ސިނާއީ ބޭނުންތަކަށް ބިން މިލްކުކުރެވޭ ގޮތަށް ތިލަފުށިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
އެޗްޑީސީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭގައި ހުރި ބިންތައް ކަމަށެވެ. ބިން ވިއްކާ އުސޫލާއި މަރުހަލާތައް އެ އިއުލާނުގައި ވެއެވެ.
ސިނާއީ ބޭނުމަށް ތިލަފުށިން ބިން ގަތުމަށް ދިވެހިންގެ އިތުރުން ބޭރު ފަރާތްތަކަށް ވެސް ހުށަހެޅޭނެ އެވެ. ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ތިލަފުށިން އެ ބިން މިލްކު ކުރެވޭނެ އެވެ. ނަމަވެސް ބޭރު މީހެއް ނުވަތަ ބޭރު ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.
އެޗްޑީސީން ބުނީ، ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ ކަމަށެވެ.
ބިން ވިއްކުމުގެ ފުރަތަމަ މަރުހަލާގައި ބިން ގަތުމުގެ ޝައުގުވެރިކަން ހުށަހަޅަން ހުޅުވާލާއިރު، ދެވަނަ މަރުހަލާގައި ބިމަށް ބިޑު ކުރެވޭނެ އެވެ. ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހު ހަތް ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލާނެ އެވެ.

ތިލަފުށި ތަރައްގީ ތައްޔާރުކޮށްފައިވާ މާސްޓާ ޕްލޭނުގައިވާ ގޮތުން އެރަށުގައި ނުހިއްކާ ބާކީ އޮތް ބައިން އިތުރު 151 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ލަފުއްޓަކީ ހަމައެކަނި ކުނި މެނޭޖު ކުރަން އޮންނަ ތަނެއްގެ ގޮތުގައި އޮތް އޮތުމުގެ ބަދަލުގައި އެއީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
އަލަށް ހިއްކަން ނިންމާފައިވާ، ތިލަފުށީ ދެވަނަ ފިޔަވަހި ހާއްސަ ކުރާނީ މައިގަނޑު ހަ ކަމަކަށް ކަމަށް ޕްލޭނުގައިވެ އެވެ. އެއީ ޕަވާ ޕްލާންޓަކާއި، ތެޔޮ ރައްކާކުރާ ސްޓޯރޭޖުތަކާއި، އޮފީސް ހިންގުމަށް ދޫކުރާ ބިންތަކާއި، ތަނަވަސް ވިޔަފާރި ބަނދަރަކާއި، ރެކްރިއޭޝަން އަށް ހާއްސަ ބިންތަކުގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކުރާ ބިންތަކެވެ.
ޒަމާނާ އެއްގޮތަށް ތިލަފުށި ތަރައްގީވެގެން ދާއިރު، އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށް މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ބޯހިޔާވަކިކަމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދިނުމަށް ޕްލޭނުގައި ލިޔެފައިވެ އެވެ.
މުހިންމު ބައެއް ހަބަރު
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އާޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ފަތުރުވެރިކަމަށް 30 ޕަސަންޓު ކުރިއެރުމެއް ލިބުނު ކަމަށް ރިޕޯޓުކުރި އެވެ.
ރޮމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކަނޑައެޅި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ ހޯޕް ކޮންފަރެންސްގެ ތެރެއިން, 'ބުންވަރު' ހިނގާލުން ބޭއްވި އެވެ.
ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން ހަމަޖައްސައިނުދިން ކަމަށް ބުނެ ސްޓެލްކޯ އާއި ސިޓީ ކައުންސިލް އަނެއްކާވެސް އަރައިރުންވި އެވެ.
ދުވަހުގެ ކޯޓޭޝަން
ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ފީ ބޮޑުކުރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ،
މި އުސޫލުގެ ދަށުން މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ، ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު ކުރީގެ އަގު 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،"
ދުވަހުގެ ފޮޓޯ

ޕީޕީއެމްއިން އިއްޔެ ބޭއްވި ހިނގާލުން. 11 އަހަރަށް ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު











