ނ. މަނަދޫ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު ޗެކްކުރިއިރު، އެކި ތަންތަންނަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުއްޓެވެ.
މަނަދޫގައި އިއްޔެ އިރުއޮއްސުނު ވަގުތު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ އެ ރަށު އަންނާރުމާގެ ނައީމާ މޫސާ (ނައިމައްތަ) އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް އެންގުމުން، ފުލުހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަނުމުންނެވެ.
"އަދަދު"އަށް ޔަގީންވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ. އަދި ކަރުގައި ޒަހަމް ހުއްޓެވެ.
އެކަމުގައި ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ނަމަވެސް، ނައީމާގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރެގެން އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓާ ކުރަމުންނެވެ.
އެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ނައީމާ ވެއްޓިފައި އޮތީ ކޮޓަރިތެރޭގައި ކަމަށާއި އެތަނުގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށެވެ. އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުުހުން ނުބުނެ އެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސަބީހު "އަދަދު" އަށް ވިދާޅުވީ މަރުވި މީހާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި އޭނާ މަސައްކަތަށް ނުނިކުމެ، އެއްވެސް މީހަކަށް ހަބަރެއް ނުވާތާ ދެ ދުވަސްވެފައިވާ ކަމަށެވެ.
"އިއްޔެ މަސައްކަތަށް ނައީމަ އެއްކޮށް އުޅޭމީހުން ގޮސް އެގޭގަ ޓަކި ޖެހީމަ ވެސް އެއްވެސް ހަބަރެއް ނުވޭ. ދެން ބަލީ ކަމަށް ހީކޮށް ތިބީ. އަނެއްކާ މިއަދު ނައީމަ ވެސް ޓަކި ޖެހީ. ހަބަރެއް ނުވީމަ އާއިލާއަށް ގުޅައިގެން ފުލުހުންނަށް އެންގީ،" އޭނާ ވިދާޅުވި އެވެ.
އޭނާގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުންވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި، އެ ރަށަށް ފުލުހުންގެ ޓީމެއް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.
ނައީމާ އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނުނުއިރު، އެގޭގައި ދިރިއުޅެނީ އޭނާ އެކަންޏެވެ. އޭނާގެ ތިން ދަރިން ދިރިއުޅެނީ މާލޭގަ އެވެ.
މުހިންމު ބައެއް ހަބަރު
ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
މާޒަކީ ރާއްޖެއިން ރުބެއްލާ، ޓީބީ އަދި ލެޕްރަސީ ނައްތާލުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ކުރިން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ބަލިކަށިވެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ވިސާގެ މައްސަލަ ޖެހިގެން ނުފުރުނު އަލް ސަފާ ގްރޫޕްގެ އުމްރާވެރިންނަށް އަންނަ ހަފުތާގައި ފުރޭނެ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
ދުވަހުގެ ކޯޓޭޝަން
މިއަހަރުގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ
އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ސިއްހަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުން. އަނެއް ކަމަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުން،"
ދުވަހުގެ ފޮޓޯ

ބ. އަތޮޅުގެ އެންމެ ބޮޑު ރަށް ގޮއިދޫގައި މި ރޯދަ މަހު ބަޔަކު ރޯދަ ކުރުކުރުމަށް ތާސްކުޅެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












