މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މއ. އާހިޔާގުލްޝަން ގޭގައި ރީވި އަލިފާން ނިއްވާލުމަށް ފަޔާ އެންޑް ރެސްކިއު އިން އެޓެންޑުވަނީ -- ފޮޓޯ: އަދަދު

މއ. އާހިޔާގުލްޝަން ގޭގައި ރީވި އަލިފާން ނިއްވާލުމަށް ފަޔާ އެންޑް ރެސްކިއު އިން އެޓެންޑުވަނީ -- ފޮޓޯ: އަދަދު

ޗާންދަނީ މަގުގައި ހުންނަ ރެޑްބީ ފިހާރަ ކައިރީ ހުރި ގެއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މއ. އާހިޔާގުލްޝަން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށެވެ.

އާހިޔާގުލްޝަން ގްރައުންޑް ފުލޯގެ ޑީ ބޯޑްގައި ރޯވެ ހިނގި ހާދިސާ އަށް އެމްއެންޑީއެފުން އެޓެންޑުވި އިރު ވަނީ ނިއްވާލާފަ އެވެ. ނަމަވެސް ފުދޭވަރަކަށް ދުން ފެތުރިފައިވާތީ މުޅި ބިލްޑިން އެވަކުއޭޓް ކޮށްފައިވާ ކަމަށް އެމްއެންޑިއެފުން ބުނެ އެވެ.

އާހިޔާގުލްޝަން ގޭގެ މަތީ ފަންގިފިލައެއްގައި ދިރިއުޅޭ މީހަކު 'އަދަދު'އަށް މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވީ އެގޭގެ ސިޑި ދަށުގައި ހުރި ކަރަންޓު ބޯޑުން ސޯޓެއް ވެގެންނެވެ. އަދި ވަރަށް ބޮޑަށް އަލިފާން ރޯވި ކަމަށާއި، އެ ގޭގެ ތިން ވަނަ ފަންގިފިލާގައި ހުރެފައި ދޮރު ހުޅުވިއިރު ދުންގަނޑު ބޯކަމުން އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ބުނެފައި ވެއެވެ.

ގެއިން ނުކުމެވުނު ގޮތް ކިޔައިދެމުން އެ އަންހެން މީހާ ބުނީ، ދުންބޯކަމުން ނުފޭބި ގޭގައި ހުއްޓާ މީހަކު ގެޔަށް އެރުމުން އޭނައާއެކު ތިރިއަށް ފޭބީ ކަމަށެވެ.

އާލިޔާގުލްޝަން ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލަން އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމު މީހަކު 'އަދަދު'އަށް ބުނީ، އޭނާއަށް އެތަނަށް ދެވުނީ ހަޅޭއްލަވާ އަޑަށް ކަމަށާއި، އޭރު ކުނިތަކެއްގައި ރޯވެ އަލިފާންގަނޑު ފެތުރެން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ތިބި އެއްބަޔަކު އަލިފާން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރި އިރު، އަނެއް ބަޔަކު އުޅުނީ މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.

"ދެން ބޯޑަކަށް ނެތް [ފެން] ޖެހޭކަށް. އެއީ ފޯމު ކަހަލަ އެއްޗެއް ދެއްތޯ ކަރަންޓަށް ބޭނުން ކުރެވޭނީ. އަޅުގަނޑު ބެލީ މި ފިހާރައަކަށް ވަދެ ވެސް، ސޭފްޓީއަށް ހުންނާނެ ނޫންތޯ ބަހައްޓާފައި. އެހެން ފޯމު ބޯޑެއް ލިބޭތޯ އަޅުގަނޑު ބެލީ" އެ ސަރަހައްދުގައި ހުރި ފިހާރަތަކުން ފޯމު ހޯދަން މަސައްކަތް ކުރި ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވުމުން ސަރަހައްދުގައި ދިރިއުޅޭ އެންމެން އެކުގައި އެކަމަށް އެޓެންޑުވި ކަމަށެވެ. ސަބަބަކީ އެއީ ވަރަށް ކައިރި ކައިރީގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެފައި، އަލިފާންގަނޑު ފެތުރިއްޖެ ނަމަ ބޮޑެތޮ ގެއްލުންތަކެއް ލިބިދާނެތީ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox