ސިއްހީ ދުޅަހެޔޮކަމާ ނުލައި ތަރައްގީ ހާސިލު ނުވާނެ: ރައީސް

ސިއްހީ ދުޅަހެޔޮކަމާ ނުލައި ތަރައްގީ ހާސިލު ނުވާނެ: ރައީސް

ސިއްހީ ދުޅަހެޔޮކަމާ ނުލައި ތަރައްގީ ހާސިލު ނުވާނެ ކަމަށާއި އިގްތިސާދީ ގޮތުން ވިޔަސް އަދި އިޖްތިމާއީ ގޮތުން ވިޔަސް ތަރައްގީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މި ފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރަސްމީ ގޮތެއްގައި ހޮސްޕިޓަލެއްގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަބަދުވެސް ގާބޫލުކުރާ، ވަރަށް މުހިންމު ފަލްސަފާއެއް އޮންނަ ކަމަށާއި އެއީ ސިއްހީ ދުޅަހެޔޮކަމާ ނުލައި ތަރައްގީ ހާސިލު ނުވާނެކަން ކަމަށެވެ.

Advertisement

އަދި, އިގްތިސާދީ ގޮތުން ވިޔަސް އަދި އިޖްތިމާއީ ގޮތުން ވިޔަސް ތަރައްގީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ސިއްހީ ދުޅަހެޔޮކަން މާނަކުރެވިފައި އޮންނަނީ، ހަމައެކަނި ޖިސްމާނީ ހަށިހެޔޮކަމުގެ ގޮތުގައި. ނަމަވެސް، ސިއްހީ ދުޅަހެޔޮކަމުގެ ދާއިރާ އެއަށްވުރެ މާ ފުޅާ. ނަފްސާނީ ދުޅަހެޔޮކަމަކީ، އޭގެ ތެރެއިންވެސް ވަރަށް މުހިންމު ދާއިރާއެއް،" ރޭގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން، 1948 ވަނަ އަހަރު މާލޭގައި، ހުޅުވި "ޑަކްޓަރު ގެ" އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސާދަށް ބޮޑު ބަދަލެއް އައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއް ކަމަށެވެ.

އަދި، ސިއްހީ ހިދުމަތަކުގެ ފެންވަރުމަތިވެ، ޒަމާނީވެގެން ދިއުމުގައި އަމިއްލަ ފަރާތްތަކާއި މާލެއާ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކާއި ސިއްހީ މަރުކަޒުތަކުން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަންވީ، ފުރިހަމަ ސިއްހީ ދުޅަހެޔޮކަމެއްގެ މަތީގައި ދެމި ތިބުމަށް. ސަމާލުކަން ދޭންވީ ބަލިވުމުން ބޭސްކުރަން ތިބުމުގެ އާދަ ދޫކޮށް، ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށް ގަދައަޅައި މަސައްކަތް ކުރުމަށް," ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީވަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ ހަ ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްގީކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ސިއްހީ މަރުކަޒުތަކާ އެކު މުޅި މި ދާއިރާ ތަރައްގީވެގެން އަންނައިރު، ސިއްހީ އިތުރު ހިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުސތުތައް ތަނަވަސްވެގެންދާނެ ކަމަށް ވެސް ރައީސް އެމަނިކުފާނު ވިދާޅުވި އެވެ.

ރޭގެ އެ ހަފުލާގައި، ރައީސް ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ސިއްހީ ދާއިރާގައި ހިދުމަތް ކުރެއްވި އަށް ބޭފުޅުންނަށް ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

މަސް ކެނޑުމަކީ ހަޑި ކަމެއް ނޫން ކަމަށާއި, މަސް ކަނޑައިގެން ލިބޭ ފައިސާ އަކީ ތާހިރު, ހަލާލު ފައިސާ ކަން ފާހަގަކޮށް އަބްދުالله ބުނީ ބައެއް ޒުވާނުން ކަމެއް ނެތި ހުސްކޮށް ތިބޭ ތިބުމުގެ ބަދަލުގައި މިކަމަށް ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް.

ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބް މިހުރީ އެކައުންޓިން ކިޔަވައިދޭން

އޭގެ ފަހުން އެކައުންޓިން ކިޔަވައިދިނުމަށް ހާއްސަވުމާ ހަމައަށް، ހިސާބުގެ އިތުރުން އިކޮނޮމިކްސް އާއި ކޮމާސް ވެސް އޭނާ ކިޔަވައިދެއްވި އެވެ. އެ މާއްދާތައް ދޫކޮށްލެެއްވީ އެއް މާއްދާއަށް ހާއްސަވެވަޑައިގަތުމަށެވެ.

އިންޖީނުގެ އީޖާދީ ދުނިޔެއެއްގައި އުޅޭ، ލާމު މާމެންދޫ ނެއްބެ

މިހާރު ރަށުގައި އޭނާ ދުއްވާ ސައިކަލަކީ، އަމިއްލައަށް މޮޑިފައިކޮށްފައިވާ އެއްޗެކެވެ. އެކި ސައިކަލުގެ އެކި ސްޕެއާ ޕާޓުތަކާއި އެއްޗެހި ބޭނުންކޮށްގެެނެވެ. އެކި ސައިކަލުތައް އެހެން މޮޑިފައި ކުރުމަކީ، ވަޒީފާގެ އިތުރަށް ދެން އޭނާ މި ވަގުތު ކުރަމުން އަންނަ މަސައްކަތެވެ.

ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

އަތުން އޭނާ ކާށި ހެހެލާ ގޮތް ދައްކަމުން މޫސަ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ވެސް ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުގެ ވަރުގަދަ ކަމަކީ އެއިން ލިބުނު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ސުލްތާނާ މުދައްރިސް: ތިން ޖީލުގެ އެދުރު

ހިދުމަތުގެ ފަހު ދުވަހު މަދަރުސާގެ މުވައްޒަފުން ސުލްތާނާއަށް ކީ އަސަރުގަދަ ވަދާއުގެ އެއް ސަބަބަކީ މިއީ އެވެ. މުދައްރިސްގެ އަރިހުގައި މިއަދު ވަދާއު ކިޔަން ތިބި ގިނަ މުވައްޒަފުންނަކީވެސް އެ ތިން ޖީލުގެ ތެރޭގައި ހިމެނޭ، އެ މުދައްރިސްގެ ދަރިވަރުންނެވެ.

ހަމަޖެހިފައިވާ ހިތަކުން އިލްމުވެރިއަކު ކޮށްދެއްވި ދީލަތި ހިދުމަތް

ދީލަތިކަމުގައި، އަބަދުވެސް މުށް ހުޅުއްވާލައިގެން ހުންނެވި އުސްމާނަކީ، ދީލަތިކަމާއި، އެކެއް އަނެކަކަށް އެހީތެރިވުމުގެ ރީތި އާދަ އެ ކަމަކުން އިސްލާމުންގެ ތެރޭ އަށަގެންނެވި، ދީނުގެ ތިން ވަނަ ރުކުން ކަމުގައިވާ ޒަކާތް ނެރުމާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިކުރެއްވި ބޭފުޅެކެވެ.

އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

ދިވެހި ފުޓްބޯޅަ ނިކަމެތިކަމުން، ގަދަފަދަ ކަމަށް ބަދަލުވި އެ ކާމިޔާބު ހޯދުމުގެ އާރުކާޓީއަކަށްވި އަންދަރޭ އަށް އެއީ ލިބުނު ބޮޑު އުފަލެކެވެ. ގައުމަށް ކަމެއްކޮށްދެވުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ.

Newsletter

Get the latest news delivered straight to your inbox