މަޖިލީހުގެ ރިޔާސަތު އިޝާރާތުގެ ބަހުން ގެންދެވޭނެކަމުގެ އުންމީދު ނަޝީދަށް އެބައޮތް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ވިދާޅުވީ އިޝާރާތުގެ ބަހުން ރިޔާސަތު ގެންދެވިދާނެ ކަމަށް-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ވިދާޅުވީ އިޝާރާތުގެ ބަހުން ރިޔާސަތު ގެންދެވިދާނެ ކަމަށް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އިޝާރާތުން ގެންދިއުމަކީ އަމާޒަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އިޝާރާތް ބަސް ދަސްކޮށްދިނުމުގެ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހަމައެކަނި އިޝާރާތުން ބަލާ މީހުން އުޅޭ ކަމަށާއި އެ ބަސް އެމަނިކުފާނު ވެސް ދަސްކުރަން ޖެހިފައިވާ ކަމަށެވެ.

"ރިޔާސަތު އެ ބަހުން އިޝާރާތުން ބެލެހެއްޓޭނެ ކަމަކަށް އަޅުގަނޑަކަށް ނުދެންނެވޭނެ، އެހެންނަމަވެސް އެއީ އަމާޒަކަށް ނުވާންވީ ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު އިޝާރާތުގެ ބަހުން ޖަލްސާތައް ކިޔައިދެނީ މަރިޔަމް ފަޒްނީ އެވެ.

މަޖިލީހުން ތަޅުން ބެލެހެއްޓުމާއި ހިނގަމުން އަންނަ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އިތުރު މީހުން ތަމްރީނުކޮށް، "މަރްޔަމްއަށް ވެސް ލުޔެއް ދޭން" ޖެހޭ ކަމަށެވެ.

އަދި، އެ ބަހުން ވާހަކަ ދައްކާނެ ގިނަ ބަޔަކު ތަމްރީނު ކުރުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ 10 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަން ފާހަގަކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ތަންފީޒު ކުރެވޭ ކޮންމެ ސިޔާސަތެއްގެ އިތުރުން ހިންގޭ ހަރަކާތްތަކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިކުރުމަކީ އަމާޒަކަށް ހަދަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox