މި އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓު ފާސްކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާ ހިލާފުވި މެމްބަރުންނާމެދު އެޅި ފިޔަވަޅުތައް އެ މެމްބަރުންނަށް އެނގި ކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.
ބަޖެޓާ ގުޅިގެން އިދިކޮޅުން ހުށަހެޅި އަށް އިސްލާހާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ރަޝީދު ހުށަހެޅުއްވި ދެ އިސްލާހާ ދެކޮޅަށް ވަކިވަކިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕް ނެރެފަ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަތް މެންބަރުން ވޯޓުގައި ބައިވެވަޑައިގެންފައިނުވެ އެވެ.
ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުންނަށް އިއްޔެ އާއި މިދިޔަ އާދީއްތަ ދުވަހު ތިން ސިޓީއެއް ޕާލިމެންޓްރީ ގްރޫޕުން ފޮނުވާފައިވާ ކަން އެނގިފައިވެ އެވެ.
އޭގައި ފުރަތަމަ ސިޓީގައި ނަސޭހަތް ދީފައިވާއިރު ދެވަނަ ސިޓީގައި އަންގާފައިވަނީ މައާފަށް އެދި ލިޔުމުން ޕީޖީ ގްރޫޕްގެ ލީޑާޝިޕަށް ފޮނުވުމަށެވެ. ތިންވަނަ ސިޓީގައި އޮންނަނީ ޕާޓީން އިނާޔަތެއް ދޭނަމަ އެ އިނާޔަތެއް ކަނޑައިލުމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "އަދަދު" ނޫހަށް ވިދާޅުވީ އިނާޔަތްތައް ކަނޑައިލުމާ ހަމައަށް ފިޔަވަޅު އަޅާފައިވަނީ، ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގައި ވިޕްލައިނާ ހިލާފުވުމުން އަޅަން އޮންނަ ފިޔަވަޅުތަކުގެ ތަރުތީބުން ކަމަށެެވެ.

"އެ އިޖުރާއަތްތަކުގެ ތަރުތީބުން ފިޔަވަޅު އަޅާފައި އެ ވަނީ، އެއީ ތިންވަނަ ފިޔަވަޅަކަށް އިނާޔަތެއް ޕާޓީގެ އޮފީހުން ދޭނަމަ އެ އިނާޔަތެއް ކަނޑައިލުމަށް، ނުދޭ އިނާޔަތެއް ދެން ކަނޑާލާކަށް ނުޖެހޭނެތާ، އިނާޔަތެއް ދެންޏާ އެނގޭނީ ޕާޓީގެ އިދާރާއަށް،" އެޅި ފިޔަވަޅުތައް ތަފްސީލްކޮށްދެއްވަމުން އަސްލަމް ވިދާޅުވި އެވެ.
ވިޕްލައިނާ ހިލާފުވުމުން އަޅާ ފިޔަވަޅުތައް
- ފުރަތަމަ ފަހަރު؛ ނަސޭހަތް ދިނުން
- ދެވަނަ ފަހަރު؛ މައާފަށް އެދެން އެންގުން
- ތިންވަނަ ފަހަރު؛ ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން
- ހަތަރުވަނަ ފަހަރު؛ މަގާމެއްގައި ހުރިނަމަ އެ މަގާމުން ވަކިކުރުން އަދި އެތެރޭގެ އިންތިހާބަކަށް ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާވުން
- ފަސްވަނަ ފަހަރު؛ ޕާޓީން ވަކިކުރުން
ބަޖެޓާ ގުޅޭ ވިޕްލައިންތަކާ ހިލާފުވި އެމްޑީޕީ މެމްބަރުން
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
އެމްޑީޕީން މީގެކުރިން ނެރުނު ވިޕް ލައިންތަކާ ތަކުރާރުކޮށް ހިލާފުވި މެމްބަރުން ޕާޓީން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީއާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސްގެ ފެކްޝަނަށެވެ. އަދި މި ފަހުން، އެމްޑީޕީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ނަޝީދުގެ ފެކްޝަންގެ މައްޗަށް ރައީސްގެ ފެކްޝަނުން ކުރި ހޯދާފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެސް ރައީސް ސޯލިހު ކާމިޔާބު ކުރެއްވިއިރު، ރައީސަށް ތާއީދުކުރައްވަން ނަޝީދު އަދި ނިންމަވައިފައެއް ނުވެ އެވެ. ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަަމުގައި ގޮފިތަކެއް އުފައްދައި، އެ ގޮފިތަކަށް 50،000 އެއްހާ މެންބަރުން ވެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ. ތާއީދުކުރައްވާނެ ކެންޑިޑޭޓެއް ނިންމެވޭނީ އެ ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މުހިންމު ބައެއް ހަބަރުތައް
ކަންފަތަށް އަޑު ނީވުން ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދޭ ކަމަށް ދައުވާ ކުރާ އިރާގުގެ ޑޮކްޓަރަކު ރާއްޖެ އައިސް ބަޔަކަށް ފަރުވާ ދިން މައްސަލަ ހެލްތު މިނިސްޓްރީއިން ބަލަން ފަށައިފި އެވެ.
ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
މިދިޔަ އަހަރު ފެމިލީ ކޯޓުގައި ކުރި ވަރީގެ އަދަދު 1،300 ގައި ހުރި އިރު އެ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދު 2،500 އަށް އަރާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ލ. ގަމުގައި ހުންނަ އިހައްްދޫ ސްކޫލްގެ ތެރޭގައި އެ ތަނުގެ އަންހެން މުވައްޒަފަކަށް މީހަކު ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ނަން އިއްވި މެންބަރުން ބޭރުކުރުމުގައި ހަރަކާތްތެރިވި އަންހެން ސެކިއުރިޓީ އޮފިސަރުންނަށް ފުރައްސާރަކުރަމުންދާތީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދު ކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން 154 ޕަސެންޓު ބޮޑުކުރުމާ ގުޅިގެން، އެ ދެ އުސޫލު ބާތިލް ކުރުމަށް ހައި ކޯޓަށް ސްޓެލްކޯއިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް ހޯމަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ނިޒާމު ގެއްލުވާލި މެންބަރުން ބޭރުކުރުމުގައި ހަރަކާތްތެރިވި އަންހެން ސެކިއުރިޓީ އޮފިސަރުންނަށް ފުރައްސާރަކުރަމުންދާތީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ،
މިތާ ހިނގި ކަންތައްތަކަކީ މިތަނުގެ ވެރިން އެ ބޭފުޅުންނަށް އިންސްޓްރަކްޝަންސް ދެއްވި ގޮތަށް އެ ބޭފުޅުން އަމަލު ކުރައްވާފައިވަނީ، އެހެންވީމާ މިކަހަލަ ހާލަތްތަކުގައި އާންމު ރައްޔިތުން ވެސް ކޮންމެވެސް ވަރަކަށް ވިސްނަން އެބަ ޖެހޭ،"
ދުވަހުގެ ފޮޓޯ

އޭޑީކޭގެ ވެލްނެސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މިރާން ނާޝިމް












