އެންދެރި މަޝްރޫއުގެ ދަށުން ލާމު އަތޮޅުގެ ނުވަ ރަށަކަށް މާލީ އެހީ

އެންދެރި މަޝްރޫއުގެ ސްމޯލް ގްރޭންޓު ހަވާލުކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: މިނިސްޓްރީ

އެންދެރި މަޝްރޫއުގެ ސްމޯލް ގްރޭންޓު ހަވާލުކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: މިނިސްޓްރީ

"އެންހޭންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް"، އެންދެރި މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ ރަށްތަކަށް ދޭ ކުދި މާލީ އެހީ ލިބޭ ނުވަ ރަށަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

"އެންދެރި" އަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރައުސްމާލު ވަޒަންކޮށް، މިވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭ ގޮތްތައް ކަނޑައަޅައި، މި ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި 2021 ވަނަ އަހަރު އެކުލަވާލަފައިވާ ޕްރޮގްރާމެކެވެ.

މިދިޔަ އަންގާރަ ދުވަހު ލ. އަތޮޅު ވެރިކަން ކުރާ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީ ލިބޭ ކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައިވަނީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުالله ނަސީރެވެ.

މި އެހީ ނުވަ ރަށެއްގެ މަދަނީ ޖަމިއްޔާ، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ސްކޫލަކަށް ލިބިފައިވާ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ބުނާ ގޮތުގައި ސްމޯލް ގްރާންޓްގެ މި ބުރުގައި ހުށަހަޅާފައިވާ މަސައްކަތްތައް ކުރުމަށް ޖުމްލަ 1.8 މިލިއަން ރުފިޔާ ހަވާލުކުރާނެ އެވެ.

އެހީ ދޫކޮށްފައިވާ ދާއިރާތައް:

  • ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރެދިނުން
  • ދިރޭތަކެތީގެ ނަސްލުތައް އާލާކުރުން
  • ސުކޫލުކުދިންގެ މެދުވެރިކޮށް ހިންގޭ ސިޓިޒެން ސައެންސް ދިރުންތަކުގެ މާހައުލު އިއާދަކުރުން
  • ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަން

އެންވައިރަމެންޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ލ. އަތޮޅުގެ މާހައުލީ ނިޒާމްތައް އިޔާދަކުރުމަށާއި، ވިލުން އިތުރުކުރުމަށް ބޭނުންވާނެ މައުލޫމާތާއި ޑޭޓާ މިޕްރޮޖެކްޓް ދަށުން ހޯދުމާއި، އީކޯ ސިސްޓަމް އެކައުންޓިން ސިސްޓަމެއް ގާއިމް ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން މި ޕްރޮޖެކްޓުގެ ދަށުން ފުރިހަމަވާނެ އެވެ.

އަދި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ޕޮލިސީތައް ތަންފީޒުކުރުމަށް އެހީވެދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ސްމޯލް ގްރާންޓުގެ އިތުރު ބުރެއް މި އަހަރު އިއުލާނު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox