އެމްޑީއޭއިން ނިންމީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރެ ކޯލިޝަން ހެދުމަށް

އެމްޑީއޭއިން ނިންމީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރެ ކޯލިޝަން ހެދުމަށް

މިއަހަރުގެ ރިޔާސީ އިންތިހާބަށް އެއްވެސް ކެންޑިޑޭޓަކު ނުނެރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފި އެވެ.

އެމްޑީއޭގެ ނައިބު ރައީސް، އަލީ މައުރޫފް "އަދަދު" ނޫހަށް ވިދާޅުވީ މިއަދު ބޭއްވި ހާއްސަ ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ފަރާތުން ނުކުންނާނީ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް, ކޯލިޝަން ހަދާނެ ވަކި ޕާޓީއެއް އަދި ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭއިން އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް ނިންމާފައި ވާއިރު، އިދިކޮޅު ޕީޕީއެމުން ވަނީ ކޯލިޝަން ހެދުމަށް އެދި އެޕާޓީއަށް ދައުވަތު ދީފަ އެވެ. އަނެއްކޮޅުން ރައީސް ސޯލިހު ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާ ބައްދަލުވެސް ކުރައްވާފަ އެވެ.

އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގަ އެވެ. އަދި، 2014 ގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވާދަކުރީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ފަސް ގޮނޑި ކާމިޔާބު ކުރި އެވެ.

އެއަށްފަހު ވެސް ޕީޕީއެމްއާ އެކު ތަފާތު އެކި މަސައްކަތްތައް ކުރުމަށްފަހު 2018 ވަނަ އިންތިހާބަށް ޕީޕީއެމްއިން ކުރިމަތިލީ އެމްޑީއޭގެ ތާއީދާ ނުލަ އެވެ. އެމްޑީއޭއިން އެ އިންތިހާބުގައި ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.

ރިޔާސީ އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައި ވާއިރު، ސަރުކާރު ހިންގާ ކޯލިޝަން ޕާޓުނަރު، އަދާލަތުން ވަނީ އެ ކޯލިޝަން ދަމަހައްޓައި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ އަނެއް ދެ ބައިވެރިން ކަމުގައިވާ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން އަދި ރިޔާސީ އިންތިހާބާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީން އިންތިހާބާ މެދު ގޮތެއް ނިންމާނީ މި ހަފުތާ ބަންދުގައި އޮންނަ ގައުމީ ކޮންގުރެސްގަ އެވެ.

ދެހާސްބާރަ ވަނަ އަހަރު ވުޖޫދު ކުރި އެމްޑީއޭއިން މިހައިތަނަށް އެއްވެސް އިންތިހާބަކަށް އެޕާޓީގެ ކެންޑިޑޭޓަކު ނެރެފައެއް ނުވެ އެވެ. މިއީ އެ ޕާޓީ ވުޖޫދު ކުރި ފަހުން ބާއްވާ ތިންވަނަ ރިޔާސީ އިންތިހާބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox