ތުރުކީ އާއި ސީރިއާ ބޯޑަރު ކައިރިއަށް އައި ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ އިތުރު އެތައް ބަޔަކު ހާލުގައި ޖެހިފައިވާ ދަނޑިވަޅުގައި އެ ދެ ގައުމުގައި ހާލުގައި ޖެހި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފި އެވެ.
އުރިދޫ އިން ބުނީ ތުރުކީ އާއި ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެެެވެ.
އުރީދޫއިން ބުނީ އެމް-ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންކޮށްލުމަށް ފަހު ސްމާޓް ޕޭ ހިޔާރު ކުރުމަށްފަހު، ކިއުއާރު ސްކޭންކޮށްލައިފައި އެހީގެ ގޮތުގައި ދޭން ބޭނުންވާ އަދަދު ޖެހުމަށްފަހު، ޕޭމަންޓް ފުރިހަމަކޮށްލުމަށެވެ.
މި ފުރުސަތު ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި އެމް-ފައިސާ މެދުވެރިކޮށް ލިބޭ އެހީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް މެދުވެރިކޮށް ކަމުގައި އުރީދޫއިން ބުނެ އެވެ.













