ކުޑަކުދިން ބައިވެރިކުރުން މަނާ ބައެއް މަސައްކަތްތަކަށް ބަދަލު ގެނެސްފި

ކުޑަކުދިންތަކެއް؛ ކުޑަކުދިން ލައްވާ ކުރުވުން މަނާ މަސައްކަތްތަކުގެ ގަވާއިދަށް މިނިސްޓްރީން އިއްޔެ ވަނީ އިސްލާހު ގެނެސްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޑަކުދިންތަކެއް؛ ކުޑަކުދިން ލައްވާ ކުރުވުން މަނާ މަސައްކަތްތަކުގެ ގަވާއިދަށް މިނިސްޓްރީން އިއްޔެ ވަނީ އިސްލާހު ގެނެސްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޑަކުދިން ބައިވެރިކުރުވުން މަނާ މަސައްކަތްތައް މަދުކޮށް، ބައެއް ކަންކަން ސުޕަވައިޒޭޝަނެއްގެ ދަށުން ކުރުމުގެ ހުއްދަ ދީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މި ގަވާއިދަކީ ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސިއްހަތަށް، ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފުސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވަފާނެ ފަދަ މަސައްކަތްތަކުން ރައްކާތެރިކަން ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާކަން ގާނޫނުގައި ބަޔާންކޮށްފައިވާތީ އެކުލަވާލާފައިވާ ގަވާއިދެކެވެ.

ގަވާއިދުގެ މީގެ ކުރިން ވަނީ ކުޑަކުދިން ލައްވާ ކުރުވުން މަނާ 17 މަސައްކަތެއް ބަޔާން ކޮށްފަ އެވެ. ޖެންޑާ މިނިސްޓްރީން އިއްޔެ ގެޒެޓުކޮށް އާންމު ކުރި އިސްލާހުގައި ވަނީ މި ކަންކަމަށް ބައެއް ލުއިތައް ދީފަ އެވެ.

އެއްވެސް ހާލަތެއްގައި ކުޑަކުދިން ލައްވާ ކުރުވުން މަނާ މަސައްކަތްތައް:

  • ނުރައްކާތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް
  • ތެލާއި ޕެޓްރޯލު ފޯރުވުމުގެ އަމަލީ މަސައްކަތްތައް
  • ސިނގިރޭޓާއި، ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ އަމަލީ މަސައްކަތްތައް
  • ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް
  • ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތައް
  • ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި ސިމެންތި ޖެހުން ފިޔަވައި އެހެން މަސައްކަތްތައް
  • ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް، ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް.

ތަމްރީނު ދިނުމުގެ ބޭނުމުގައިވިޔަސް ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައިވިޔަސް، މިއިން އެއްވެސް މަސައްކަތެއްގައި ކުދިން ބައިވެރިކުރުމަކީ މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވަނީ 16 އަހަރު ފުރިފައިވާ ކުދިން ލައްވާ ބައެއް މަސައްކަތްތައް ކުރެވޭނެ ހާލަތެއް ބަޔާންކޮށްފަ އެވެ. އެގޮތުން، އެ ކަންކަން ކުދިން ލައްވާ ކުރުވަންވާނީ ނުވަތަ އެއިން މަސައްކަތެއްގައި ބައިވެރިކުރެވޭނީ، އެ ކުދިންގެ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއްގެ ބެލުމުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

ސުޕަވައިޒޭޝަންގެ ދަށުން 16 އަހަރުން މަތީގެ ކުދިންނަށް ކުރެވޭނެ ކަންކަން:

  • ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުން، ސިމެންތިޖެހުން
  • ގަރާޖާއި ވޯކްޝޮޕާއި ކާޕެންޓްރީ އާއި ވެއާހައުސްތަކުގައި ކުރާ އަމަލީ މަސައްކަތްތައް
  • ދަތުރުފަތުރު ކުރުމުގެ ހިދުމަތެއް އަމަލީ ގޮތުން ކޮށްދިނުމުގެ މަސައްކަތްތައް
  • މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން ދެ ހަފުތާއަށްވުރެ ދިގު ނުވާނޭ ގޮތަށް ކަނޑުމަތީގައި ހޭދަވާ މަސައްކަތްތައް
  • ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ އިދާރީ މަސައްކަތްތަކާއި، ޓެކްނިކަލް ބާވަތްތަކުގެ މަސައްކަތްތައް
  • އެއްވެސް ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިން މަރުޙާލަތަކުގައި ހިމެނޭ މަސައްކަތްތައް
  • އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްހި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް.

މިފަދަ މަސައްކަތްތައް އެ ކުއްޖާ ލައްވާ ކުރުވޭނީ ވަޒީފާދޭ ފަރާތާއި ކުއްޖާގެ ބެލެނިވެރި ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ބެލެނިވެރިޔާގެ އިއުތިރާޒެއް އެކަމުގައި ނެތް ނަމަ އެވެ. ކުދިންގެ މަސައްކަތް ސުޕަވައިޒްކުރާނެ ފަރާތެއް ކަނޑައަޅައި، އެ ކަން މޮނިޓާކުރުމުގެ އެންމެހައި ޒިންމާތަކެއް އުފުލަން ޖެހޭނީ ވަޒީފާ ދޭ ފަރާތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox