މާޒީގެ ހިތްދަތި ހަނދާންތަކާއެކު ގާސިމްގެ ޝުކުރު ނަޝީދަށް

ޖޭޕީ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އެކުގައި: ގާސިމް ވަނީ ނަޝީދަށް ވަރަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައި---

ޖޭޕީ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އެކުގައި: ގާސިމް ވަނީ ނަޝީދަށް ވަރަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައި---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރިމަތިލާން ޖެހުނު "ހިތްދަތި" ހަނދާންތައް އާ ކުރައްވައި، އެ ދުވަސްވަރު އެންމެ ގާތުން އެހީތެރިވެދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޝުކުރު އަދާކުރައްވައިފި އެވެ.

ދަރުބާރުގޭގައި މިހާރު ފެށިގެން ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ މަޝްރަހުގައި އެކިއެކި ބޭފުޅުންގެ ފަރާތުން އަނިޔާވެރިކަން ކުރިމަތިވި ކަމަށެވެ.

"ސިޔާސީ މަސައްކަތްތަކުގައި އުޅޭއިރު، ބޮޑެތި ކޮޅިގަނޑުތަކާއި ދިމާވާނެ، ހިތަށް ވެސް ނާރާހާ ކަންކަން އަޅުގަނޑަށްވެސް ވަނީ ކުރިމަތިވެފައި،" ގާސިމް ވިދާޅުވި އެވެ.

އެ ދުވަސްތަކުގެ ވާހަކަ ތާރީހަށް ޓަކައި ވެސް ދައްކަން ޖެހޭ ކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެ ދުވަސްވަރު އެކި ބާވަތްތަކުގެ ހުކުމްތަކާއި ބޮޑެތި އަދަބުތައް ސިޔާސީ ލީޑަރުންނާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"ސިޔާސީ ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށްފައި ނުވަތަ ރާއްޖެއިން ބޭރުގައި ނޫނީ ޖަލުގެ ގޮޅިތަކުގައި،" ގާސިމް ވިދާޅުވި އެވެ.

ސިޔާސީ މައްސަލައެއްގެ ތަހުގީގަށް ކަމަށް ބުނެ ގާސިމަށް ވެސް ހުންނަވަން ޖެހުނީ އެތައް ފަހަރެއްގެ މަތީން ދޫނިދޫ ޖަލުގައި ކަމަށާއި އޭގެ ތެރެއިން ލިބުނު އަނިޔާއެއްގައި ފަރުވާ ދެނިކޮށް، އިއްވި "ގައިރު ގާނޫނީ ހުކުމެއްގެ" ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ޖެހުނު ކަމަށް ގާސިމް ވިދާޅުވި އެވެ.

"އޭގެ ފަހުން ޕާސްޕޯޓެއް ނެތް، އަޅުގަނޑަކީ ރަށް މެދަށް ދޫވެފައި ހުރި ދިވެއްސެއް، އަޅުގަނޑުމެންނަށް އެއްވެސް ގޮތެއް ނެތް، އޭރު ޑޮކްޓަރުންނާއި އެއާލައިންތަކުން ކެރީ ނުކުރާނެ ކަަމަށާއި ލިޔެކިޔުންތައް ހުށަހެޅިޔަސް ސަރުކާރުން ބަލައިނުގަންނާނެ ކަމަށް،" އެ ދުވަހުގެ ހަނދާންތައް ހިއްސާކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގޮތް ހުސްވެފައި ވަނިކޮށް އެ ދުވަހު އެންމެ ގާތުން އެހީވި ބޭފުޅަކީ ނަޝީދު ކަމަށެވެ. އެއްވެސް ލިޔުމެއް ނެތި ހާއްސަ ހުއްދައެއްގެ ދަށުން ސިންގަޕޫރުގައި ހުރެވުނީ ނަޝީދުގެ ސަބަބުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު [ސިންގަޕޫރުން] ޖަރުމަނު ވިލާތަށް ދަތުރު ފެށުމަށް ޓަކައި މަސައްކަތް ކުރަނިކޮށް، މަނިކުފާނު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަން ލިބުނީ،" ނަޝީދަށް ޝުކުރު އަދާކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އަބަދުވެސް އިސްލާހަށް ކުރި މަސައްކަތުގައި "ބުރުމާ ގާސިމް" އާއި "ކެނެރީގޭ ނަޝީދު، އަންނި" ގެ މަސައްކަތް މުހިންމު ކަން ވެސް ފާހަގަކުރެއްވި އެވެ.

"ރައީސް ނަޝީދާއި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތެއް މި ކަމުގައި ކޮށް ވަރަށް ބޮޑެތި އަނިޔާ އާއި ވޭން ވަރަށް ބޮޑެތި ނިކަމެތިކަމާއި އިހުސާސްތައް ލިބިފައިވާ ދެ ބޭފުޅުން،" ލޮލުން ކަރުނަ ފޮހެލަމުން ގާސިމް އަސަރާއެކު ވިދާޅުވި އެވެ.

ގާސިމް، ނަޝީދަށް ތައުރީފް ކުރައްވައި ވާހަކަ ދެއްކެވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުންތަކުގެ ތެރެއިން ޖޭޕީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ.

ޖޭޕީން ސެޕްޓެމްބަރުގެ އިންތިހާބާ މެދު ވަކި ގޮތެއް މި މަހުގެ ތެރޭގައި ނިންމާނެ އެވެ. ވަކި ކެންޑިޑޭޓަކު ނެރުމާއި ކޯލިޝަނެއްގެ ތެރެއިން ނުކުންނާތޯއާ މެދު ގޮތެއް ނިންމާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގެންނެވި ނަޝީދު އަދިވެސް ތާއިދުކުރައްވާނެ ކެންޑިޑޭޓެއް ހާމަކުރައްވާފައި ނުވެ އެވެ. ނަޝީދު ވަނީ ގާސިމް، ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިވި އިރު އެ ޕާޓީގެ ލީޑަރު ޖަލު ބަންދުގައި ހުރުމާއެކު ޖޭޕީއިން ރިޔާސީ އިންތިހާބަށް ނުކުތީ އެމްޑީޕީއާއެކު ހެދި ކޯލިޝަނުގަ އެވެ.

ޖޭޕީން މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި އެވެ. އެ ދެ އަހަރު ވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވީ ގާސިމެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox