ސޯޝަލް މީޑީއާގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމު ކުރުން ޖިނާއީ ކުށަކަށް ހަދަނީ

ސައިބާކްރައިމް ކުށްތައް ކަނޑައަޅައިގެން އެކުލަވާލަފައިވާ ތިން ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި--

ސައިބާކްރައިމް ކުށްތައް ކަނޑައަޅައިގެން އެކުލަވާލަފައިވާ ތިން ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި--

އޮންލައިންކޮށް، އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި އާންމު ކުރުން ގާނޫނުލްއަގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ތިން ބިލެއް ހުށަހަޅައިފަ އެވެ. އެއީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.

މީގެ ތެރެއިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ އިންޓަނެޓު މެދުވެރިކޮށް ކުރަމުން އަންނަ އަމަލުތައް ކުށުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ބިލުގައި ބަޔާން ކުރާ މައިގަނޑު ކުށްތައް:

  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑާޓާއަށް ނުވަތަ ސިސްޓަމަކަށް އިންޓަފިއާވުން
  • ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން
  • ސައިބާވަޔަލަންސްގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ މައްސަލަތައް
  • ކޮޕީރައިޓާއި އެހެނިހެން ހައްގުތަކަށް އަރައިގަތުން

މީގެ ތެރެއިން ސައިބާ ވަޔަލަންސް ކުށްތަކުގެ ތެރޭގައި ވަނީ އޮންލައިން މެދުވެރިކޮށް، އޮރިޔާން ކާޑު ގެންގުޅުމާއި އާންމު ކުރުމަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފަ އެވެ.

މިގޮތުން ކޮމްޕިއުޓާ ސިސްޓަމް ބޭނުން ކޮށްގެން ހިންގާ ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުމުގެ އަމަލުތަކާއި ޖިންސީ އަމަލެއް ހިންގުމަށް ބިރު ދެއްކުމާއި މަޖުބޫރުކުރުވުމާއި ގެއްލުމެއް ދިނުމުގެ ނިޔަތުގައި އޮރިޔާން ކާޑު އާންމު ކުރުމުގެ އިތުރުން ސައިބާސްޓްރޯކް ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އެ ކުށްތަކަކީ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކުށްތަކެވެ.

މިއަދު ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ މިފަދަ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް ދީ، އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލު ކުރާނެ އިޖުރާއީ އުސޫލުތައް ވަނީ ހިމަނައިފަ އެވެ. އެގޮތުން:

  • ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑާޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތްތައް
  • ޓްރެފިކް ޑާޓާ ވަކި ވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތްތައް
  • ކޮމްޕިއުޓާ ޑޭޓާއާއި ސަބްސްކްރައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތްތައް
  • ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ބަލާ ފާސްކުރުމާއި ހިފެހެއްޓުމުގެ އިޖުރާއަތްތައް
  • ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމުގެ ހުއްދަތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox