53 މިލިއަން ދައްކަން ކުރި އަމުރަށް ޔާމީންގެ އުދާސްތައް؛ "ދިފާއުގައި ބަސް ބުނުމުގެ ހައްގު ވެސް ނުދޭ"

ރައީސް އަބްދުﷲ ޔާމީން؛ 53 މިލިއަން ރ. ދައްކަން ޖެހުމާ ގުޅޭ ގޮތުން ދިފާއަށް ވާހަކަ ދައްކަން ވެސް ފުރުސަތު ނުދޭ ކަމަށް ބުނެފި - ފޮޓޯ: ފައިލް

ރައީސް އަބްދުﷲ ޔާމީން؛ 53 މިލިއަން ރ. ދައްކަން ޖެހުމާ ގުޅޭ ގޮތުން ދިފާއަށް ވާހަކަ ދައްކަން ވެސް ފުރުސަތު ނުދޭ ކަމަށް ބުނެފި - ފޮޓޯ: ފައިލް

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އެ ހިޔާނާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯދި މަންފާ ކަމަށް ބުނެ 53 މިލިއަން ރުފިޔާ ދައްކަން އަމުރު ނެރެފައިވަނީ ދިފާއުގައި ބަހެއް ބުނުމުގެ ހައްގު ވެސް ނުދީ ކަމަށް އެމަނިކުފާނު ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓު ކޮށްގެން ޔާމީނަށް ލިބުނު ފައިދާ އެވެ.

އެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގަ އެވެ. ނަަމަވެސް 53 މިލިއަން ހަ މަސް ތެރޭ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ 26، ގަ އެވެ.

ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ 53 މިލިއަން ރުފިޔާ ގެ އަދަދު ގެނައި ފޯމިއުލާއެއް ވެސް އެމަނިކުފާނަށް ސާފު ނުވާ ކަމަށެވެ. އެ އަދަދަށް އެމަނިކުފާނު މަންފާ ހޯދި ކަމަށް ދައުލަތުން ތުހުމަތު ކުރި ނަމަވެސް ދަށު ކޯޓުގެ ޝަރީއަތުގައި އެ ކަމާ ގުޅޭ ގޮތުން އެއްވެސް ބަހުސެއް ކުރެވިފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މަހުޝަރުގެ ބޭނުމަށް ބެލި ނަމަވެސް، ފެންނަން އޮތީ މަނީ ލޯންޑަކޮށްގެން އަޅުގަނޑު ހޯދި ކަމަށް އެ ބުނާ އެއް މިލިއަން ޑޮލަރު، އެ ފައިސާ އަދިވެސް ހުރީ ބޭންކުގައި، ބޭންކުގަ ހިފެހެއްޓި ގޮތަށް، ފައިސާ އިންވެސްޓު ކޮށްގެން 53 މިލިއަން ރުފިޔާ ގެނައި ގޮތެއް ނޭނގެ، އެ ވާހަކަ ދައްކާކަށް އަޅުގަނޑަށް ދަށު ކޯޓަކު ފުރުސަތެއް ވެސް ނުދޭ،" ޔާމީނަށް ބަސް ބުނަން ދިން ފުރުސަތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ދީބަނާޒު ފަހުމީގެ ގިނަ ސުވާލުތަކެއް ވެސް ދައުލަތުގެ ވަކީލުންނަށް އަމާޒު ކުރެއްވި އެވެ. އެގޮތުން، އެ އަދަދާ ގުޅިގެން ދެ ފަރާތުން ވާހަކަ ދެއްކުން ދަށު ކޯޓުގެ ޝަރީއަތުގައި ކުރިއަށް ދިޔަތޯ ސުވާލުު ކުރި އެވެ. އަދި، އަމުރު ނެރެފައިވަނީ ދައުވާ ލިބޭ ފަރާތް ހާޒިރުކޮށްގެންތޯ ނުވަތަ ޣައިރު ހާޒިރުގައިތޯ ވެސް ސުވާލު ކުރި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ޝަރީއަތަށް ހުށަހެޅި އިފްތިތާހީ ބަޔާން އަދި ހުލާސާ ބަޔާނުގައި އެ ކަން ފާހަގަކުރި ކަމަށެވެ. އަދި ދައުލަތުން ގަބޫލުކުރަނީ އެ މަރުހަލާގައި ދިފާއަށް ބަސް ބުނުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމުގަ އެވެ. ނަމަވެސް އެ އަމުރު ނެރުމުގެ ކުރިއަށް ޖާވާބުދާރީވާން ފުރުސަތެއް ދިންތޯ ސުވާލުކުރުމުން ދައުލަތުން ބުނީ އެ ފުރުސަތު ނުދޭ ކަމަށެވެ. އަދި އަމުރު ނެރުނީ ވެސް ޣައިރު ހާޒިރުގައި ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ. ނަމަވެސް، ވަކި ތާރީހެއް މިއަދަކު ނުދެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ.

ޔާމީންގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް ހައި ކޯޓު އިސްތިއުނާފްކޮށްފައިވެ އެވެ. ފެބްރުއަރީ 21 ގައި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ވަނީ އިސްލާހުކޮށްފައި އަލުން ހުށަހަޅަން އަންގައިފަ އެވެ. އޭގެ ފަހުން މާޗު 16 ގައި އިސްލާހުކޮށްފައި ހުށަހެޅި ނަމަވެސް އަދި އެ މައްސަލަ ރަޖިސްޓްރީ ކުރުމާ މެދު ކޯޓުން ވަކިި ގޮތެއް ނުނިންމަ އެވެ.

ޔާމީނަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ އެވެ.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox