އާސިރު ފެނުމާ ހަމައަށް ކަން ހިނގިގޮތް ބެލުމަށް ތަހުގީގެއް

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު އާސިރު

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު އާސިރު

މިމަަހުގެ ހަތަރު ވަނަ ދުވަހުންް ފެށިގެން ގެއްލިގެން ހޯދަަމުން ދަނިކޮށް ބުރާާސްފަތި ދުވަހު ފެނުނު ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ފެނުމާ ހަމައަށް ކަންކަން ހިނގި ގޮތް ބެލުމަށް ތަހުގީގެއް ކުރިއަށް ގެންދާކަމަށް ފުލުހުން ބުނެފި އެވެ.

ބުރާސްފަތި ދުވަހުގެރޭ އާސިރު ފެނިފައި ވަނީ އެއާޕޯޓު ޓާމިނަލް ތެރެއިންނެވެ. އޭނާ ގެއްލިގެން ހޯދަމުން ދިޔަ މުއްދަތުގައި ފުލުހުން ވަނީ އާސިރު ޓެކްސީއެއްގައި ގޮސްް އެއާޕޯޓު ޓާމިނަލަށް ފޭބިކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން އޭނާ އެއްވެސް ތަނަކަށް ވައިގެމަގުންް ނުވަތަ ކަނޑުމަގުންްވެސް ފުރިކަން ހޯދިފައި ނުވާކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.

ފުލުހުން މީޑިއާތަކަަށް މިރޭ ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އާސިރު ގެއްލިގެން ފެނުމާ ހަމައަށް ކަންް ހިނގި ގޮތް ތަހުގީގުކުރަމުން އަންްނަ ކަމަށެވެ.

އާސިރު ހޯދުމުގެ މަސައްކަތް ކުރަމުންް ދަނިކޮށް އޭނާ ގެއްލުނުތާ 13 ވަނައަށް ވީ ދުވަހު އެއާޕޯޓު ތެރެއިން ފެނުނު ކަމަށް އިއުލާނުކުރި ނަމަވެސް އެކަމުގެ ތަފްްސީލެއް ފުލުހުން ހާމަކޮށްފައި ނުވުމުން ގިނަ މީޑިއާތަަކަކުންްް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާސިރު ހޯދިފައިވާއިރު އއ. މަތިވެރި މީހަކުވެސް ގެއްލިގެން ހޯދަމުން އެބަ ދެއެވެ. އެހެންް ނަމަވެސް އަދި އޭނާ ފެނިފައި ނުވާކަމަށް ރަށު ކައުންސިލާއި ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox