ހުލާސާކޮށް އިއްޔެ: ޖޭޕީގެ ކޮންގްރެސް ބޭއްވުން

Feb 26, 2023, 3:53 AM
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެ ޕާޓީގެ ކޮންގްރެސްގައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެ ޕާޓީގެ ކޮންގްރެސްގައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުތައް ގެނައުމަށާއި، މަގާމުތަކަށް މީހުން އިންތިހާބު ކުރަން ޕާޓީގެ ކޮންގްރެސް ބޭއްވީ މި ހަފުތާ ބަންދުގަ އެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ކޮންގްރެސްގައި އެހެން ފަރާތަކާ ވާދަކުރުމެއް ނެތި ޕާޓީގެ ލީޑަރަކަށް ހޮވިވަޑައިގެންނެވީ، އެ ޕާޓީ އުފެއްދެވި ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެވެ.

ވާދަވެރިކަން ބޮޑުވި ނައިބު ލީޑަރުގެ މަގާމަށް ވާދަ ކުރެއްވި 12 ބޭފުޅުންގެ ތެރެއިން ހޮވިވަޑައިގެންނެވި ފަސް ބޭފުޅުންނަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު. ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް، ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު އެވެ.

ގާތްގަނޑަކަށް 680 މަންދޫބުން ބައިވެރިވި ކޮންގްރެސްގައި ރޭ ވަނީ ހާއްސަ ގަރާރެއް ފާސްކޮށްފަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ކައުންސިލަށް ލަފާދޭ އެ ގަރާރު ފާސްވެގެން ދިޔައީ އިއްތިފާގުންނެވެ.

މިހާރު ހިނގަމުންދާ އެމްޑީޕީގެ ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން ފާސްކުރި އެ ގަރާރާމެދު ޕާޓީގެ ކައުންސިލުން ގޮތެއް ނިންމާނެ އެވެ. އޭގެ ކުރިން އެ ގަރާރަށް އަމަލުކުރުން ލާޒިމެއް ނުވާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށެވެ.

ގަރާރަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވަން އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

  • ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަން އެ ޕާޓީގެ ކޮންގްރެސް އިން ލަފާ ދީފި އެވެ.
  • ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭހެން ފަސް ބޭފުޅަކު އިންތިހާބުކޮށްފި އެވެ.
  • ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން ބަދަލެއް ނައިސް ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވި އެވެ.
  • މި ފަހުން މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހުރި ކެފޭއަކަށް ގެއްލުންދިން މައްސަލަ ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ކަމަށާއި އެ މައްސަލަތަކާ ގުޅޭ 16 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

  • އަތަށް "ފެންފައިވާނެއް" ލައްވައިގެން ގޯލުގައި ހުރެ ފިރިހެން ކުދިން ޖަހާ ބޯޅަތައް މަތަކުރަން އުޅެމުން ގޮސް ގޯލްކީޕަރަކަށް ކުޅެން ފެށި އާމިނަތު ޝިޔާނާގެ ހަޔާތުގެ އެންމެ މުހިންމު އެއް ބައިވެރިއަކީ އޭރުވެސް މިހާރުވެސް ފުޓްބޯޅަ އެވެ. ފުޓްބޯޅަ އަށް ޝައުގުވެރިކަން ނުހުންނަ ދުވަހެއް އޭނާ ހަނދާނެއް ނެތެވެ. އެފްއޭއެމުން ކުރިއަށްގެންދިޔަ މުބާރާތެއްގައި އުމުރުން އެންމެ 14 އަހަރުގައި ފުޓްބޯޅަ ކުޅެން ފެށި ޝިޔާނާގެ ފުޓްބޯޅަ ހަޔާތް ހުއްޓުނީ ކައިވެންޏާ އެކު އާއިލީ ޒިންމާތައް ބޮޑުވި ހިސާބުންނެވެ.

ދުވަހުގެ ކޯޓޭޝަން

މާލޭގައި ހިންގަމުންދާ މާރާމާރީތަކާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ؛

ރައްޔިތުންގެ އެއްބާރުލުން ލިބިގެން ނޫނީ އެކި ނަންނަން ކިޔައިގެން ނުރައްކާތެރި މާރާމާރީ އާއި ހަމަލަދޭ މިމީސް މީހުންނާމެދު ފިޔަވަޅުތައް އަޅަން ދަތިވާނެ. މަގުމަތީގެ އަދަބު އަހުލާގާއި، އާންމު އިޖުތިމާއީ މިންގަޑުން ބޭރުވާ އަމަލުތަކާއި، މާރާމާރީ އަށްވާފަދަ ޝައްކުކުރެވޭ އަމަލުތައް ފުލުހުންނަށް ރިޕޯޓުކުރަން އިލްތިމާސް ކުރަން,"

ދުވަހުގެ ފޮޓޯ

ހަފުތާ ބަންދުގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ނެގި ވޯޓުތައް ރޭ ގުނަމުންދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ހަފުތާ ބަންދުގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ނެގި ވޯޓުތައް ރޭ ގުނަމުންދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހަފުތާ ބަންދުގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ނެގި ވޯޓުތައް ރޭ ގުނަމުންދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox