުޅާލާ ބްރިޖު އަޅަމުންދާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ވިއްކާލުމަށް ކުންފުނީގެ ވެރިން ވިސްނަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
  • ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަޅާ ނިންމާފައިވާ ގޮދަން ފުށް ފެކްޓްރީގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ހުށަހެޅި އޮޕްޝަންތަކުގެ ތެރެއިން ރައީސް އޮފީހުން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށީގައިކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ބޭނުންވާ ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސްއިން ޗާޕުކޮށްފި އެވެ.
  • އާންމު ފަރުދަކަށް އެންމެ ގިނަވެނެގެން މިލްކު ކުރެވޭނީ އެމްޓީސީސީގެ ހިއްސާގެ ތެރެއިން ފަސް ޕަސެންޓު ކަމަށް ބުނާ މާއްދާ އުވާލުމާމެދު ހިއްސާދާރުންގެ ހިޔާލު ހޯދަން އެކުންފުނިން އިއްޔެ ހުޅުވާލައިފި އެވެ.

އެޑިޓަރުގެ ހޮވުން

ދިވެހިރާއްޖެއަށް ގަޑި ތައާރަފު ވުމަށް ފަހު ގަޑި ހަމަކުރަމުން އައީ އިރު އަރާ ވަގުތަކީ ހެނދުނު ހައެއް ޖަހާއިރު ކަމަށް ބަލައިގެންނެވެ. މިހާރު ގަޑި ބަލަމުންދާ ގޮތަށް، ގްރީންވިޗް މީން ޓައިމް (ޖީއެމްޓީ) ގެ ވަގުތާ އެއްގޮތަށް (5 ގަޑިއިރު އަވަސްކޮށް) ރާއްޖޭގެ ގަޑި ހަމަކުރާން ފެށީ ޖެނުވަރީ 1، 1960 އިން ފެށިގެންނެވެ. އެ ބަދަލު ގެންނަކަން ވުޒާރަތުއް ދާހިލިއްޔާއިން (ހޯމް މިނިސްޓްރީ) އިން އިއުލާނުކޮށްފައި ވަނީ މެއި 16، 1959 ގަ އެވެ.

ދުވަހުގެ ކޯޓޭޝަން

ކުޅުދުއްފުށީގައި އަޅަން އުޅުނު ފުއް ފެކްޓްރީ ކުރިއަށް ނުގޮސް އޮތީ ރައީސް އޮފީހުން ބޭނުން ނުވެގެން ކަމަށް ބުނެ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ވާހަކަ ދޮގުކޮށް ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ؛

ފުށް ފެކްޓްރީ އެޅިދާނެ ކަމަށް ގަބޫލުކުރެވޭ ތިން އޮޕްޝަނެއް އެސްޓީއޯއިން ދިނީ. އެންމެ ފުރަތަމަ ވެސް ރައީސް އޮފީހުން ނިންމާފައި ވަނީ ކުޅުދުއްފުށީގައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް. އެކަމުގެ މަސައްކަތް ކުރިއަށްދާނެ،"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ވެޓަރަންސް ލީގުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މިހާރު ކުރިއަށްދާ ވެޓަރަންސް ލީގުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ ވެޓަރަންސް ލީގުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox