ހުލާސާކޮށް އިއްޔެ: ސިޓީ ކައުންސިލްގެ ދެ އުސޫލެއް ބާތިލުކުރަން ސްޓެލްކޯއިން ކޯޓަށް

Feb 3, 2023, 1:29 AM
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ސިޓީ ކައުންސިލުން އެކުލަވާލައި އާންމުކޮށްފައިވާ ދެ އުސޫލެއް ބާތިލު ކޮށްދިނުމަށް އެދި ސްޓެލްކޯއިން ރާއްޖޭގެ ހައިކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

އެ ދެ އުސޫލަކީ މާލޭގެ މަގުމަތީގައި މަގު ބަންދު ނުކޮށް އަދި މަގު ބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލެވެ.

މިއީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފެށި ދެ އުސޫލެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

އަދި، އަދި މި މައްސަލައާ މެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.

ސްޓެލްކޯއިން މައިގަނޑު ގޮތެއްގައި އެންމެ ބޮޑު ކަންބޮޑުވުމަކީ މި އުސޫލުތަކުގެ ދަށުން ނަގާ ހިދުމަތުގެ ފީތަކުގެ އަގުތައް ބޮޑުކުރުމެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލާ ކުއްލިއަކަށް ކަމަށެވެ.

"މި އުސޫލުގެ ދަށުން މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ، ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު ކުރީގެ އަގު 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،" އާ އަގުތައް ހިއްސާ ކުރައްވަމުން ޝަރީފް އިއްޔެ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޖެނުއަރީ އެކަކުން ފެށިގެން އަމަލު ކުރުމަށް ނިންމައި، ކައުންސިލުން މި އުސޫލު ގެޒެޓު ކޮށްފައިވަނީ ޖެނުއަރީ ދެ ވަނަ ދުވަހު ކަމަށް. އަދި، ރައްޔިތުންނަށް މާލީ ބުރަ ކަމެއް އަންނަ އުސޫލެއް އާންމުކުރުމުގެ މުއްދަތެއް ދިނުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝަރީފް ވިދާޅުވީ ޖެނުއަރީ އެކަކުން ފެށިގެން އަމަލު ކުރުމަށް ނިންމައި، ކައުންސިލުން މި އުސޫލު ގެޒެޓު ކޮށްފައިވަނީ ޖެނުއަރީ ދެ ވަނަ ދުވަހު ކަމަށެވެ. އަދި، ރައްޔިތުންނަށް މާލީ ބުރަ ކަމެއް އަންނަ އުސޫލެއް އާންމުކުރުމުގެ މުއްދަތެއް ދިނުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ބާތިލް އުސޫލެއް ކަމަށް، މިއީ ސިޓީ ކައުންސިލަށް އިއުލާނު ކުރެވޭނެ އަދި އަމަލު ކުރެވޭނެ އުސޫލެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ލޭ އޮހޮރުވައިގެން ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަން މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ޓްވީޓް ކުރެއްވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. އިއްޔެ އޭނާ ކުރެއްވި އެ ޓްވީޓާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ޓްވީޓު ޑިލީޓުކުރި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ "ހޯޕް ކޮންފަރެންސް" 1150 މަންދޫބުންނާ އެކު އިއްޔެ ފެށި އެވެ.

ވިނަރެސް ފްލެޓްތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މުރާޖައާ ކުރުމަށްފަހު ދާއިމީ ލިސްޓު އާންމުކުރި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ހޮވި ކެންޑިޑޭޓާ ދެކޮޅަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދިނެވެ.

އައްޑޫ ސިޓީގެ ފޭދޫ ކައުންސިލް މެންބަރު އަހުމަދު ފައިސަލް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރި އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއިން ދިވެހި ދައުލަތާ ދެކޮޅަށް، ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާނެއް ދިން މައްސަލައިގެ ތަހުގީގުގައި ހަނުހުރުމުން އޭނާގެ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދުނެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓް ހުރީ ކަނޑައެޅިފައި ކަމަށާއި، ބަދަލު ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ޕްރައިމަރީން ބަލިވެވަޑައިގަތް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި،

ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަކަށް މަސައްކަތެއް ނުކުރައްވާނެއޭ އަޅުގަނޑު މިދަންނަވަނީ. ނުކުރައްވާނެ ޕާޓީގެ ރައީސްއެއް,"

ދުވަހުގެ ފޮޓޯ

އިއްޔެ ބޭއްވި ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް"ގެ ބައެއް ބައިވެރިން ސެލްފީއެއް ނަގަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އިއްޔެ ބޭއްވި ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް"ގެ ބައެއް ބައިވެރިން ސެލްފީއެއް ނަގަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިއްޔެ ބޭއްވި ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް"ގެ ބައެއް ބައިވެރިން ސެލްފީއެއް ނަގަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox