ފަހަތަށް ނޭރިޔަސް ޖޭޕީއާއެކު ޕީޕީއެމުން އެއްވެސް މަޝްވަރާއެއް ކުރާނީ ސަރުކާރުން ވަކިވުމުން

އިދިކޮޅުން ބޭއްވި ހޯޕް ކޮންފަރެންސުގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅުން ބޭއްވި ހޯޕް ކޮންފަރެންސުގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރިއަށް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ޖުމްހުރީ ޕާޓީގެ ފަހަތަށް ނޭރި ނަމަވެސް، އެ ޕާޓީއާއެކު އެއްވެސް މަޝްވަރާއެއް ކުރެވޭނީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިވުމުން ކަމަށް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ކ. މާފުށީގައި އިދިކޮޅުން މިރޭ ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޖޭޕީ އިސްވެ އޮވެ ޕީޕީއެމާއެކު ކޯލިޝަން ހެދުމަށް އެދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވި ސިޓީ ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެ ސިޓީ މިވަގުތު ބަލައިގަނެވެން ނެތް ކަމަށެވެ.

ސިޓީ ބަލައިނުގަނެވޭ ފުރަތަމަ ސަބަބެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވީ އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިނަށް އެ ސިޓީ އެޑްރެސްކޮށްފައި ނެތުމެވެ. ނަމަވެސް ސިޓީ އެޑްރެސްކޮށްފައި އޮތީ ކޮން ފަރާތަކަށް ކަމެއް ހާމައެއް ނުކުރެއްވި އެވެ.

"އަޅުގަނޑުމެންނަށްވުރެ ކުރިން ރިޔާސީ ކެންޑިޑޭޓެއް ދެއްކި ފަރާތެއް ނޯންނާނެ، އެހެންވީމާ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އަދި ޕީޕީއެމްގެ ރައީސަކަށް ރައީސް ޔާމީން ހުންނަވަނިކޮށް އެމަނިކުފާނު ނޫން އެހެން ފަރާތަކަށް އެޑްރެސްކޮށް ސިޓީ ފޮނުއްވުމަކީ އަޅުގަނޑުމެނަށް ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ދެން އޭނާ ފާހަގަކުރެއްވީ އިދިކޮޅުން އެއްވެސް ބަޔަކާއެކު ސިޔާސީ މަޝްވަރާއެއް ކުރާނީ އެ ފަރާތްތަކުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނެ އިއުލާންކޮށްފަ ޕީޕީއެމް/ޕީއެންސީ އާ އެކީގަ މަޝްވަރާއެއް ނުކުރެވޭނޭ މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެއްވެސް ޕާޓީއަކަށް، އަޅުގަނޑުމެންނާ ވާހަކަދައްކާ ކަމުގަ ވަންޏާ ޖެހޭނީ އެ ޕާޓީއަކުން މި ސަރުކާރު ކޯލިޝަނުން ވަކިވެ އެކަން އިއުލާންކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެއިތުރުން، މި ސަރުކާރުގެ ކުރީގެ ރައީސް ޔާމީނަށް ގަސްތުގައި އަނިޔާކުރާކަން ގަބޫލުކޮށް އެކަމާ ނުރުހޭ އަދި ޔާމީނުގެ ސިޔާސަތުތަކަށް ތާއީދުކުރާ ބައެއް ކަމުގައި އިދިކޮޅާއެކު މަޝްވަރާކުރާ ބަޔަކު ވާންޖެހޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ އިތުރުން އެމްއެންޕީ، އެމްއާރުއެމް އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް ގާސިމް ދައުވަތު ފޮނުއްވާފައިވެ އެވެ.

އޭގެތެރެއިން ޕީޕީއެމް، އުމަރު އަދި އެމްއެންޕީއިން ވަނީ ގާސިމާއެކު ކޯލިޝަން ނުހަދާނެ ކަމަށް ބުނެފަ އެވެ. ޑރ. މުނައްވަރުގެ ޓީމު އަދި އެމްއާރުއެމްއިން މިހާތަނަށް ގާސިމްގެ ސިޓީއަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

ޖޭޕީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ނުހަދައި ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާއިރު، މިހާތަނަށް އެ ޕާޓީއާއެކު ބައިއަތު ހިފާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ތެރޭގައި އުފައްދަވާފައިވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox