ހުލާސާކޮށް އިއްޔެ: ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރުކުރަން އެމްޑީއޭއިން ކޯލިޝަން ހެދުން

Feb 25, 2023, 1:14 AM
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބްރުއަރީ 6 ގައި ބޭއްވި ޖަލްސާއަށް ރައީސް ސޯލިހު ވަޑައިގެން، އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބްރުއަރީ 6 ގައި ބޭއްވި ޖަލްސާއަށް ރައީސް ސޯލިހު ވަޑައިގެން، އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިއްޔެ ނިންމި އެވެ.

މިއީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމި ދެ ވަނަ ޕާޓީއެވެ. އަދާލަތު ޕާޓީން ވެސް ވަނީ މިހާރު އޮތް ކޯލިޝަން ދެމެހެއްޓުމަށްޓަކައި އެމްޑީޕީއާއެކު 2023 އަށް އެކުގައި ނުކުތުމަށް ނިންމައިފަ އެވެ.

މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން އެމްޑީޕީއާއެކު 2023 ގައި އެއް ކޯލިޝަނެއްގެ ގޮތުގައި ނުކުތުމަށް މިހާރު އޮތް ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި، ދިވެހިރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށް އެ ޕާޓީން ބުނެ އެވެ.

"ދިވެހިރާއްޖޭގެ ޕޮލިޓިކަލް ސްޓެބިލިޓީ ގާއިމް ކުރުމަށް ޓަކައި އެމްޑީއޭގެ ކައުންސިލް މީޓިން އިން މިއަދު ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް،" އެ ޕާޓީން ބުނެފައިވެ އެވެ.

އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ކުރިން ވަނީ އެމްޑީޕީއާއި ޕީޕީއެމްއާއެކުގައި ވެސް ކޯލިޝަންގެ މަޝްވަރާތައް ކޮށްފަ އެވެ. ޕީޕީއެމްގެ މަޝްވަރާތަކަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެދުމުގެ މަތީން ކުރި މަޝްވަރާ އެކެވެ.

އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގަ އެވެ. އަދި، 2014 ގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވާދަކުރީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ އިންތިހާބުގައި އެޕާޓީއިން އެއްވެސް ކެނޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.

މުހިންމު ބައެއް ހަބަރު

  • އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް މީދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން މިއަދު ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން އެކަމަށް މަރުހަބާ ކިޔެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސްއިން ހެދި ކޯލިޝަން އެއްބަސްވުމުގެ ދަށުން އެ ޕާޓީއަށް ލިބެން ޖެހޭ 10 ޕަސެންޓު ވެސް ނުލިބޭ ކަމަށް ބުނެފި އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރިމަތިލާން ޖެހުނު "ހިތްދަތި" ހަނދާންތައް އާ ކުރައްވައި، އެ ދުވަސްވަރު އެންމެ ގާތުން އެހީތެރިވެދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޝުކުރު އަދާކުރެއްވި އެވެ.
  • ކޮންމެ ބަޔަކު ވެސް ވެރިކަމަށް އަންނަނީ ޖުމްހޫރީ ޕާޓީއާއެކުގައި ނަމަވެސް ވެރިކަން ހިންގުމުގައި އެ ޕާޓީ ބައިވެރި ނުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
  • މޫނު ނިވާ ކޮށްގެން ތިބި ދެ މީހަކު ހުޅުމާލޭގައި ހުރި ކެފޭއަކަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
  • މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭ މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލައިފި އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމާއި އިސްލާހީ މަސައްކަތްތަކުގައި އޭނާ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި އެކަންކަމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާކަން ފާހަގަ ކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ،

ރައީސް ނަޝީދާއި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތެއް މި ކަމުގައި ކޮށް ވަރަށް ބޮޑެތި އަނިޔާ އާއި ވޭން ވަރަށް ބޮޑެތި ނިކަމެތިކަމާއި އިހުސާސްތައް ލިބިފައިވާ ދެ ބޭފުޅުން،"

ދުވަހުގެ ފޮޓޯ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު. -- ފޮޓޯ: ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު. -- ފޮޓޯ: ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު. -- ފޮޓޯ: ޖުމްހޫރީ ޕާޓީ

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox