ހުލާސާކޮށް އިއްޔެ: ލޯފަން މީހުންނަށް ވޯޓު ލެވޭ ގޮތް ހެދުން

Feb 28, 2023, 1:28 AM
2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ. -- ފޮޓޯ: އަދަދު

2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ. -- ފޮޓޯ: އަދަދު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި އެ މީހަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ލުމުގެ ފުރުސަތު ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ފަހިކޮށްދިނުމަށް، ވޯޓު ކަރުދާހުގެ (ބެލޮޓު ޕޭޕާ) ޓެމްޕުލޭޓު ތައާރަފު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި ކަމަށް ރިޕޯޓު ކުރީ އިއްޔެ އެވެ.

ބެލޮޓް ޕޭޕާ ޓެމްޕުލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލުން ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ބޭނުން ކުރާ އެ ޓެމްޕުލޭޓުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާ ދިމާލުން ކެންޑުމެއް ހުންނާނެ އެވެ. އެ ކެންޑުންތައް ފަރުމާ ކޮށްފައި ހުންނާނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އަތްލައިގެން ނަންބަރު ދެނެގަނެވޭ ގޮތަށެވެ.

ބެލޮޓް ޕޭޕާ ޓެމްޕުލޭޓު ރާއްޖެއަށް އަލަށް ތައާރަފު ކުރުމުގެ މަސައްކަތް ފެށި ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެފަދަ ޓެމްޕުލޭޓުތައް ބޭނުން ކުރުމަށް އަދި ރަސްމީކޮށް ނިންމާފައި ނުވާ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް "އަދަދު" އަށް ވިދާޅުވި އެވެ.

"އަދި ރަސްމީކޮށެއް ނުނިންމަން ރިޔާސީ އިންތިހާބުގައި ބޭނުން ކުރާކަށް، އެކަމުގައި ގޮތެއް ނިންމާނީ އިންތިހާބުގެ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކުރުމަށްފަހު،" އޭނާ ވިދާޅުވި އެވެ.

އެފަދަ ނިންމުމެއް ނިންމުމަށް އެ ކޮމިޝަނުން މަސައްކަތް ފެށީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ.

އެ ބައްދަލުވުންތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނާ ހިއްސާ ކުރި ކަމަށް ހަބީބް ވިދާޅުވި އެވެ.

"އެ ބޭފުޅުން (ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް) އަޅުގަނޑުމެންނާ މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ބައްދަލުކޮށް ކަންބޮޑުވުން ފާޅު ކުރި، އެ ބޭފުޅުން ވެސް ބޭނުންވަނީ އެބޭފުޅުންގެ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމުގެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުންތަކަށްފަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތަކާއި ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް އަރުވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން މިއަހަރުގެ އިންތިހާބުގައި އެ ފަރާތްތަކަށް ވެސް ބޭނުންވާ މީހަކަށް އަމިއްލައަށް ވޯޓު ލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ވޯޓުލުމުގައި ކުރިމަތިވާ ތަކުލީފުތަކާ މެދު އެ ކޮމިޝަނުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމަށެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމެއް ކަމަށާއި ވޯޓުލުމުގެ ހައްގުތައް ހުރިހާ އެންމެންނަށް ހަމަހަމަކަމާ އެކު ކަށަވަރު ކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ. އެކަން ބަދަލު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާއިރު، އެކަމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގުރާމުތައް ވެސް ކުރިއަށް ގެންދިއުމަށް ވިސްނަވާ ކަމަށް ހަބީބް ވިދާޅުވި އެވެ.

"އިންތިހާބުތަކުގެ ގަވާއިދުތަކާއި އުސޫލުތަކަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ވޯޓު އެޑިއުކޭޝަން ޕްރޮގުރާމުތަކުގައި ވެސް އެފަދަ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އޭގެތެރޭގައި ރޭޑިއޯ، ޓީވީތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމުތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބެލޮޓް ޕޭޕާ ޓެމްޕުލޭޓު ބޭނުންކުރަން ނިންމާ ނަމަ، އެކަން ކުރާނީ ނުކުޅެދޭ މީހުންގެ ގައުމީ ދަފުތަރުގައި ރެޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތައް ވޯޓުލާން ދާ މަރުކަޒުތައް ދެނެގަނެގެން ކަމަށެވެ.

މިދިޔަ މަހު އިފުތިތާހު ކުރި އެ ދަފުތަރުގައި ރެޖިސްޓަރީ ވެވޭނީ ޑިޖިޓަލް ޕޯޓަލެއް މެދުވެރިކޮށެވެ. ރަށު ކައުންސިލްތަކަށް ވެސް އެ ދަފުތަރު އަދާހަމަ ކުރަމުން ގެންދެވޭނެ އެވެ.

ދެލައްކަ އަށްޑިހަހާސް މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ލަފާ ކޮށްފަ އެވެ.

އެހެންނަމަވެސް ރީ-ރެޖިސްޓްރޭޝަނަށްފަހު އެ އަދަދު އެއަށްވުރެ އިތުރުވެސް ވެދާނެ ކަމަށް މީގެ ކުރިން އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު ނުވައެކެވެ.

މުހިއްމު ބައެއް ހަބަރު

  • މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3،000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަަޅައިފި އެވެ.
  • ނޭޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.
  • ވެންޓިލޭޓަރުތަކުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.
  • އަދާލަތު ޕާޓީއާއި ޖަމީއަތުއް ސަލަފާ ދެމެދު އޮތް ތަފާތަކީ ސިޔާސީ ކަމެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސިފަކުރައްވައިފި އެވެ.
  • ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއިން ބާކީ ނުދައްކާ ހުރި ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ދުވަހު ކޯޓޭޝަން

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 52 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ

އަޅުގަނޑުމެން ކުރަންވީ ކަމަކީ އަދުލުވެރި، ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަ އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ދުނިޔެއެއް ބައްޓަންކުރުމަށް އަހުދުވުން،"

ދުވަހުގެ ފޮޓޯ

ފޯނޭޝަންސް ކަޕްގެ ފައިނަލްގައި ސިންގަޕޫރާއި ރާއްޖެ ރޭ ކުޅުނު މެޗު، ތިން ސެޓް، ދެ ސެޓުން ބަލިވި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ފޯނޭޝަންސް ކަޕްގެ ފައިނަލްގައި ސިންގަޕޫރާއި ރާއްޖެ ރޭ ކުޅުނު މެޗު، ތިން ސެޓް، ދެ ސެޓުން ބަލިވި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފޯނޭޝަންސް ކަޕްގެ ފައިނަލްގައި ސިންގަޕޫރާއި ރާއްޖެ ރޭ ކުޅުނު މެޗު، ތިން ސެޓް، ދެ ސެޓުން ބަލިވި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox