ނަޝީދު އެމްޑީޕީ ދޫކޮށްފައި ނުދާނެ؛ "ފިކުރެއްގެ ދިރުމުގެ ގޮފި ހެދުން ނުހުއްޓުވޭނެ"

ނަޝީދު އެމްޑީޕީ ދޫކޮށްފައި ނުދާނެ؛ "ފިކުރެއްގެ ދިރުމުގެ ގޮފި ހެދުން ނުހުއްޓުވޭނެ"

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ތެރޭގައި 'ފިކުރެއްގެ ދިރުން' ނަމުގައި ސިޔާސީ ހަރަކާތެއް ހިންގުމަށް ޕާޓީގެ ގަވައިދުން ޖާގަ ލިބޭ ކަމަށާއި އެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އެ ޕާޓީ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކުރިއަށް ވަޑައިގެން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އަދި، އެ ފެކްޝަނުން ތާއީދު ކުރާނެ ރިޔާސީ ކެންޑިޑޭޓެއް ފަހުން އިއުލާނު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއަދު މެންދުރު ފަހު ކެމްޕެއިނު ޓީމުތަކާ ބައްދަލުކުރައްވައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއިން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީ، އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް،" ނަޝީދު ވިދާޅުވި އެވެ.

[އެމްޑީޕީ އަކީ] ދުވަހަކު ވެސް ދޫކޮށްފައި ދާން އަޅުގަނޑު ގަސްތުކުރާ ޕާޓީއެއް ނޫން،

ވަކިން ގޮތްޕެއް ހެދުމަށް ޕާޓީގެ ގަވާއިދު ޖާގަ ނުދޭ ކަމަށް ފައްޔާޒް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ "ފިކުރެއްގެ ދިރުން" ގޮފިތަކުގެ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށާއި އެކަން ވާނެ ކަމަށެވެ.

"އެމްޑީޕީ ހަދާފައި އޮތީ ވެސް މީހަކު ޖާގަ ދީގެން ނޫން، އެއީ ހަމަ އަޅުގަނޑުމެން ހަމަ ހެދި ޕާޓީއެއް އެއީ، އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް އެއީ،" ނަޝީދު ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ވެސް ހަތަރު ވަރަކަށް "ފިކުރެއްގެ ދިރުން" ގޮފި ހެއްދެވުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވަނީ ގޮފިތަކުގައި ޖުމްލަ 50،000 މެންބަރުން ހަމަ ކުރައްވަން ގޮވާލައްވާފަ އެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފިތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންނެވި ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ނިންމުން ގޯސް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ 61 އިންސައްތަ ވޯޓާއެކު އެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެ އިންތިހާބުގައި 40،000 އަށްވުރެ ގިނަ މެމްބަރުން ވޯޓުލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox