ގްރެފިޓީތައް ފުހެ މާލޭގެ ފާރުތައް ސިޓީ ކައުންސިލުން ސާފުކުރަނީ

ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މާލޭގެ ފާރުތަކުގައި ހުރި އާންމު މިންގަޑާ ހިލާފު ލިޔުންތައް ފުހެނީ - ފޮޓޯ: ސިޓީ ކައުންސިލް

ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މާލޭގެ ފާރުތަކުގައި ހުރި އާންމު މިންގަޑާ ހިލާފު ލިޔުންތައް ފުހެނީ - ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މަގުތަކާ ގޯޅިތަކުގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުހެ ސާފުކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފުލުހުންނާއި ގުޅިގެން އަނެއްކާ ވެސް ފަށައިފި އެވެ.

އެގޮތުން، ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ފާރުތަކުގައި ހުރި ލިޔުންތަކާއި ކުރެހުންތަކުގެ މަތީގައި ކުލަލާ ފުހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ އިތުރު ތަފުސީލެއް ދެ އިދާރާއިންވެސް މިހާތަނަށް ދީފައެއް ނުވެ އެވެ.

ގްރެފިޓީތައް ފުހުމުގެ މަސަައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ އިރު، އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންތައްތައް ފުލުހުން ބަލަަހައްޓަ އެވެ.

މާލޭގެ މަގުތަކާއި ހަނިގޯޅިތަކުގައި ވަރަށް ގިނަ ގްރެފިޓީތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ގޭންްގްތަކުގެ ގްރެފިޓީތައް ކަމަށް ބެލެވޭ ގްރެފިޓީއާއި ސިޔާސީ ގްރެފިޓީ ވެސް ހިމެނެ އެވެ.

މިފަދައިން ހުންނަ ކުރެހުންތަކާއި ލިޔުންތައް ފުހުމަކީ ފުލުހުން އާންމުކޮށް ހިންގާ މަސައްކަތެކެވެ. އެގޮތުން އާންމުކޮށް މާލޭގައި އޮންނަ ގޭންގުތަށް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ހުންނަ ލިޔުންތަކާއި ކުރެހުންތައް ފުހުމުގެ މަސައްކަތް ފުލުހުން މީގެ ކުރިންވެސް ވަނީ ކޮށްފަ އެވެ.

މި ފަހުން މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ފުލުހުން ވަނީ ހަތަރު ގޭންގަކާއި ދެކޮޅަށް އޮޕަރޭޝަނެއް ހިންގާ 20 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox