މިއަދު އިރުއޮއްސުނު ވަގުތު ސިނަމާލޭ ބުރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ކާރެއްގައި ޖެހުމުން މަޑުނުކޮށް ދުއްވާފައި ދަނިކޮށް ބަހުގައި ޖެހިއްޖެ އެވެ.
މިއަދު އިރުއޮއްސި 6:30 ހާއިރު، ހިނގި އެ އެކްސިޑެންޓުގައި މަޑުނުކޮށް ދުއްވާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކާ މުޑިއެރި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެކެވެ.
އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް، ފުލުހުންގެ ވެހިކަލަކަށާއި އެމްޓީސީސީގެ ބަހަށް އަދި އެކްސިޑެންޓުވި ސައިކަލަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އެއާޕޯޓު ލައިޓު ސަރަހައްދުން ފުލުހުންގެ ކާރެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް އިއްޔެ ވެސް ހިނގާފައިވެ އެވެ.













