ގުދަން ބޭނުން ކުރަމުން ދިޔައީ ހުއްދަ ނެތި ގަވައިދާ ހިލާފަށް: މާލޭ ސިޓީ ކައުންސިލް

ރުމާލު 2 ޖަގަހަ ހުރި ތަނުގައި ހުރި ޔޫތު މިނިސްޓްރީގެ ގުދަން ސިޓީ ކައުންސިލުން ހުސްކުރުމުގެ ތެރެއިން-- ފޮޓޯ: މިނިސްޓަރު މަހުލޫފް

ރުމާލު 2 ޖަގަހަ ހުރި ތަނުގައި ހުރި ޔޫތު މިނިސްޓްރީގެ ގުދަން ސިޓީ ކައުންސިލުން ހުސްކުރުމުގެ ތެރެއިން-- ފޮޓޯ: މިނިސްޓަރު މަހުލޫފް

ޔޫތު މިނިސްޓްރީގެ މުދާ ވައްދާފައި ހުރި ގުދަނެއް، ހުސްކޮށްފައިވަނީ އެތަނަކީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ގަވައިދާ ހިލާފަށް ހިންގަމުން އަންނަ ތަނަކަށް ވާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ހުސްކުރަން މަސައްކަތް ކޮށްފައިވަނީ މާލޭ ހިޔާ ބިމުގައި ކުރިން ރުމާލު 2 ޖަގަހަ ހިންގި ތަނުގައި ހުރި ގުދަނެކެވެ. ކައުންސިލްގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުންކޮށްގެން އެ ގުދަން ހުސްކުރުމުގެ މަސައްކަތް ރޭ ދަންވަރު ކުރަމުން ދަނިކޮށް އެ ކަން ހުއްޓުވީ ފުލުހުންނެވެ.

މި މައްސަލައިގައި ސިޓީ ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް، އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ގުދަން ހަދާފައިވާ ބިމަކީ ސިޓީ ކައުންސިލްގެ ދަށުގައި އޮތް ބިމެއް ނަމަވެސް ގުދަން ހަދާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދަ ލިބިގެން ނޫން ކަމަށެވެ.

އެ ގުދަނަކީ ގަވައިދާ ހިލާފަށް ހިންގަމުންދާ ތަނަކަށް ވާތީ މިދިޔަ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ވެރިފަރާތް ހޯދުމަށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޖަހައި އިއުލާނުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، އެތަން ހުސްކުރަން ނިންމީ އިއްޔެގެ ނިޔަލަށް ވެސް އެއްވެސް ފަރާތަކުން ހަވާލުވެފައިނުވާތީ އެތަނަކީ ވެރިފަރާތެއް ނެތްތަނެއްގެ ގޮތުގައި ބެލުމަށްފަހުގައި ކަމަށް ބުނެފައިވެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލުގެ ބިމެއްގައި ހުރި އެ މިނިސްޓްރީގެ ގުދަނުގެ ތަޅު ހަލާކުކޮށްލައި އެތަނުގައި ހުރި އަގުބޮޑު ސާމާނުތައް ގެންދިޔަ ކަމަށެވެ.

"މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން، އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެ،" ޓްވީޓުގައިވެ އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު މަހުލޫފް "އަދަދު" އަށް ވިދާޅުވީ ގުދަން ހުސްކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެ ތަން ހުސް ކުރަން ފަށާފައިވަނީ އެ މިނިސްޓްރީއަށް އެނގުމެއް ނެތި ކަމަށެވެ.

"މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް، ސަރުކާރުގެ މިނިސްޓްރީއެއްގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށް އެ ތަޅު ބަދަލުކުރުން. އަދި އެއަށް ފަހު މުދާ ގެންދިޔުން،" މަހުލޫފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox