ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މައްސަލާގައި ވެސް ސްޓެލްކޯ އާއި ކައުންސިލް އަރައިރުމަކަށް

ސްޓެލްކޯ; އިތުރު ޓްރާންސްފޯމަރު ބެހެއްޓުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން ފޯރުކޮށްނުދިން ކަމަށް ސްޓެލްކޯއިން ބުނޭ

ސްޓެލްކޯ; އިތުރު ޓްރާންސްފޯމަރު ބެހެއްޓުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން ފޯރުކޮށްނުދިން ކަމަށް ސްޓެލްކޯއިން ބުނޭ

ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން ހަމަޖައްސައިނުދިން ކަމަށް ބުނެ ސްޓެލްކޯ އާއި ސިޓީ ކައުންސިލް އަނެއްކާވެސް އަރައިރުން ވެއްޖެ އެވެ.

ސްޓޭލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު, ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައި ދިނުމަށް ސިޓީ ކައުންސިލްގައި 2021 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ސްޓެލްކޯއިން އެދިފައިވާ ކަމަށެވެ.

އެ ތިން ސަބްސްޓޭޝަނަކީ، ގާކޮށި، ސިނަމާލޭ ދެއެއްގެ ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށް ވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ބުނީ, އިތުރު ޓްރާންސްފޯމަރުތައް ބަހައްޓަން އެދުނު ސަރަހައްދުތަކުގެ ތެރެއިން ސިނަމާލޭ ދެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރު އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް މިހާރު ވެސް ޓްރާންސްފާ ކުރަންޖެހިފައިވާ ކަމަށެވެ. އަދި މިހާރު އެ ލޯޑް ޓްރާންފާކުރި ޓްރާންސްފޯމަރުތަށް ވެސް އޯވާލޯޑްވުމާއި ގާތަށް ގޮސްފައިވާ ކަމަށެވެ.

ހަމައެއާއެކު, ވިޔަފާރިވެރިންގެ މިސްކިތާ އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 81 ޕަސަންޓު ޔުޓިލައިޒް ކޮށްފައިވާއިރު, މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ ވެސް 73 ޕަސަންޓު ޔުޓިލައިޒް ކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ, މި ތިން ސަރަހައްދުގައި ވެސް އިތުރު ޓްރާންސްފޯމަރު ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް އެދި އެކި ދުވަސްމަތިން ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށާއި, ބައެއް ސިޓީތަކުގެ ޖަވާބު ހޯދުމަށް ފަހުން ވެސް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ސިޓީއަކަށް ކައުންސިލުން ޖަވާބު ދީފައި ނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމާއި، މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ވަނީ ހިއްސާ ކުރެވިފައި," ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ, އެ ކުންފުނިން ފޮނުވި ސިޓީތަކަށް ޖަވާބު ނުދީ, ހ. ދޫވެހި ހުންނަ ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާ ކަމަށް ބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅައި, ކައުންސިލުން އެ ކުންފުންޏަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު ނުދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓެލްކޯއިން އެދުނު ތިން ސަރަހައްދުން ވެސް ބިން ދޫކޮށް ސްޓެލްކޯއަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ސްޓެލްކޯއިން ބޭނުންވަނީ އެ ބިންތައް އެ ކުންފުންޏަށް ރަޖިސްޓްރީ ކުރަން ކަމަށާއި, އެކަން ކުރެވޭނީ ކަމާ ބެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިހާރު ވެސް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްޓެލްކޯގެ ސަބް ސްޓޭޝަންތައް ހުންނާނެ ކަމަށާއި, ބައެއް ތަންތަން ހުރީ ދެބުރިއަށް ހަދާފައި ކަމަށެވެ އަދި އެއިން އެއްވެސް ބިމަކީ ސްޓެލްކޯއަށް ރަޖިސްޓަރީކޮށްދީފައި ހުރި ތަންތަން ނޫން ކަމަށެވެ.

ޓްރާންސްފޯމަރު ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ބެހޭގޮތުން ސްޓެލްކޯ އާއި ސިޓީ ކައުންސިލް އަރައިރުމަކަށް ގޮސްފައިވާއިރު, ސިޓީ ކައުންސިލުން އެކުލަވާލައި އާންމުކޮށްފައިވާ ދެ އުސޫލެއް ބާތިލު ކޮށްދިނުމަށް އެދި ސްޓެލްކޯއިން ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox