ސްޓެލްކޯ އާއި ސިޓީ ކައުންސިލްގެ މައްސަލަ ހައްލުކުރަން އެލްޖީއޭއަށް

އެލްޖީއޭގެ ސީއީއޯ އަފްޝަން އަދި ސްޓެލްކޯގެ އެމްޑީ ޝަރީފު؛ ސިޓީ ކައުންސިލާއެކު ހައްލު ހޯދަން އެލްޖީއޭގެ އެހީއަށް ވަނީ އެދިފައި

އެލްޖީއޭގެ ސީއީއޯ އަފްޝަން އަދި ސްޓެލްކޯގެ އެމްޑީ ޝަރީފު؛ ސިޓީ ކައުންސިލާއެކު ހައްލު ހޯދަން އެލްޖީއޭގެ އެހީއަށް ވަނީ އެދިފައި

ސްޓެލްކޯ އާއި، ސިޓީ ކައުންސިލުގެ މައްސަލަ ހައްލު ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެހީއަށް އެދިއްޖެ އެވެ.

ސިޓީ ކައުންސިލާއި ސްޓެލްކޯއާ ޖެހިފައިވާ މައްސަލައަކީ މަގުކޮނުމާއި، މަގުކޮނެގެން ހިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތާ މެދު ސިޓީ ކައުންސިލުން އެކުލަވާލި އުސޫލުގެ މައްސަލަ އެވެ. ސްޓެލްކޯއިން ބުނާ ގޮތުގައި އެ އުސޫލުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ބޮޑުވެގެންދާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން ގޮތް ދޫކުރަން ބޭނުން ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިއަދު އެލްޖީއޭއާ އެކު ބޭއްވި ބައްދަލުވުމުގައި އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ސްޓެލްކޯއިން ހިއްސާކުރި ކަންބޮޑުވުންތަކާ އެކު، ސިޓީ ކައުންސިލާ މަޝްވަރާ ކުރާނެ ކަމަށާއި، ހައްލު ހޯދުމަށް ސްޓެލްކޯއާ އެކު އެއް މޭޒަކަށް އަރާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ވަނީ ސިޓީ ކައުންސިލާ އެކު މަޝްވަރާކުރަން ތައްޔާރުކަން ހާމަކޮށްފަ އެވެ.

އަފްޝަން ވިދާޅުވީ ރައްޔިތުންނަށް އެކި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ދިމާވާ ކޮންމެ ދައްޗަކާ އެކު އޭގެ އަސަރު ރައްޔިތުންނަށް ކުރާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެހެން ނުވާނެހެން މަސައްކަތް ކުރުމަކީ ވެސް އެލްޖީއޭގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ހިމެނޭ ޓެކްނިކަލްޓީސްއަކީ އަޅުގަނޑުމެންގެ މެންޑޭޓުގައި އޮތް ކަމެއް ނޫން ކަމުގައި ނަމަވެސް، އަޅުގަނޑުމެން އެންމެން ވެސް މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކުރަން," އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ، ސަރުކާރުގެ އެކި ވުޒާރާތަކާއި، އެކި އިދާރަތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި މަދަނީ ޖަމްއިއްޔާތަކާ ކައުންސިލުތަކާ ދެމެދު ޖެހޭ މައްސަލަތަކުގެ ތެރެއަށް އެލްޖީއޭއިން ވަދެ، ހައްލު ހޯދަން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލާ އެކު ވެސް މިފަދަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފަދައިން މަޝްވަރާ ކުރުމުން ގިނަ ކަންތައްތަކުގައި އެދެވޭ ހައްލު ހޯދިފައިވާ ކަމަށެވެ.

އަފްޝަން އިތުރަށް ވިދާޅުވި ގޮތުގައި އެލްޖީއޭއިން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ ކައުންސިލުތަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރަނީ ގާނޫނާ ގަވައިދާ އެއްގޮތަށްތޯ އަދި އޮންނަ އުސޫލާ އެއްގޮތަށްތޯ މޮނިޓާ ކުރުމެވެ.

އޭނާ ވިދާޅުވީ އުސޫލުތައް އެކުލަވާލާއިރު، ކައުންސިލުތަކުން ކޮންސަލްޓޭޓިވް ޕްރޮސެސްއެއް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެއީ އެލްޖީއޭއިން އެންމެ ބޮޑަށް ބާރުއަޅާ އެއް ކަންތައް ކަމަށެވެ.

"މީގެ ކުރިން ވެސް، ހަމައެކަނި މާލެ ސިޓީ ކައުންސިލަކުން ނޫން. އެހެން ކައުންސިލްތަކުން ވެސް އުސޫލު ހައްދަވަފައި އެލްޖީއޭއަށް ފޮނުވީމައި، އަޅުގަނޑުމެން އެބަ ހޯދަން، އެކަމާ ގުޅޭ އެކި ބޭފުޅުންގެ ލަފައާއި އިންޕުޓް." އެ ޕްރޮސެސް ފޮލޯ ކުރުމުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވާ އަފްޝަން ވިދާޅުވި އެވެ.

ކުންފުނިތަކާއި ސިޓީ ކައުންސިލާ ދެމެދު އޮތް މައްސަލަ ހައްލުކުރަން ޓައިމްލައިނެއް އެކުލަވާލާ، މައްސަލަ ހައްލުވަންދެން މަޝްވަރާ ކުރަމުންގެންދަވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox