ބަހުސްގައި ބައިވެރިވާ ކަމަށް ނަޝީދު ގަބޫލެއް ނުކުރައްވާ؛ "އަނގައި ބުނެލުމަކީ ބަހުސް ކުރުމެއް ނޫން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ވިދާޅުވީ އެމަނިކުފާނު ބަހުސްގައި ބައިވެރިނުވާ ކަމަށް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ވިދާޅުވީ އެމަނިކުފާނު ބަހުސްގައި ބައިވެރިނުވާ ކަމަށް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ތަޅުމުގައި ހިނގަމުންދާ ބަހުސްގައި ބައިވެރިވާ ކަމަށް ބުނާ ވާހަކައަށް އެމަނިކުފާނު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދެ ވަނަ މާއްދާގައިވާ ގޮތުގައި މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި މަޖިލީހުގެ ރައީސް ބައިވެރިވެ، ހިޔާލުފާޅުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައި ހައްލު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިވާ މައްސަލަ ހިމެނޭ ކަމަށެވެ.

"މަޖިލީހުގެ ރައީސަށް ބަހުސްގައި ބައިވެރިވެވޭނެ ގޮތަށް ގަަވައިދު ބަދަލުކުރުމަކީ ވެސް މައްސަލައެއް ނޫން، އެހެންނަމަވެސް ގަވައިދުގައި މިހެން އޮވެ އެގޮތަށް ކަން ކުރައްވަންޏާ އެ ދަނީ އެންމެ ރަނގަޅަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަބްދުﷲ ޝަފީގުގެ ވާހަކައަށް ފަހު، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ގަވައިދުގައި މަޖިލީހުގެ ރައީސްގެ ހިޔާލާއި މަޝްވަރާއާއި ލަފާ ދެވޭނެ ކަމަށް އޮންނަ ކަމަށެވެ.

"އަޅުގަނޑަށް އެއްވެސް ދުވަހެއްގައި ފާހަގައެއް ނުވޭ އަޅުގަނޑު ބަހުސެއްގައި ބައިވެރިވާތަނެއް، އަނގައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުން ކަމަށް އަޅުގަނޑު ހިތުން ދެކުން އެއީ ރަނގަޅު ގޮތަކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

titledesc

ނަޝީދު ވިދާޅުވީ ގިނަ ފަހަރަށް އެ ގޮތަށް ހިޔާލެއް ހިއްސާ ކުރައްވާފައި ހުންނާނީ ތާރީހީ ނަޒަރަކުން ކަމަށާއި އެއީ ބަހުސާ އެއްގޮތަކަށް ވެސް ގުޅުން ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި ރިޔާސަތަށް ނުރުހޭ މެންބަރުން ތިއްބެވި ނަމަވެސް އަބަދުވެސް މަސައްކަތް ކުރައްވާނީ މަޖިލީހުގެ އަސާސްތައް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމަށް ކަމަށް ވިދާޅުވި އެވެ.

"އެކަންކަމަށް މަގުފަހި ކުރުވާއިރު އަޅުގަނޑު އެއްޗެތި ބުނާނެ، އެހެންނަމަވެސް އިއްޒަތްތެރި މެންބަރުން ބައްލަވާލައިފިނަމަ އެއީ އަޅުގަނޑު ބަހުސްގައި ބައިވެރިވެ ދައްކާ ވާހަކައެއް ނޫން ކަން ސާފުވެވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox