ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމާ ގުޅިގެން އެ ދެ ގައުމަށް އެހިވާން ރާއްޖޭގައި "އެއް އުންމަތެކޭ މީ" ނަމުގައި ފަންޑު ފޮށި ބަހައްޓައިގެން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މި ކެމްޕޭނަކީ އައިއޭސީ މޯލްޑިވްސް އާއި ރާއްޖޭގެ އެކި ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރާކާތުގެ ތެރެއިން ލިބުނު ބޮޑު އެހީއާ ގުޅިގެން އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "އެއް އުންމަތެކޭ މީ" ކެމްޕޭނަކީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރެއިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިގެން ކެމްޕޭން ކަމަށެވެ.













