ހެލްތު މިނިސްޓްރީއަށް ބޭނުންވާ 20 އެމްބިއުލޭންސެއް ގަނެގެން ހަވާލު ކުރުމުގެ މަސައްކަތް އެސްޓީއޯއާ މިއަދު ހަވާލުކޮށްފި އެވެ.
އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އަބްދުﷲ ސައީދެވެ. ހެލްތު މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ.
އެއްބަސްވުމުގައި ބުނެފައިވާ ގޮތުން އެ 20 އެމްބިއުލޭންސް 90 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެސް މިނިސްޓްރީއާ ހަވާލުކުރަންޖެހޭނެ އެވެ.
މީގެ ކުރިން ވެސް ހެލްތު މިނިސްޓްރީގެ އެދުމަށް، އޭޕްރީލް، 2022، އާ ހަމައަށް އެސްޓީއޯއިން ވަނީ 96 އެމްބިއުލޭންސެއް ރާއްޖެ ގެނެސް ސަރުކާރާ ހަވާލުކޮށްފަ އެވެ.












