ކެފޭ ތާސީރު މައްސަަލައިގައި މާލެ ސިޓީ ކައުންސިލުން ކޯޓަށް

ބޮޑުތަކުރުފާނު މަގުގައި ހިންގަމުން އަންްނަ ކެފޭ ތާސީރު -- ފޮޓޯ: ސޯޝަލް މީޑިއާ

ބޮޑުތަކުރުފާނު މަގުގައި ހިންގަމުން އަންްނަ ކެފޭ ތާސީރު -- ފޮޓޯ: ސޯޝަލް މީޑިއާ

ކެފޭ ތާސީރު ބަންދުކުރި މައްސަލައިގައި ޝަރީއަތަށް ދާން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޝަރީއަތަށް ދާން ނިންމާފައި ވަނީ އެތައް ފަހަރެއްގެ މަތިން އެތަން ހުސްކުރުމަށް ކެފޭ ހިންގާ ފަރާތަށް އެންގުމުން ވެސް އެންގުމާ އެއްގޮތަށް އެ ފަރާތުން އަމަލު ކޮށްފައި ނުވާތީ ކަމަށް މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު، މަރިޔަމް ޝިއުނާ ވިދާޅުވި އެވެ.

އެ ކެފޭ ބަންދު ކުރުމަށް ސިޓީ ކައުންސިލުން އަންގާފައި ވަނީ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެވެ. ކެފޭ ހިންގަމުން އަންނަނީ ވިލާ ގޭހުގެ ގުދަނާއި އިންވެގެން ކަމަށް ވާތީ އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމަށް މާލެސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވަނީ އޭރު ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ކެފޭ އެތަނުގައި ހިންގަމުން އަންނަނީ ވެސް އެގްރީމަންޓާ ހިލާފަށެވެ. އެ މައްސަލަ ކައުންސިލުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ވަނީ ކައުންސިލާ އެއްކޮޅަށް މައްސަލަ ވެސް ނިންމާފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުގައި ކެފޭ ދަނީ ހިންގަމުންނެވެ.

ކެފޭ ތާސީރު ހިންގަމުން އަންނަނީ މާލޭގައި މީގެ ކުރިން ފާޚާނާ ބަރިތައް ހިންގަމުން އައި ބިންތަކުގެ ތެރެއިން އެއްބިމުގަ އެވެ. އޭރުގެ މުނިސްޕަލްޓީން ބަލަހައްޓަމުން އައި އެ ފާޚާނާ ބަރިތައް އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްލީ 2010 ވަނަ އަހަރު އެވެ.

އޭގެފަހުން މިދިޔަ އަހަރު ސިޓީ ކައުންސިލުން ވަނީ ރަނގަޅަށް ނުބެލެއްހެއްޓޭ ކަމަށް ބުނެ އެތަންތަން ބަންދު ކުރުމަށް ނިންމައިފަ އެވެ. އޭގެތެރޭގައި ކެފޭ ތާސީރުގައި ހިންގަމުން އައި ފާޚާނާ ބަރިވެސް ހިމެނުނެވެ.

ސިޓީ ކައުންސިލުން ބުނީ ވަރަށް ފަހުން ވެސް އެ ކެފޭ ބަންދު ކުރުމަށް ކައުންސިލުން މަސައްކަތް ކުރުމުން އެކަމަށް އިޖާބަ ނުދީ، ކައުންސިލާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ކެފޭ ހިންގާ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ދަށު ކޯޓުން އެފަދަ އަމުރެއް ނެރެ ނުދިނުމުން އަނެއްކާ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދިވެސް އެ މައްސަލަ އޮތީ ކޯޓު މަރުހަލާގަ އެވެ.

ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ކެފޭ ތާސީރު ބަންދު ކުރުމަށް ސިޓީ ކައުންސިލުން އެ ކެފޭއަށް އެންގިފަހުން ވެސް މާލޭގެ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox