ހުލާސާކޮށް އިއްޔެ: ފަސް އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުޅުވާލުން

Feb 15, 2023, 1:50 AM
ސްކޫލު ކުދިންގެ ގަޔަށް ކޮވިޑު ވެކްސިން ދިން އިރު ވެކްސިން ޖަހަން ގޮސް ކިޔޫގައި ތިބި ކުދިންތަކެއް. -- ފޮޓޯ: އަދަދު

ސްކޫލު ކުދިންގެ ގަޔަށް ކޮވިޑު ވެކްސިން ދިން އިރު ވެކްސިން ޖަހަން ގޮސް ކިޔޫގައި ތިބި ކުދިންތަކެއް. -- ފޮޓޯ: އަދަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން އިއްޔެ ހުޅުވައިލި އެވެ.

މި އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދޭން ހުޅުވާލީ، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަނުން އެކަމަށް ލަފާ ދިނުމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް ކުދިންނަށް ދޭ ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސް ވެކްސިން ސެންޓަރުތަކަށް ގެންގޮސްފަ އެވެ.

މިހާރު އެ ވެކްސިން މާލޭގެ ސެންޓަރުތަކުގެ އިތުރުން، އަތޮޅުތެރޭގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކުން ވެސް ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ދޭނީ ތިން ސެންޓަރަކުންނެވެ. އެއީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ދަމަނަވެށިންނެވެ.

titledesc

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެ އެޖެންސީން ވަނީ ފައިޒާ ވެކްސިންގެ ޑޯޒްތަކައި ބޫސްޓާ ޑޯޒް ފުރިހަމަ ނުކުރާ މީހުން ވެކްސިން ޖެހުމަށް އެދިފަ އެވެ.

މުހިންމު ބައެއް ހަބަރު

  • މިދިޔަ މަހު އެކަނިވެސް ޑެންގޫ ހުމުގެ 195 ކޭސް ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންް ބުނެފި އެވެ.
  • އަމީނީ މަގު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި (ސްޓެލްކޯއާ ހަމައަށް) އެމްޓީސީސީން ތާރު އަޅައި ނިންމައިފި އެވެ.
  • ބްރިޖުގެ މަސައްކަތް ނޫސްވެރިންނަށް އިއްޔެ ދައްކައިލި އެވެ. ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މި އަހަރުގެ ނިޔަލަށް މާލެއިން ފެށިގެ ގުޅިފަޅާ ހަމައަށް ބުރިޖް ގުޅާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

  • މިދިޔަ މަހުގެ ދެވަނަ ދުވަހު ވ. އަތޮޅު ވެމްޕަރު ފަޅުތެރެއިން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އޭގެ ހަތަރު ދުވަސް ކުރިން ގެއްލުނު މުހައްމަދު ލިޓަންގެ ހަށިގަނޑުކަން ކަށަވަރު ނުވި ނަމަވެސް، އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކުރާ މުހައްމަދު ނިޒާމުގެ މައްޗަށް ދައުލަތުން ދައުވާ ކުރަން ނިންމިކަން އިއްޔެ ރިޕޯޓުކުރި އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސް ކުރާނެ މެންބަރަކު ނެތިގެން ޖަލްސާ ކުރުކޮށްލި އެވެ.
  • ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމަށް، ކުރިން އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އިއްޔެ އައްޔަން ކުރެއްވި އެވެ.

ދުވަހުގެ ކޯޓޭޝަން

ޝަރުއީ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާ ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ޕްލޭންތަކާ ގުޅޭ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމާ އައިޝަތު ރިޒުނާ އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ؛

އެއް ކްލަސްޓާއެއްގެ ތެރޭގައި ހުރި ހުރިހާ މުވައްޒަފުންނާއި މެޖިސްޓްރޭޓުން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން، މި ހުރިހާ ރަށަކަށް ހުށަހެޅޭ މައްސަލަތައް ބެލުން ވަރަށް ހަލުވި ވެގެން ދާނެ، ޝަރުއީ ނިޒާމުގެ ސްޕީޑް ވެސް ވަރަށް ރަނގަޅު ވާނެ،"

ދުވަހުގެ ފޮޓޯ

އަމީނީ މަގުގައި ރޭ ދަންވަރު ތާރުޅެމުމުގެ މަސައްކަތް އެމްޓީސީސީގެ ސްޓާފުން ކުރަމުން ދަނީ. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި 2511 އަކަ މީޓަރުގެ ތާރު އަޅައި ވަނީ ނިންމާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަމީނީ މަގުގައި ރޭ ދަންވަރު ތާރުޅެމުމުގެ މަސައްކަތް އެމްޓީސީސީގެ ސްޓާފުން ކުރަމުން ދަނީ. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި 2511 އަކަ މީޓަރުގެ ތާރު އަޅައި ވަނީ ނިންމާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަމީނީ މަގުގައި ރޭ ދަންވަރު ތާރުޅެމުމުގެ މަސައްކަތް އެމްޓީސީސީގެ ސްޓާފުން ކުރަމުން ދަނީ. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި 2511 އަކަ މީޓަރުގެ ތާރު އަޅައި ވަނީ ނިންމާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox