ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ހިޔާ ފްލެޓު ސަރަހައްދަށް އެއްކޮށްފައިވާ ކުނިތަކެއް؛ ކުނި އެތެރެކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހިޔާ ފްލެޓު ސަރަހައްދަށް އެއްކޮށްފައިވާ ކުނިތަކެއް؛ ކުނި އެތެރެކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެންވައިރަމެންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތް ހެދުމަށް ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގައި ހިމަނާފައިވާ މާއްދާ ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ފާސްކޮށް، މިހާރު އަމަލު ކުރަމުން އަންނަ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން، މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން މަނާ ވާނެ އެވެ. އަދި، ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޫކުރަން ވާނީ މިނިސްޓްރީން ހަދައި އާންމުކުރާ ގަވައިދެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

މި މާއްދާ އާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރުމާއެކު، ބިލު ތަސްދީގު ކުރުމަށް ފަހު އެ މާއްދާ އިސްލާހު ކުރާނެ ކަމަށް އެއިރު އެންވައިރަމެންޓް މިނިސްޓްރީން ބުންޏެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ބަޔާންކޮށްފަ އެވެ.

މި އިސްލާހުގެ އިތުރުން ވެސް ބިލުގައި ވަނީ ބައެއް މާއްދާތަކަށް ކުދިކުދި ބަދަލު ގެންނަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ރަށާއި ސިޓީ ފެންވަރުގައި ކުނި މެނޭޖުކުރުން އިންތިޒާމް ކުރާނެ ގޮތުގެ އުސޫލު ކަނޑައަޅާނެ މިންވަރު އިތުރު ކުރުން ހިމެނެ އެވެ. ކުރިން ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ލާޒިމް ކޮށްފައި އޮތް އޮތުން މިހާރު ވަނީ އެއް އަހަރަށް އިތުރު ކުރަން ހުށަހަޅައިފަ އެވެ.

މައްސަލައިގެ ފަސްފަހަތް

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅިއިރު، އެއްވެސް ފަރާތަކުން ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި އޮތީ ބަޔާންކޮށްފަ އެވެ. އެ ބަދަލު ގެނެސްފައިވަނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.

ބަދަލާ ގުޅިގެން ކޮމިޓީ ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ގިނަ ގައުމުތަކަށް ކުންޏަކީ މިހާރު ވެސް ބޭނުންތެރި އެއްޗަކަށް ވެފައި، އޭގެއިން ހަކަތަ އުފެއްދޭނެކަން ވެސް ސާބިތުވާތީ އެވެ.

އަދި، ރާއްޖެއިން ވެސް އެކަމަށް ޕްލޭންތަކެއް ގެންގުޅޭއިރު، ރާއްޖެއިން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ސީރިއަސް ގައުމީ މައްސަލަތަކެއް ހިމެނޭ ބިލެއް ނަމަވެސް، ބިލު މަޖިލީހުގައި އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތިމާވެއްޓާ ގުޅޭ އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox