ޕޭ ހާމަނައިޒޭޝަންއާ އެކު ކައުންސިލްތަކުގެ މުވައްޒަފުންނަށް ހައްލެއް ލިބޭނެ ކަމަށް ބެލެވޭ: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް: ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ދަށުން ކައުންސިލް މުވައްޒަފުންނަށް ހައްލެއް ލިބޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް: ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ދަށުން ކައުންސިލް މުވައްޒަފުންނަށް ހައްލެއް ލިބޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ކައުންސިލް އިދާރާތަކުން، އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ގަރާރުތަކެއް ނެރެމުންދާ މި ދަނޑިވަޅުގައި އަފްޝަން "އަދަދު" އަށް ވިދާޅުވީ، ކައުންސިލްތަކުގެ އެ ގަރާރުތައް ފާސްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެލްޖީއޭއިން އެކަން ހުއްޓުވަން ނޫޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދަންނަވަން ކޮންމެ ކަމެއްގަވެސް ޑިމާންޑު ކުރާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ އެބަ ދައުލަތެއްކަން މީ، ކައުންސިލްތަކަކީ ވެސް ދައުލަތުގެ ބައެއް މިނިސްޓްރީ ތަކަކީ ވެސް، އަދި އެލްޖީއޭ އާއި ދެން ހުރި އިދާރާތަކަކީވެސް، އެހެންވީމަ ދައުލަަތަށް ބެއާ ކުރެވޭ ވަރަކަށް އަޅުގަނޑުމެން ޑިމާންޑު ކުރަންވާނީ," އަފްޝަން ވިދާޅުވި އެވެ.

ގިނަ ކައުންސިލްތަކުން ނެރެމުންދާ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ އެހެން އިދާރާތަކަށްވުރެ ދަށްވެ، ފަރަގު ބޮޑުވުމުން އެކަމާމެދު ކަންބޮޑުވާ ކަމެވެ. އަދި، މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލްތަކުގެ ވަޒީފާއިން ވަކިވެ އެހެން ދާއިރާތައް އިހުތިޔާރުކުރާކަން ވެސް ކައުންސިލްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިކަމަށް ހައްލެއް ލިބިގެންދާނީ ސަރުކާރުން މިހާރު ކުރަމުންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، މިހާރު ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ލިބެގެންދިޔަ ހެޔޮ ބަދަލު ކައުންސިލްތަކަށް ވެސް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"ހާމަނައިޒް ކުރާއިރު، މިސާލަކަށް ކައުންސިލްތަކުގަ އެބަތިއްބަވާ ޕްލޭނިން މަސައްކަތް ކުރާ ބޭފުޅުން، ހުރިހާ ޕްލޭނިން މަސައްކަތް ކުރައްވާ ބޭފުޅުން އެއީ ޕްލޭނިން މިނިސްޓްރީގަ މަސައްކަތް ކުރި ނަމަވެސް، ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލެއްގަ މަސައްކަތް ކުރެއްވި ނަމަވެސް އެއް މުސާރައެކޭ ލިބެންވާނީ" އަފްޝަން ވިދާޅުވި އެވެ.

އެގޮތުން، ކޮންމެ ޕްރޮފެޝަނެއްގައި މަސައްކަތްކުރައްވާ މީހުން، ކޮންމެ އިދާރާއެއްގައި މަސައްކަތްކުރި ނަމަވެސް އެއްވަރެއްގައި މުސާރަ ދެވުން އެއީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމޭއިރު ހާސިލްކުރަން ބޭނުންވާ ލަޑުދަނޑިކަންވެސް އަފްޝަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox