އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު އައްޔަންކޮށްފި

 އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު، އަބްދުﷲ ސައީދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: މިރާޝް ނާޝިމް

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު، އަބްދުﷲ ސައީދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: މިރާޝް ނާޝިމް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު އައްޔަނުކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އޭނާ އެ މަގާމަށް އައްޔަން ކުރި ކަމުގެ ލިޔުން އަރުވާފައި ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް، އާސިމް މުހައްމަދެވެ.

އޭނާ އެ މަަގާމަށް އައްޔަން ކުރުމަށް ޕީސީބީއަށް ނަން ފޮނުވައިފައި ވަނީ މާޗް 28، ގަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު އައްޔަން ކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި، ހުސެން އަމްރު އެ މަގާމުން ދުރު ކުރުމަށްފަހު އެވެ. އެއީ ސަރުކާރު ކުންފުނިތައް ހިންގުމުގައި ގެންނަ ބަދަލުތަކުގެ ތެރެއިން އާދައިގެ މަތިން ގެނައި ބަދަލެއްގެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

ސައީދަކީ މީގެ ކުރިން ވަނީ ގުލޯބަލް ޓުރޭޑިން (ސިންގަޕޯ) ޕްރައިވެޓު ލިމިޓެޑުގެ މެނޭޖަރު އަދި ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓުގެ މަގާމާއި މޯލްޑިވްސް ނެޝަނަލް އޮއިލް ޕްރައިވެތު ލިމިޓެޑުގެ ޗެއާމަން އަދި ސީއީއޯގފެ މަގާމާއި އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯ) ޕްރައިވެޓު ލިމިޓެޑުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.

އޭގެ އިތުރުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓް ސެކްރެޓަރީއެއްގެ މަގާމު ވެސް ސައީދު އަދާކުރެއްވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވުމާ ހަމައިން އެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox