ރާއްޖެއާ ބެހޭގޮތުން ލަންކާގެ ޓޫރިޒަމް މިނިސްޓަރު ބުނީ ދޮގެއްތަ؟

ސްރީ ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ: ވިދާޅުވީ ފަތުރުވެރިންނަށް ރާއްޖޭގައި އޮތް ހަމައެކަނި އެއްޗަކީ ގޮނޑުދޮށް ކަމަށް -- ފޮޓޯ: ނިއުސްފަސްޓް

ސްރީ ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ: ވިދާޅުވީ ފަތުރުވެރިންނަށް ރާއްޖޭގައި އޮތް ހަމައެކަނި އެއްޗަކީ ގޮނޑުދޮށް ކަމަށް -- ފޮޓޯ: ނިއުސްފަސްޓް

ލަންކާއަށް ފަތުރުވެރިން ޒިޔާރަތްކުރަންޖެހޭ ސަބަބުތައް ދައްކަވައި، ދެއްކެވި ވާހަކައިގެ ތެރޭގައި ރާއްޖޭގައި ހިތްހަމަ ޖައްސާލަން އޮތީ ހަމައެކަނި ސާފު މޫދަކާއި ދޮންވެލި ތުނޑިތައް ކަމަށް ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ވިދާޅުވީތީ، އަޅުގަނޑުމެން ގައުމުދެކެ ލޯބިވާ ދިވެހިން މިތިބީ ރުޅިއައިސްފަ އެވެ. އެކަމަކު، ގައުމުދެކެވާ ކަނު ލޯބި ހިނދުކޮޅަކަށް އެއްފަރާތްކޮށް ވިސްނަވާށެވެ. އެ ވާހަކައިގައި ގޯހެއް އެބައޮތް ހެއްޔެވެ؟

ޒަމާނުއްސުރެ، ރާއްޖެ އިޝްތިހާރުކުރަން ބޭނުންކުރާ އެއްޗަކީ ރާއްޖޭގެ ދޮންވެލި ތުނޑިތަކާއި، ސާފު މޫދެވެ. ދެން މި ރާއްޖޭގެ މޫސުމެވެ. މޫދުގައި ދިރިއުޅޭ ތަކެތީގެ ނަސްލުތައް ފެންނަނީ ފީނައިގެން، ނުވަތަ ރަށާ ދުރަށް ދަތުރުކޮށްގެންނެވެ. ރަށެއްގެ ގޮނޑުދޮށުން ދިރޭ އެއްޗެއް ފެނުމަކީ މިހާރު ނާދިރުކަމެކެވެ. ވަރަށް މަދު ރިސޯޓެއްގައި، އެ ރިސޯޓު ހިންގާ ބިދޭސީ ކުންފުނިން ކުރާ މިންނެތް މަސައްކަތުން ވެލާ ކަހަނބާއި މަޑި ފަދަ ދިރުންތައް ރަށުގެ ގޮނޑުދޮށަށް ކައިރިކުރެވި، އެމަންޒަރު ފަތުރުވެރިންނަށް ދައްކާލަ އެވެ. އެ ހިތްހަމަޖެހުން ލިބޭނީ ވަރަށް މަދު ރިސޯޓަކުންނެވެ.

ރާއްޖެއަށް ފަސް ދުވަހުގެ ދަތުރެއްގައި އަންނަ ފަތުރުވެރިޔާ ކުރާން އޮތް ހަމައެކަނި ކަމަކީ ގޮނޑުދޮށުގައި އޮވެގެން ފޮތެއް ކިޔާލައި، މޫދަށް އެރުންކަމަށް ވީމާ، ރާއްޖެއަކީ އެންމެ ކަމުދާ މަންޒިލަކަށް ނުވެ އެވެ. ދޮންވެލި ތުނޑިތަކާއި، ސާފު މޫދަކީ ރާއްޖެއަށް ހާއްސަ ގުދުރަތީ އަޖައިބެއް ނޫނެވެ. މި ފޮޓޯއަށް ބައްލަވާށެވެ.

ބޯރާ-ބޯރާގެ ރިސޯޓެއްގެ ވޯޓާވިލާގައި ދެ ފަތުރުވެރިއަކު މަޑުކޮށްލައިގެން: އެއީ ރާއްޖެ ފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ގައުމެއް -- ފޮޓޯ: ޓަހިޓީޑޮޓްކޮމް

މި ފޮޓޯއިން އެ ފެންނަނީ ރާއްޖޭގެ މަންޒަރެއް ނޫނެވެ. އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު، ބޯރާ-ބޯރާ ގެ ރިސޯޓެކެވެ. ރީތި ދޮންވެލި ތުނޑިތަކާއި، ސާފު މޫދު އެބައޮތެވެ. އާންމު ފިނިހޫނުމިނަކީ 25 ޑިގްރީ އާއި 30 ޑިގްރީއާ ދެމެދެވެ. އެ ހިތްގައިމުކަމަށް އިތުރު ފުރިހަމަކަން ގެނައުމަށް ފަރުބަދަތައް އެބަހުއްޓެވެ. ގުދުރަތީ ދިރުންތަކުން މުއްސަނދި ރަށެކެވެ. މަތީ ފަންތީގެ ފަތުރުވެރިކަމަށް ހޭދަކުރަންޖެހޭ މިންވަރު ރާއްޖެއާ އަޅާބަލާއިރު ނިސްބަތުން ދަށެވެ. ކުރުކޮށް ދަންނަވާ ނަމަ، ބޯރާބޯރާއަކީ ރާއްޖެއިން ފެންނަ ރީތިކަން ލިބި އޮވެފައި، ގުދުރަތީ ދިރުންތަކުންނާއި ވަސީލަތުގެ ގޮތުން ބަލާއިރު ރާއްޖެއަށްވުރެ މުއްސަނދި ވެއްޓެކެވެ. ހިތަށް ތަދުވެއްޖެ ދޯ އެވެ. 'ދުނިޔެމަތީގެ ސުވަރުގެ' ކަމަށް އަޅުގަނޑުމެން މިކިޔާ ކަހަލަ އެތައް 'ސުވަރުގެ' އެއް ހަގީގަތުގައި ދުނިޔޭގައި އެބަ ވެ އެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރު އެ ދެއްކީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ މަދު ވާހަކައެކެވެ. އަޅުގަނޑު ނަމަ ފަށާނީ ރާއްޖޭގެ އެއަރޕޯޓުގެ ނިކަމެތިކަމުގެ ވާހަކައިންނެވެ. އެ ކުޑަކުޑަ އެރައިވަލް ޓާމިނަލްގައި ފިތި ބާރުވެގެން ތިބެންޖެހޭ ތިބުމާއި އެއާޕޯޓުގެ ވަސީލަތްތައް މަދުކަމަކީ ރާއްޖެ ކަހަލަ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމަކަށް ލަދުހުތުރު ކަމެކެވެ. އެއާޕޯޓުން ބޭރަށް ނިކުންނަ ވަގުތުން ފެށިގެން ބަލާލި ކޮންމެ ދިމާއަކުން ފެންނާނީ ކުންޏެވެ. ލަންކާގެ ޓޫރިޒަމް މިނިސްޓަރު މިވާހަކައެއްވެސް ނުބުނެ އެވެ.

ތާރީހީ ތަރިކަތައް ރާއްޖޭގައި މަދެވެ. ކަޅުވަކަރު މިސްކިތާއި ހުކުރުމިސްކިތްފަދަ ބައެއް ބިނާތައް ދައްކާލެވޭއިރު، ހެރިޓޭޖަށް ރާއްޖެއިން ކޮށްފައިހުރި އިންވެސްޓްމަންޓެއް ފެންނާކަށް ނެތެވެ. ރާއްޖޭގެ މުއްސަނދި ތާރީހަކީ ރާއްޖެ ޒިޔާރަތްކުރާ މެހެމާނުންނަށް ދައްކާލެވެން އޮތް އެއްޗެއް ނޫނެވެ. އެ ވަސީލަތް ނެތްއިރު، އެ މައުލޫމާތު ހުރި މީހުންވެސް މަދެވެ.

ފަތުރުވެރިންނަށް ކަމުދާނޭ ފަދަ، ރާއްޖެއަށް އެކަނި ހާއްސަ ކެއުމެއް ނެތެވެ. ގަރުދިޔަ އާއި ބަތާއި ލޮނު މިރުސް އެހުރީ ނޫންހޭ ނުބުނައްޗެވެ. އެއްކަމަކަށް ހަނޑުލަކީ ރާއްޖޭގައި ހެއްދޭ، ރާއްޖޭގެ ކެއުމެއް ނޫނެވެ. ގަރުދިޔައަކީ އެ ފަތުރުވެރިންގެ 'ފިޝް ސޫޕް' އެވެ. އެމީހުންނަށް އާ އެއްޗެއް ނޫނެވެ. ލޮނުމިރުހަކީ އެވެރިންނަށް ހަޖަމުކުރެވޭ އެއްޗެއް ނޫނެވެ. ބިދޭސީ ދޫތަކަށް ހެޔޮވަރުވާނޭފަދަ ރަހައެއް ރާއްޖޭގައި ނެތެވެ. ހުރިނަމަ އެއީ ރާއްޖޭގެ ޕްރޮޑަކްޓެއްގެ ގޮތުގައި މަޝްހޫރުވެފައެއް ނެތެވެ.

ރާއްޖޭގެ ޓޫރިޒަމަށް އިތުރު ޕްރޮޑަކްޓުތައް ބޭނުންވެ އެވެ. ދޮންވެލި ގޮނޑުދޮށްތަކާއި ސާފު މޫދަކީ ދުނިޔެ އަބަދަށް ޓޫރިސްޓުންނަށް ވިއްކާނޭ ހަމައެކަނި ޕްރޮޑަކްޓަށް ވެގެން ޓޫރިޒަމްގެ ނަފާ އިތުރުކުރެވޭކަށް ނެތެވެ. ދިވެހި ރާއްޖެއިން މެނުވީ ނުކިޔާނޭ މަރުހަބާގެ ވައްޓަފާޅިއެއް ތައާރަފްކުރެވިދާނެ އެވެ. މޫދުން ކުނި ނުފެންނާނޭ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ހެދިދާނެ އެވެ. ކަނޑުގެ ދިރުންތައް މިނިވަންކަމާއެކު އުޅެ، ބިރެއްނެތި އިންސާނުންނަށް ފެންނަ ހިސާބު، ގޮނޑުދޮށްތަކާ ކައިރިވެ އުޅޭތަން ދެކިލަން ލިބޭނޭ ހަމައެކަނި ގައުމަކީ ރާއްޖެކަމަށް ހެދިދާނެ އެވެ. ރާއްޖޭގެ ފޯކްލޯރުތަކާއި ރާއްޖޭގެ ތާރީހުގައި ހަގީގީ މާނައިގައި ފޮރުވިފައިވާ އިބުރަތްތަކާއި އެ ވާހަކަތަކުގެ އަސަރަކީ ފަތުރުވެރިން ޝައުގުވެރިވާ އެއްޗަކަށް ހެދިދާނެ އެވެ.

މި ބުނެވުނު ކަންކަން ހާސިލުކުރުމަށް އަޅުގަނޑުމެންގެ ރާއްޖެއިން ކުރާ އެކަށީގެންވާ މަސައްކަތެއް ނެތެވެ. ފަތުރުވެރިކަމަކީ އިގްތިސާދުގެ ރަންބިސް އަޅާ ކުކުޅުކަން އެނގެ އެވެ. އެކަން އިތުރަށް މުއްސަނދިކުރުމަށް ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރަނީ ކޮން ކަމެއްތޯ ވިސްނަވާށެވެ. ފަރުދީ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރާ ޒިންމާއަކީ ކޮބައިތޯ ވިސްނަވާށެވެ. މީހަކު ހަމަ އެއްޗެކޭ ބުނާއިރާއަށް ކުކުޅު ބަނޑުދޮޑުން ފިޔޮއް ދަމައިގަތީމާ އުޅޭހެން އުޅުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އަމިއްލަ ހާލަތާމެދުވެސް ހިނދުކޮޅަކު ވިސްނާލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް، އޭނާ ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް ބެލެވޭ ނިކުމަރޯރޯ ރަށަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ދަތުރެއް ފަށައިފިއެވެ. މި މިޝަންގެ މަގްސަދަކީ ސެޓެލައިޓް ފޮޓޯތަކުން ފެނުނު ބައިތަކަކީ އިއާހާޓްގެ ބޯޓުގެ ބައިތައްކަން ކަށަވަރުކޮށް، 20 ވަނަ ގަރުނުގެ އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުމެވެ.

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

Newsletter

Get the latest news delivered straight to your inbox