އެންމެ ހިންގުންތެރި އަތޮޅު ކައުންސިލަކަށް ށ. އަތޮޅު ކައުންސިލް، ރަށު ކައުންސިލަކަށް ބޮޑުފޮޅުދޫ

ބައެއް އަތޮޅު ކައުންސިލްތަކުގެ ރައީސުން.

ބައެއް އަތޮޅު ކައުންސިލްތަކުގެ ރައީސުން.

ދެހާސް އެކާވީސް ވަނަ އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްތައް ހޮވައި އެލްޖީއޭއިން އެވޯޑު ދީފި އެވެ.

އެ އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްތައް ހޮވާފައި ވަނީ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް ރޭކިންއަށް ބަލައިގެންނެވެ. ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު އިފްތިތާހު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ.

އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް އެލްޖީއޭއިން ދޭ 'ކަންގަތި' އެވޯޑުގެ މައިގަނޑު ހަތަރު ކެޓެގަރީއަކުން ޖުމްލަ 16 އެވޯޑު ދީފައިވެ އެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގައި އަތޮޅު ކައުންސިލްތަކުގެ ތެރެެއިން އެންމެ މަތި ހޯދައިގެން ގަދަހަމާންތި ދަރަޖައިގެ އެއްވަނަ ހޯދާފައި ވަނީ ށ. އަތޮޅު ކައުންސިލެވެ. އެ ދަރަޖައިގެ ދެވަނަ ފ. އަތޮޅު ކައުންސިލް ހޯދާފައި ވާއިރު، ތިންވަނަ ހޯދާފައި ވަނީ ލ. އަތޮޅު ކައުންސިލެވެ.

ޕާފޯމަންސް އިންޑެކްސްގެ އެންމެ މަތި ހޯދާ ރަށު ކައުންސިލްތަކަށް ދޭ ރަނަހަމާންތި ދަރަޖައިގެ އެއްވަނަ ހޯދާފައި ވަނީ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލެވެ. ދެވަނަ ހޯދާފައި ވަނީ މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލެވެ. އަދި އެ ދަރަޖައިގެ ތިންވަނަ ހޯދާފައި ވަނީ ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލެވެ.

އޭގެއިތުރުން މިއަހަރު ވެސް އެލްޖީއޭއިން ވަނީ ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަތޮޅު އަދި ރަށު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާ، މާރާދަ ހަނދާނީ ފިލާ ދިހަ ފަރާތަކަށް އަރުވާފަ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ނެރެގެން އެވޯޑު ހޯދާފައި ވަނީ ތިލަދުންމަތި އުތުރުބުރީ ކައުންސިލާއި ފާދިއްޕޮޅު ކުރެންދޫ ކައުންސިލެވެ.

އިފެކްޓިވްނަސް އިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ނެރެގެން އެވޯޑު ހާސިލުކުރީ މިލަޑުންމަޑުލު އުތުރުބުރީ ކައުންސިލާއި މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލެވެ.

ޕާޓިސިޕޭޝަން އިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އެވޯޑު ހާސިލުކޮށްފައި ވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލެވެ.

އެކައުންޓަބިލިޓީ އިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އެވޯޑު ހާސިލު ކުރީ މިލަޑުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި ކޮޅުމަޑުލު ބުރުނީ ކައުންސިލެވެ. އަދި ސެކިއުރިޓީ އިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައި ވަނީ މިލަޑުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލެވެ.

ފާއިތުވި އަހަރުގެ ޕަރފޯމަންސް އިންޑެކްސްގެ ނަތީޖާއާ އަޅާބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ކާންނާ ހަނދާނީ ފިލާ ހޯދާފައި ވަނީ މިލަޑުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލެވެ.

އިއްޔެ އެލްޖީއޭއިން އާންމު ކުރި ޕާފޯމަންސް އިންޑެކްސްއަށް ބަލާއިރު 2021 ވަނަ އަހަރުގެ މައުލޫމާތާއި ކިތާބީ ހެކި ހުށަހަޅާފައި ނުވާ ދިހަ ކައުންސިލް ވެއެވެ. އެއީ:

  • ރ. މަޑުއްވަރީ ކައުންސިލް
  • ބ. ފުޅަދޫ ކައުންސިލް
  • ކ. ތުލުސްދޫ ކައުންސިލް
  • އދ. އޮމަދޫ ކައުންސިލް
  • އދ. މަންދޫ ކައުންސިލް
  • ވ. ފުލިދޫ ކައުންސިލް
  • ވ. ތިނަދޫ ކައުންސިލް
  • ވ. ރަކީދޫ ކައުންސިލް
  • ތ. ކަނޑޫދޫ ކައުންސިލް
  • ގއ. ކޮނޑޭ ކައުންސިލް

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތަކުން މަސައްކަތް ކުރާ މިންވަރު ބަލައި ވަޒަންކޮށްލެވެ އެވެ.

ޕާފޯމަންސް އިންޑެކްސްއަށް ބަލައި އެވޯޑު ދިނުމުގެ މައިގަނޑު ބޭނުމަކީ ވެސް އެންމެ ހިންގުންތެރި ކައުންސިލްތަކަށް ހިތްވަރުދީ އެއްބާރުލުން ދިނުން ކަމަށް އެލްޖީއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox