ޝަރީފުގެ ދުޅަހެޔޮ ހަޔާތުން ފިލާވަޅެއް

އެމްޕީއެލްގެ ޗެއާމަން، މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)

އެމްޕީއެލްގެ ޗެއާމަން، މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)

އެމްޕީއެލްގައި ބޭއްވި ކުޑަ ހަފުލާއެކެވެ. ކުންފުނީގެ ސީއީއޯ އާއި ބޯޑު މެމްބަރުންނާއި އެހެން އިސްވެރިން ހާޒިރުވެ ތިއްބެވެ. އެންމެން ތިބީ ޗެއާމަން، މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ގެ އުފަން ދުވަސް ފާހަގަ ކުރާށެވެ. އެހެނަސް ޝަރީފަށް ފުރުނު އުމުރެއް ކޭކުގައި ނެތެވެ. ކޮންމެ ބޭފުޅެއްގެ އަތަށް ޝަރީފު ދިއްކޮށްލެއްވީ ގަނޑެކެވެ. ޖެހުނީ ޝަރީފަށް ފުރުނު އުމުރު ލިޔާށެވެ.

މިއީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ސެންކޯ ޝަރީފުގެ އިންޓަވިއުގައި އުމުރު އަހައިލުމުން ކިޔައި ދެއްވި ކުރު ވާހަކަ އެކެވެ.

"އެ ދުވަހު ބޯޑު ރޫމުގައި ތިއްބެވި އެންމެން ޖެހި އުމުރުގެ ތެރެއިން އެންމެ މައްޗަށް ވެސް ޖަހާފައި އޮތީ 60 އަހަރު،" ބޯޓު ދަތުރުކުރަން މީހުން ފޮނުވުމުގެ ވިޔަފާރީގައި ކެޕްޓަންގެ ނަމުން މަޝްހޫރު ޝަރީފު ހީލާފައި ވިދާޅުވި އެވެ.

Advertisement

ދިހަ ދަރިންގެ ބައްޕަ، އަދި މުނިކާފަ ވެފައިވާ ޝަރީފަށް މިހާރު 72 އަހަރު ފުރިއްޖެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި މިއަދާ ހަމައަށް އޭނާ އަށް ހުރެވުނީ ހަށިގަނޑުގެ ތަރުބިއްޔަތަށް ރަނގަޅު އާދަތަކެއް ދަމަހައްޓައިގެންނެވެ.

ކަނޑުގެ ދަރިއެއް

އޭނާ އުޅެބޮޑުވީ ކަނޑުމަތީގައޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މުހައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރު، ސްކޫލުގެ ކިޔެވުން ފުރިހަމަ ނުކުރެވެނީސް، ސަރުކާރުގެ ބޭނުމަށް ވަޒީފާއަށް ނުކުންނަން ޝަރީފަށް މަޖުބޫރުވި އެވެ. ފުރަތަަމަ ވެސް ގެންދިޔައީ ކަސްޓަމްސް އަށެވެ. އެތަނުގައި އުޅެނިކޮށް، ރާއްޖޭގެ އާގުބޯޓު ކުންފުނި، އެމްއެންއެސްއެލް އުފައްދައިގެން ބޯޓު ފަހަރަށް ދިވެހި ކެޕްޓަނުން އުފެއްދުމަށް ހުޅުވާލި އެވެ. އެ ކޯހަށް ކުރިމަތިލި 40 މީހުންގެ ތެރެއިން ހޮވުނު އަށް ދަރިވަރުންގެ ތެރޭގައި ޝަރީފު ހިމެނުނެވެ. މިއަދު އެ އަށް ބޭފުޅުންނަކީ ވެސް ކެޕްޓަނުންނެވެ.

ޝަރީފުގެ ކާމިޔާބީ އާއި ދުޅަހެޔޮ ސިއްހަތަކަށް ހަށިގަނޑު ހޭނެން ފެށުމުގެ އަސްލަކީ އާގުބޯޓުގައި ފެށި ދަތުރެވެ. ބޯޓެއްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަސް ކުރުމަށްފަހު، އުމުރުން 20 އަހަރުގައި އޭނާ ކަނޑު މައްޗަށް އެރި އެވެ. ބޯޓުގައި އުޅޭއިރު ކެއުން ބުއިމާއި މަސައްކަތާއި ކަސްރަތުގެ ވަކި އަހުލާގެއްގައި ބަހައްޓަން ޖެހެ އެވެ. މިއަދުވެސް އެކަންކަން އާދަވެ، ހަށިގަނޑު ހޭނިފައިވަނީ އެ ތަރުބިއްޔަތުގެ ސަބަބުންނެވެ.

ބޯޓު ދަތުރުކުރުމުގެ ދާއިރާއިން ކިޔަވައިގެން، ކެޕްޓަނަކަށް އުޅުމަށް ފަހު އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި ބޯޓުން ފޭބުމަށް ފަހު، ދިވެހިން ދަތުރުކުރަން ފޮނުވަން ފަށައި، އެ ވިޔަފާރީގައި ވެސް ޝަރީފު ވަނީ ކާމިޔާބީ ހޯދައިފަ އެވެ.

ކެއުމާއި ކަސްރަތު

ދަތުރުކުރުން ހުއްޓާލި ނަމަވެސް، އޭނާ ދުޅަހެޔޮ ސިއްހަތަށް ހޭނިފައި ހުރި ކަންކަން ދުލެއް ނުކުރެ އެވެ. ކެއުމާއި ނިދުމާއި ކަސްރަތަކީ މުހިންމު ކަމެއްކަން އޭނާ އަށް އޮތީ ދަސްވެ، އާދަވެފަ އެވެ.

"ފަތިސް ނަމާދު ކޮށްގެން ނައްޓާލަނީ. އާންމު ގޮތެއްގައި ކޮންމެ ހަފުތާއަކު ފަސް ދުވަހު މާލެ ވަށައި ބުރެއް ޖަހަން. ވަރަށް ޒަމާން ވެއްޖެ އެގޮތަށް ބުރުޖަހާތާ. 33 އަހަރު ވަރުވެދާނެ. ކޮނެމް ދުވަހަކު 5.6 ކިލޯ މީޓަރަށް ހިނގާފައި، ކަސްރަތު ކޮށްލާފައި ގެއަށް ދަނީ،" ދުވަހު ތާވަލުގެ ފުރަތަމަ ނަންބަރު ޝަރީފު ކިޔައި ދިނެވެ.

ފަތިހު ހޭލައިގެން ކަސްރަތަށް ދިއުމުގެ ކުރިން ކޮފީ ތައްޓެއް ބޯލަ އެވެ. ކަސްރަތު ނިންމާފައި ގެއަށް އައިސް ނާސްތާ ކުރަނީ ލުއި ގޮތަކަށެވެ. އާންމުކޮށް ކޯން ފްލޭކްސް އާއި ކިރެވެ.

"އެކަހަލަ ލުއި އެއްޗަކުން އަޅުގަނޑު ހެނދުނު ނަގަނީ. މެންދުރު އެހާ ބައިވަރު އެއްޗެއް ނުކަން. އާންމުގޮތެއްގައި އަޅުގަނޑަށް އެންމެ މީރީ ބަތާއި ގަރުދިޔަ ނުވަތަ ރިހާކުރު. އާންމުކޮށް ރޭގަނޑު ކަނީ ހައެއް ހަތެއް ޖަހާއިރު. މާ ލަސްކޮށް ނުކަން" ކެއުމުގެ އާދަތައް ކިޔައިދިނެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ނަސޭހަތެއް، އުމުރުން 50 އަހަރުން މައްޗަށް ދިޔައީމަ ކެއުމަށް ވަރަށް ބޮޑަށް ބައްލަވައްޗޭ."

އެމްޕީއެލްގެ ޗެއާމަން، މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)
އެމްޕީއެލްގެ ޗެއާމަން، މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)

އެމްޕީއެލްގެ ޗެއާމަން، މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)

ނިދުމުގެ އާދަ

އާގުބޯޓުގައި ހަޔާތުގެ ކުރީ ބައި ދުއްވާލާފައި ހުރި ޝަރީފަށް ނިދުމާއި ހޭލުމުގެ އާދަ ހުރީ ކަށީގައި ހިފައިފަ އެވެ. އަވަހަށް ނިދުމާއި އަވަހަށް ހޭލުމަކީ ސިއްހަތަށް ވެސް މުހިންމު ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެހެންވެ، އެންމެ ލަސްވެގެން ވެސް އާންމުކޮށް ރޭގަނޑު 10 ޖަހާއިރު ނިދަ އެވެ. ފަތިހު 4 ޖަހާއިރު ހޭލަ އެވެ.

މިފަދަ އާދަތަކަށް ވަރުގަދަ އަޒުމެއް ބޭނުންވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރަން އަޒުމެއް ހުންނަން ޖެހޭނެ. އަޅުގަނޑު ވެސް ކަސްރަތު ކޮށްފައި އަންނަ ބައެއް ދުވަސް ދުވަހު މީރު ފޮނި އެއްޗެހި ގޭގައި ހުރޭ. ފޮނި އެއްޗެހި އެހާ މީރު. ނަމަވެސް ހައްދުން ނައްޓައިގެންދާ މިންވަރަށް ނުކަން. އެ އަޒުމު ހުންނަންޖެހޭނެ،" ކެއުމުގައި މިންވަރަށް ބެލުމާއި، ފޮނި ތަކެތި ގިނައިން ކެއުމަކީ ސިއްހަތަށް ރަނގަޅު ކަމެއް ނޫންކަން ބުނެދިނުމުގެ ގޮތުން ޝަރީފު ވިދާޅުވި އެވެ.

އޭނާ އާދަވެގެން ކުރާ އެހެން ކަމެއް ވެސް އެބަ އޮތެވެ. ކޮންމެ ހަ މަހަކުން އެއްމަހު މުޅި ހަށިގަނޑުގެ ހެލްތު ޗެކަޕް ހެދުމެވެ.

"ﷲ އިރާދަކުރެއްވީތީ ބޮޑު ބައްޔެއް ނެތް. މިއަދު ވެސް ދުޅަހެޔޮކޮށް ހުރެވޭތީ ވެސް ﷲ އަށް ހަމްދުކުރަން، ޝުކުރުކުރަން. މިކަންކަން ވާނީ ވަރަށް ބޮޑު އަޒުމެއް ހުރެގެން،"

ޝަރީފުގެ ތަޖުރިބާއިން ދޭ ނަސޭހަތަކީ މިއެވެ؛ "އަހަރެން ކަސްރަތު ކޮށްލެވުނީމަ މުޅި ދުވަސް ފުރިހަމަވީ ކަމުގެ އިހުސާސް ކުރެވެނީ. ކޮންމެ މީހަކަށް ވެސް މިކަން ކުރެވޭނެ. ބޭނުން ވަނީ އަޒުމެއް. ފުރިހަމަ ސިއްހަތަކަށް ވަރަށް މުހިންމު ކަމެއް، ދުޅަހެޔޮ އާދަތައް ހިފެހެއްޓުން. އަދި ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮ އާދަތަކަކަށް ބަދަލުކުރުން."

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox