ހުލާސާކޮށް އިއްޔެ: އިސްދޫ މެމްބަރު އެމްޑީޕީއާ ގުޅުން

Apr 4, 2023, 2:44 AM
އިސްދޫ މެމްބަރު އަލީ ހަމީދު. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

އިސްދޫ މެމްބަރު އަލީ ހަމީދު. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީ ދޫކޮށް އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރުގެ ހާޒިރުގައި މުލިއާގޭގަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިހާރު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 67 އެވެ. އެންމެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ، މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

Advertisement

އަލީ ހަމީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވަން ފެއްޓެވީ އުވިގެން ދިޔަ 18 ވަނަ މަޖިލީހުން ފެށިގެންނެވެ. ޖޭޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު އެމްޑީީޕީ އަށް ބަދަލު މިވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާއެކު އެ ޕާޓީގެ އިސް ބައެއް އެހެން މެމްބަރުން ވެސް ޕާޓީ ދޫކުރައްވަމުން ދާ ދަނޑިވަޅެއްގަ އެވެ.

އަލީ ހަމީދު މިއަދު ވިދާޅުވީ އެންމެ ބޮޑު މަސްލަހަތަކީ އިޖުތިމާއީ އިގުތިސޯދީ ހަމަޖެހުން ކަމަށާއި އެ ހަމަޖެހުން ގެނެސްދެވުނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. ޕާޓީ ބަދަލުކޮށް، ރައީސް ސޯލިހަށް ތާއިދު ކުރެއްވީ އެ ހަމަޖެހުން ދެމެހެއްޓުން މުހިންމު ކަމެއް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ ޕާޓީ ވަކިވެވަޑައިގެންފަ އެވެ. އެ ބޭފުޅުންނަކީ، ރައީސް އޮފީހުގެ މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު، އިމިގްރޭޝަން ކޮންޓްރޯލަ މުހައްމަދު އަހުމަދު (ހަނަފީ)، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ)، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް (ސޯނީ)، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޗައިނާގެ ޑިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު އެވެ.

މުހިންމު ބައެއް ހަބަރު

  • ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ފަސް ފަރާތަކަށް ފޮނުވި އެވެ.
  • ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު ނުކުރެވޭނެ ކަމަށް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
  • އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން "ފިކުރެެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް އުފައްދައި ހަރަކާތްތެރިވާތީ، އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ޕާލިމެންޓްރީ ގްރޫޕްގައި އެ ގްރޫޕްގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެދިވަޑައިގެންފި އެވެ.
  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އާބަންކޯގެ މުވައްޒަފަކު މަރުވި އެވެ.

ދުވަހުގެ ކޯޓޭޝަން

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ،

އިޖުތިމާއީ ހަމަޖެހުމާއި އަދި އިގުތިސޯދީ ހަމަޖެހުމަކީ ގައުމު ހިންގުމާއި ގައުމުގެ މުސްތަގުބަލަށްޓަކާ ކޮންމެހެން ލާޒިމު ކަމެއް. މިދެންނެވި ފަދަ ހަމަޖެހުމެއް ރައްޔިތުންނާ ހަމައަށް ގެނެވުނު ހަމައެކަނި ވެރިޔަކީ ރައީސް ސޯލިހު،"

ދުވަހުގެ ފޮޓޯ

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރުމަށް، މުލިއާގޭގައި ބޭއްވި ކުޑަ ހަފުލާ. -- ފޮޓޯ: އެމްޑީޕީ
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރުމަށް، މުލިއާގޭގައި ބޭއްވި ކުޑަ ހަފުލާ. -- ފޮޓޯ: އެމްޑީޕީ

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރުމަށް، މުލިއާގޭގައި ބޭއްވި ކުޑަ ހަފުލާ. -- ފޮޓޯ: އެމްޑީޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox