ފައްޔާޒު ނަޝީދަށް: "ވަކި ހަރަކާތަކަށް ގަވައިދު ޖާގަ ނުދޭ، އަލުުން ވިސްނަވާ"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައީސް ސޯލިހު އަދި ރައީސް ނަޝީދާއެކު-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައީސް ސޯލިހު އަދި ރައީސް ނަޝީދާއެކު-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ތެރޭގައި 'ފިކުރެއްގެ ދިރުން' ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވާނެކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމާމެދު އަލުން ވިސްނުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެދިވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ބަލިވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކަށް ފޮނުއްވި މެސެޖުގައި ނަޝީދު ވަނީ ބަލި ގަބޫލުކުރައްވާފަ އެވެ.

ނަަމަވެސް ރައީސް ސޯލިހާއެކު ކުރިއަށް ވަޑައިގެން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އަދި އެ ފެކްޝަނުން ތާއީދު ކުރާނެ ރިޔާސީ ކެންޑިޑޭޓެއް ފަހުން އިއުލާނު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގުރޫޕަށް ފައްޔާޒް ކުރެއްވި މެސެޖެއްގައި ވަނީ އެފަދަ ހަރަކާތެއް ހިންގުމަށް ޕާޓީގެ ގަވައިދު ތަންދޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ޕާޓީގެ އުސޫލާ ގަވައިދު ބަދަލުނުކޮށް ތި ގޮތަށް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ، ޓިކެޓު ކާމިޔާބު ކުރާ ފަރާތަކީ ޕާޓީގެ ކެންޑިޑޭޓު،" ނިންމުމާމެދު އަލުން ވިސްނުމަށް އިލްތިމާސް ކުރައްވައި ފައްޔާޒް ވިދާޅުވި އެވެ.

އެހެންނަމަވެސް، ފައްޔާޒް "އަދަދު" އަށް ވިދާޅުވީ ރައީސް ނަޝީދު "އެފަދަ އެއްޗެއް ރަސްމީ ސިފައެއްގައި ވިދާޅުވެފައިވާ ކަން އެނގިފައި ނެތް" ކަމަށެވެ. އެހެންވެ, މިކަމުގައި މީޑިއާއަށް ދެއްވާނެ ކޮމެންޓެއް މި ވަގުތަށް ނެތް ކަމަށެވެ.

'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހެދުމަށާއި އެމްޑީޕީއިން ވަކިކުރި ކަމަށް އެމަނިކުފާނު ވިދާޅުވާ 39،000 މެންބަރުން އަލުން ޕާޓީއަށް ވަނުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 61 އިންސައްތަ ވޯޓާއެކު ރައީސް ސޯލިހު ކާމިޔާބުކުރައްވާ ރިޔާސީ ޓިކެޓު ވަނީ ހޯއްދަވާފަ އެވެ. އެހެންކަމުން ނަޝީދުގެ ވަކި ހަރަކާތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަމެއް އަދި ދީފައިނުވާއިރު އެހެން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ފުރުސަތުވެސް އެބައޮތްކަން ނަޝީދުގެ މެސެޖުން ފާހަގަވެ އެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ 'ފިކުރެއްގެ ދިރުން' އިން ތާއީދުކުރާއިރު، ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށެވެ.

"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން. ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލަމެންޓަރީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

މީގެ ކުރިންވެސް ނަޝީދުގެ ބަރުލަމާނީ ވިސްނުމާއި ޝަރުތުތަކަށް ރައީސް ސޯލިހު އެއްބަސްވެފައެއް ނުވެ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު ވެސް ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު އަނބުރާ ގެންދެވީ އެވެ.

ހޮނިހިރު ދުވަހުގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ 61 އިންސައްތަ ވޯޓާއެކު އެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެ އިންތިހާބުގައި 40،000 އަށްވުރެ ގިނަ މެމްބަރުން ވޯޓުލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox