ނަޝީދުއާއެކު "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖޭޕީއަށް ތާއީދު ކުރަން ނިންމައިފި

ޖޭޕީއާއެކު ފިކުރެއްގެ ދިރުމުން މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުން؛ ބުނީ ކޯލިޝަން އެގްރީމެންޓުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ބުނި-- ފޮޓޯ: ޖޭޕީ

ޖޭޕީއާއެކު ފިކުރެއްގެ ދިރުމުން މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުން؛ ބުނީ ކޯލިޝަން އެގްރީމެންޓުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ބުނި-- ފޮޓޯ: ޖޭޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ތާއީދު ކުރާނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ކަމަށް ބުނެފި އެވެ.

ޖޭޕީއާއި ރައީސް ނަޝީދުގެ މަންދޫބުންގެ ދެ ވަނަ މަޝްވަރާ ބައްދަލުވުން ވަނީ މިރޭ ކުރިއަށް ގެންގޮސްފަ އެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މިހާރު ޖޭޕީއާއެކު ރަސްމީކޮށް ކޯލިޝަންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އައިސް މި ތިބީ ޕާޓީގެ ރައީސްގެ ފަރާތްޕުޅުން، އެމްޑީޕީގެ ރައީސްގެ ފަރާތްޕުޅުން،" އެމްޑީޕީން ޖޭޕީގެ ފަހަތަށް އެރި ފަދަ މޭރުމަކުން ހަސަން ލަތީފް ވިދާޅުވި އެވެ.

މިހާރު މަސައްކަތް ކުރެވުމުން ދަނީ ކޯލިޝަންގެ އެގްރީމެންޓުގެ މަސައްކަތް ކަމަށާއި މިރޭ ވެސް އެކަމުގެ މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ކުރެވެނީ އެ ދިމާލަށް [ކޯލިޝަން އެގްރީމެންޓުގައި ސޮއިކުރުމަށް] ދިއުމަށް ކުރެވޭ މަސައްކަތް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ނަޝީދުގެ ފަރާތްޕުޅުން ހަސަން ލަތީފްގެ އިތުރުން ޖޭޕީއާ ބައްދަލުކުރައްވަނީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ކަމުން ވަކިކޮށްފައިވާ ހުސެއިން އަމްރުއާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމުން މިއަދު ވަކިކޮށްފައިވާ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރުމުގެ ބާރު ޕާޓީގެ ރައީސަށް އެމްޑީޕީގެ އަސާސީ ގަވައިދުން ދީފައިވާ ކަމަށެވެ.

"އެ ހުރިހާ ކަމެއް އޮންނަނީ އެމްޑީޕީގެ އަސާސީ ގަވައިދުގައި ރައީސަށް، އެހެންވީމާ އެމްޑީޕީގެ ރައީސަށް އެ މަސައްކަތް ނުކުރެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެކަމަކު ޖޭޕީއާއެކު ނަޝީދު އިސްވެ މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އެމްޑީޕީއިން ކުރާ މަޝްވަރާތަކެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

ޖޭޕީއަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަންގެ މެމްބަރަކަށްވި ނަމަވެސް ކުރިއަށް އޮތް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެ ޕާޓީން އެއްބަހެއް ނުވި އެވެ. އޭގެ ބަދަލުގައި ޖޭޕީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބަށް ނިކުތުމަށެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ނަމުގައި ހަރަކާތެއް ހިންގަން ފެށީ ވެރިކަން ހިންގާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ފަހުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު 15،000 ވޯޓު ހޯއްދެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox