އަހަރެއްގެ ތެރޭ ނަޝީދަށް ގެއްލުނު ތިން އަތޮޅާއި ދެ ސިޓީ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ބޮޑު ނާކާމިޔާބީއެކެވެ. ނަޝީދުއާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީ ކާމިޔާބުކުރެއްވީ 61 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ފެކްޝަން އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރެވޭތާ އެތައް ދުވަހެއް ވެފައިވާއިރު ދެ ފެކްޝަންގެ މެދުގައި ވާދަވެރި ދެ އިންތިހާބެއް މިހާރު ވަނީ ނިމިގެން ގޮސްފަ އެވެ. އެގޮތުން، މިދިޔަ އަހަރު ބޭއްވި އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ ފަޅިން ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ރައީސް ސޯލިހުގެ ފަޅިން ވާދަކުރެއްވީ އެ އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

އެ އިންތިހާބު ނަޝީދަށް ނާކާމިޔާބުވި ނަމަވެސް ނަޝީދާއެކު، މެޖޯރިޓީ ވޯޓު ދީގެން ދެ އަތޮޅަކާއި ދެ ސިޓީގެ އެމްޑީޕީ މެންބަރުން ތިއްބެވެ. ނަމަވެސް، އަހަރެއް ފަހުން މަންޒަރު ވަނީ މުޅީން ބަދަލުވެފަ އެވެ. އެ ހުރިހާ ސަރަހައްދެއްވެސް ހޮނިހިރު ދުވަހު ކާމިޔާބުކުރެއްވީ ރައީސް ސޯލިހެވެ.

އަހަރެއްގެ ތެރޭގައި ނަޝީދަށް ގެއްލުނު ސަރަހައްދުތައް:

މާލެ ސިޓީ

ވޭތުވެދިޔަ އަހަރުގެ ޗެއާޕާސަން އިންތިހާބުގައި މާލެ ސިޓީއިން ފައްޔާޒަށް ލިބިލެއްވީ 48 އިންސައްތައިގެ ވޯޓެވެ. އިމްތިޔާޒު އެ އިންތިހާބުގައި މާލޭގެ މެޖޯރިޓީ ނެގީ 52 އިންސައްތަ ވޯޓާއެކު އެވެ.

ނަމަވެސް، ހޮނިހިރު ދުވަހުގެ އިންތިހާބުގައި އެ މެޖޯރިޓީ ގެއްލި ނަޝީދަށް މާލެއިން ލިބުނީ 49 އިންސައްތަ ވޯޓެވެ. ކެމްޕޭން ތެރޭގައި ނަޝީދާއެކު ގަދަކޮށް އޮތް ސިޓީ ކަމަށް ވިދާޅުވި މާލެ ސިޓީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 51 އިންސައްތަ ވޯޓާއެކު އެވެ.

ފުވައްމުލަކު ސިޓީ

ނަޝީދަށް ދެން ރާއްޖޭގައި އެންމެ ތާއީދު ބޮޑު އެއް ސިޓީގެ ގޮތުގައި އަބަދުވެސް ފެނުނު ފުވައްމުލަކުން ވެސް މިފަހަރު އެމަނިކުފާނަށް ކާމިޔާބީއެއް ލިބިވަޑައިގެންފައި ނުވެ އެވެ. އެގޮތުންނ ހޮނިހިރު ދުވަހުގެ ވޯޓުގައި ރައީސް ސޯލިހަށް 51 އިންސައްތަ ލިބިވަޑައިގެންނެވިއިރު ނަޝީދަށް ލިބިވަޑައިގަތީ 49 އިންސައްތަ އެވެ. މާލެއިން ލިބުނު ތާއީދާ އެއްވަރަށް ފުވައްމުލަކުން ވެސް މިފަހަރު ރައީސް ސޯލިހަށް ތާއީދު ލިބިވަޑައިގަތެވެ.

ނަމަވެސް ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ ފެކްޝަނުން ފުވައްމުލަށް ކާމިޔާބުކުރީ މިފަހަރު ރައީސް ސޯލިހަށް ލިބިވަޑައިގެން އިންސައްތައިންނެވެ.

ދ. އަތޮޅު

ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ ފެކްޝަނުން ކާމިޔާބުކުރެއްވީ ވަރަަށް ކުޑަ ފަރަގަކުންނެވެ. 51 އިންސައްތައިން އެ އިންތިހާބު ކާމިޔާބު ކުރިނަމަވެސް ނަޝީދު ވަނީ މި ފަހަރުގެ ކެމްޕޭނުގައި ވެސް އެ އަތޮޅަށް ވަޑައިގެން ކެމްޕޭނު ކުރައްވާފަ އެވެ. ތާއީދު އިތުރުކުރައްވަން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

ނަމަވެސް ނަޝީދަށް ހޮނިހިރު ދުވަހު ދ. އަތޮޅުން ލިބުނީ ވަރަށްވެސް ބޮޑު ނާކާމިޔާބީއެކެވެ، އެގޮތުން އަހަރެއް ކުރިން 51 އިންސައްތައިގައި އޮތް ތާއީދު ބަދަލުކުރައްވާ ރައީސް ސޯލިހު އެ އަތޮޅު ކާމިޔާބު ކުރެއްވީ 60 އިންސައްތަ އިންނެވެ.

ވ. އަތޮޅު

ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ ފެކްޝަނަށް އެންމެ ބޮޑުު ކާމިޔާބީއެއް ލިބުނީ ވ. އަތޮޅުންނެވެ. އެގޮތުން އެ އިންތިހާބުގައި އިމްތިޔާޒަށް ލިބިލެއްވީ 57 އިންސައްތަ އެވެ.

ނަޝީދަށް ވާވުގައި އޮތް ބޮޑު ތާއީދުގެ ފަހަތުގައި ހުންނެވީ އެ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އެވެ.

ނަމަވެސް، ހޮނިހިރު ދުވަހުގެ ނަތީޖާއިން އަނެއްކާވެސް ފެނިގެންދިޔައީ އަހަރެއްގެ ތެރޭގައި އެ އަތޮޅުގެ ތާއީދުވެސް ނަޝީދަށް ގެއްލުނު ތަނެވެ.

ޕްރައިމަރީގައި ރައީސް ސޯލިހު ވ. އަތޮޅު ކާމިޔާބު ކުރެއްވީ 59 އިންސައްތަ ކާމިޔާބުކުރައްވައިގެންނެވެ.

އއ. އަތޮޅު

އއ. އަތޮޅަކީވެސް ނަޝީދަށް ތާއީދު ބޮޑުކަމަށް ފާހަގަކުރެވުނު އަތޮޅެކެވެ. އެގޮތުން ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ ފެކްޝަނުން އއ. އަތޮޅު ކާމިޔާބުކުރީ 52 އިންސައްތަ ވޯޓުންނެވެ.

ނަމަވެސް، އެ އަތޮޅުވެސް މުޅީން ބަދަލުކުރައްވާ ރައީސް ސޯލިހު ހޮނިހިރު ދުވަހުގެ އިންތިހާބު ކާމިޔާބުކުރެއްވީ 58 އިންސައްތައިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox