ރައީސް ސޯލިހަށް ރިޔާސީ ބަޔާން އިއްވޭނެ ކަމަށް އިދިކޮޅުން ގަބޫލެއް ނުކުރޭ

ރައީސް ރިޔާސީ ބަޔާން އިއްވަވަން ވަޑައިގެންނެވި ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖުކޮށްފައި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް ރިޔާސީ ބަޔާން އިއްވަވަން ވަޑައިގެންނެވި ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖުކޮށްފައި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ދައުރުގެ އެންމެ ފަހުން ރިޔާސީ ބަޔާން އިއްވަވަން މަޖިލީހަށް ވަޑައިގެންނެވުމާއެކު، އިދިކޮޅު މެންބަރުން ވަނީ އެމަނިކުފާނާ ދެކޮޅަށް އިހުތިޖާޖު ކުރައްވާފަ އެވެ. މަޖިލިސް އިދާރާގެ ގޭޓާ ހަމައިން ފެށި އިހުތިޖާޖު ރިޔާސަތު ކުރިމައްޗާ ހަމައަށް ގެންގޮސް ރިޔާސީ ބަޔާން އިއްވުމަށް އިދިކޮޅު ހުރަސް އެޅި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިސްވެ ހުންނަވައި ފެށި ހަރަކާތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް އިބްރާހިމް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ލަތީފް ވަނީ ބައިވެރިވެފަ އެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަވާފައިވަނީ މި ހުރިހާ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރުކުރުމަށް ފަހުގަ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމުގެ ފަހަތުގައި އިދިކޮޅުގެ އެތައް ތުހުމަތަކާއި ޝަކުވާއެއް ވެސް އެބައޮތެވެ.

"ފުރަތަމަ ކަމަކަށް ރައީސް ސޯލިހަށް މި މަޖިލީހުގައި ތަގްރީރު ކުރެއްވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން، އެއީ ސުޕްރީމް ކޯޓުން ނިންމަން ޖެހިފައި އޮތް މައްސަލައެއް، [ނައިބު ރައީސް] ފައިސަލް ނަސީމަށް ހުވާ ލައިދީފައި އޮތީ ރައީސް ކަމަށް،" ނަން އިއްވައި މަޖިލީހުން ބޭރު ކުރުމުން, ޝިޔާމް "އަދަދު" އަށް ވިދާޅުވި އެވެ.

އިހުތިޖާޖު ކުރަން ޖެހުނު އަނެއް ސަބަބެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވާ އަނެއް ސަބަބަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމުގައި ސަރުކާރުގެ އަތް ވާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތެވެ.

"ދިވެހިރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް އޮތް އިރު އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި އެބަ ދިއް ކުރެވޭ، އެކަމަކު ރައީސް ޔާމީން އެކަނި ޖަލަށް ލައިގެން މި މީހުންނަށް އުޅޭ އުޅުން [ބަލައި ނުގަނެވޭ]،" ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

ޔާމީނަށް އިއްވާފައިވާ ޖަލުގެ ހުކުމަކީ ސިޔާސީ ގޮތުން ކޮށްފައިވާ ކަމަށް އިދިކޮޅުން ބުނަމުން އަންނަ ވާހަކަ ޝިޔާމް ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

ރިޔާސީ ބަޔާނާ ދިމާކޮށް އިދިކޮޅު ސަޕޯޓަރުން ވެސް ވަނީ މަޖިލިސް ސަރަހައްދުގައި އިހުތިޖާޖުކޮށްފަ އެވެ.

މިއަދު އިދިކޮޅުން މުޒާހަރާ ފެށީ، މަޖީދިއްޖާ ސްކޫލު ކައިރިންނެވެ. ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ސޯސަން މަގަށް ފަހަތަށް ޖައްސާފަ އެވެ. އިހުތިޖާޖުގެ ތެރެއިން، މިހާތަނަށް އަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox